Idhikolhu Hingaalumugai Baiverivi 2 Teacheraku Vazeefain Vaki Kuraathee Muzaaharaa Kuranee
vfp.mv
HM
HM
އިދިކޮޅު ހިނގާލުމުގައި ބައިވެރިވި ދެ ޓީޗަރަކު "ވަޒީފާއިން ވަކި ކުރާތީ" މުޒާހަރާ ކުރަނީ
inage
ތިނަދޫގައި މިއަދު ބެލެނިވެރިން މުޒާހަރާ ކުރަނީ---
  ހަބަރު | ސިޔާސީ | 17 އޯގަސްޓު 2017 | 11 ކޮމެންޓް
އިދިކޮޅު ފަރާތްތަކުން ގދ.ތިނަދޫގައި ބޭއްވި ހިނގާލުމެއްގައި ބައިވެރިވި ކަމަށް ބުނެ ގދ.އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ދެ ލީޑިން ޓީޗަރަކު ވަޒީފާއިން ވަކި ކުރަން އުޅޭ ކަމަށް ބުނެ ބެލެނިވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި މިމަހުގެ ހަތަރު ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ގދ.ތިނަދޫގައި ބޭއްވި ހިނގާލުމުގައި ބައިވެރިވި މައްސަލާގައި އެޑިއުކޭޝަން ސެންޓަރުގެ ސާނަވީ ގްރޭޑުތަކަށް އެކައުންޓް ކިޔަވައިދެމުންދާ ލީޑިން ޓީޗަރު އަހުމަދު އަޝްރަފުއާއި ހިސާބު މާއްދާ ކިޔަވައިދެމުންދާ ލީޑިން ޓީޗަރު ނަސްރުﷲ އަފީފުގެ މައްސަލަ އެޑިއުކޭޝަނުން ދަނީ ބަލަމުންނެވެ. ނަސްރުއަކީ އެ ސެންޓަރުގެ މެތްސް ޑިޕާޓުމެންޓުގެ އިސް ޓީޗަރު ވެސް މެއެވެ. އެ މައްސަލާގއި ޖަވާބުދާރީވާން އެ ދެ ޓީޗަރުންނަށް ވަނީ އަންގާފައެވެ.

ބެލެނިވެރިންނާއި ޕީޓީއޭ ގުޅިގެން މިއަދު ހެނދުނުން ފެށިގެން މުޒާހަރާ ކުރަމުން ދަނީ އެ ދެ ޓީޗަރުން ވަޒީފާއިން ވަކި ކުރަން މާ ކުރިން ފެށިގެން ނިންމާފައިވާ ކަމަށް ބުނެއެވެ.

"ސުކޫލުގައި ތިބި އެންމެ ސީނިއަ ދެ ޓީޗަރަކު ވަޒީފާއިން ވަކި ކުރާ އިރު އެ ދެ ޓީޗަރުންގެ ކުށަކީ ކޮބައިތޯ. ހިނގާލުމުގައި ބައިވެރިވުމަކީ ސިވިލް ސާވިސް ގަވާއިދުން ވެސް އަދި ގާނޫނު އަސާސީން ވެސް ހުއްދަ ކުރާ ކަމެއް. ޖިނާއީ ކުށެއް ނުކުރޭ،" އެޑިއުކޭޝަން ސެންޓަރުގެ ޕީޓީއޭގެ ނައިބް ރައީސް އަހުމަދު ލުތުފީ ވިދާޅުވިއެވެ.

މިހަބަރާ ގުޅޭ ގޮތުން އެ ސެންޓަރުގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.

ގުޅުންހުރި
އިދިކޮޅު އެއްވުމަށް ހުރަސް އަޅާ ތިން މީހަކު ހައްޔަރުކޮށްފި
26 ޖުލައި 2017
އިބޫއަށް ވެސް ފުލުހަށް ހާޒިރުވާން އަންގައިފި
26 ޖުލައި 2017
މެންބަރު ފަލާހަށް ވެސް ފުލުހަށް ހާޒިރުވާން އަންގައިފި
26 ޖުލައި 2017
ފުލުހުންގެ ސަފު ފަޅާލި މައްސަލާގައި މިރޭ ރިޔާޒު ޕޮލިހަށް ހާޒިރު ކުރަނީ
26 ޖުލައި 2017
ހިޔާލު

ހުސެިއން
ސްކޫލްތަކުގެ ޕްރިންސްޕަލުން ޕީ.ޕީ.އެމްގެ ހަރާކާތްތަކަށް ގޮސް އުޅުމަކީ ކުރަންޖެހޭ ކަމެއް ، އިދިކޮޅު ހަރަކާތްތަކަށް ދިޔުން ގޯސް ވަޒީފާއިން ކަނޑާ އެމީހަކު ދަންޖަންސަން ޖެހޭ ، ހަމަހަމަ ކަން !
ނަސީމް
ފިނޑި ސަރުކާރު.
އިމްލާ
އެމިހެއްގެ އަމިއްލަ ހިޔާލު ފާޅުކުރުމުގެ ހައްގު އޮންނަންވާނެ ކަން ދަރިވަރުންނަށް ދަސްވެއްޖެއްޔާ އެއަށްވުރެ ބޮޑު ފިލާވަޅެއްނެތް. ގަޓު ހުރިކަމަށް ފޭކު ދެއްކުމެއް ދައްކާ އެއްކުއްޖެއް ފަހަތުން އުޅޭ ބުލީކުރާ ރޮބަޓުން ތަކެއް ނޫން ސްކޫލުތަކުން ތައްޔާރު ކުރަންވީ.
އިދުރީސް
ގަޓު ގެ ކަންފުޅެއްވެސް ނެތް. ފިނޑިކަމާގެން ގައުމު ފިނޑި ސިޔާސަތުގެ ފިނޑި ވެރީން އިދިކޮޅު ހުރިހާކަމެއް ކަސްދޮޅު އަޅަނީ. ފިނޑި ވިޔަސް މިދެން ބޮޑުވަރު. ދެން އޮތީ ފިނޑީން ވޯޓަށް ބިރުން ވޯޓު ލުމުގެ ހައްގު ރައްޔިތުން އަތުން ނިގުޅާގަތުން އެދެވަސް ވަރަށް ކާރިވެއްޖެ. މިހާރުވެސް އެވާހަކަ އެބަ ތަންތާނގައި އަމިއްލައަށްވެސް ދެކެވޭ. ފިސާރި އަހަރަަކަށް 2018 ވެގެން ދާނެ. ހޭވައްލާ ތައްޔާރު.
ާއަހުމަދު
މިނިސްޓްރީން ނިންމަފާނެ މުޒާހަރާއައް ދިޔަ ބެލެނިވެރީންގެ ކުދިން ސުކޫލުން ކަނޑާލަންވެސް...
އަޖީބާ
އަންހެން ޕްރިންސިޕަލް އާއި ފިރިހެން ޕްރިންސިޕަލް ގެ ދެމަފިރި ކަނބަލުން ހެޔޮ ދެއްތޯ ޕީޕީ އެމްގެ ސިޔާސީ ހުރިހާ ޙަރަކާތެއްގަ އުޅުނަސް. ހަމަހަމަ ކޮށްބަލަ ޕްރިންސިޕަލޫ
ޖޯޖް
ވިލި އަހުމަދު މާދީން ް އެނގިގެން ނޫޅެބަލަ ރަސޫލާ އަމުރުކުރައްވާ ގޮތާ ދީނުގައި ކަން އޮންނަގޮތް އިހައް ދަސްކޮއްބަލަ ހައްގު ހޯދަން އަޑު އުފުމަކީ ދީނުގައި ހުއްދަ ކަމެއް
ވިލިأحمد
ދީން ކިޔަވައިގެން އައިސްތިބިމީހުންތަށް މީސްތަކުންނަށް އިސްލާމް ދީން ކިޔަވާދީފައި ނެތުމުގެ ސަބަބުން ނާއި އަމިއްލަ ފަރުދުންވެސް އިސްލާމީ ޝަރީޢަތް އުނގެނި ދަސްކުރަން މަސައްކަތް ނުކުރުމުގެ ސަބަބުން މިއަދު މުސްލިމުންޖާހިލުވެ އިސްލާމީ ޝަރީޢަތުގެމައަޗައް "1ބީރައްޓެހި"ވެފައިވާ ވަރުގެ ބޮޑުކަމާއެ!؟
ދައްނަވަންތޯ؟ އިސްލާމީ ޝަރީޢަތަކީ ކޯޓުތަކުގައި ޝަރީޢަތް ކުރައްވަން ތިއްބަވާ ފަނޑިޔާރުންނެތް ނޫނެވެ
އިސްލާމީ ޝަރީޢަތަކީ اللهގެ ކަލާމްފުޅު ކީރިތި قران އާއި نبي صلى الله عليه وسلمގެ ޠާހިރު ސުއް ސުއްނަތެެވެ. މި ދެ މަސްދަރުގައި ކަނޑއެޅިފައިވާ ޙުކުމް ތަކާއި ޤަވާއިދު ތަކާއި ހަމަ ތަކާއި އުސުލުތަކެވެ.
ވިލި އަމާ
ތިބުނީ ޒިނޭކުރާ ފަނޑިޔާރުންނާއި ބޮޑެތި ވަގު ވެރިންގެ ފައިބުޑަށް ވެއްޓޭށެތަ ހައްގު ހޯދަން
ވިލިاحمد
މުސްލިމުން ޙައްގުތައް ހޯދުމުގެ ނަމުގައި ޑިމޮކުރެސީއައް ތަބަޢަވެ މުޒާހަރާކުރުމަކި އިސްލާމި ޝަރީޢަތުގައި ހުދަވާުނޭ ކަމެއްނޫނެވެ
މުސްލިމުން ހައްޤުތައް ހޯދަން މަސައްކަތްކުރަން ޖެހޭނީ އިސްލާމީ ޝަރީޢަތުގައި އެކަމަށް ކަނޑައެޅިފައިވާ ޝަރުޢީ ހަމަތަކުގެމަތިންނެވެ.
ކަތްދަ
ސަރުކާރާދެކޮޅަށް މުޒާހަރާކުރަން ނިކުތީ މުސާރަ ނުލިބޭތީތަ. ދަރިވަރުންނަށް ވަރަށްރީތިފިލާވަޅެއް ތިނަގާދިނީ. މިހާރުން މިހާރަށް ވަޒީފާއިން ވަކިކުރަން ގޮވާލަން

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]