Yameen Maraali Meehunnai, Yaameenah Hamalaadhin Goi Aamu Koffi
vfp.mv
MIB
MIB
ޔާމީން މަރާލި މީހުންނާ ޔާމިނަށް ހަމަލާދިން ގޮތް އާއްމުކޮށްފި
inage
  ހަބަރު | އިޖުތިމާއީ | 9 އޯގަސްޓު 2017 | 12 ކޮމެންޓް
ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި މީހުންނާއި ޔާމީނަށް ހަމަލާ ދިން ގޮތް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ޔާމީން މަރާލީ ދެ ގުރޫޕަކަށް ބަހާލައިގެން ކުރި މަސައްކަތުންނެވެ. އޭގެތެރެއިން އެއް ގުރުޕަކީ ޔާމީނަށް ފާރަލީ ގުރޫޕެވެ. ދެވަނަ ގުރޫޕަކީ ޔާމީނަށް ހަމަލާދިން ގުރޫޕެވެ.

ފުލުހުން ބުނި ގޮތުގައި ޔާމީނަށް ހަމަލާދީފައިވަނީ ދެމީހެކެވެ. އެއީ މީގެ ކުރިން ވެސް މައުލޫމާތު ހާމަކޮށްފައިވާ ހ.އަންނާރުމާގޭ، އިސްމާއީލު ހައިސަމް ރަޝީދާއި މ.އިރާސްމިކްގެ، އަހުމަދު ޒިހާން އިސްމާއީލެވެ. އެ ދެ މީހުން ޔާމީނަށް ހަމަލާދިން އިރު އިސްމާއީލު ރަޝީދު ހުރީ ޔާމީން އުޅެމުންދާ ގޭގެ ބޭރު މަގުމަތީގައި މީހަކު އާދޭތޯ ބެލުމަށް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ދެން ހައްޔަރުކޮށްފައިވަނީ މުހައްމަދު ދިފްރާން އާއި މ.ކުދެހި ހަސަން ޝިފާޒާއި، ގދ.ތިނަދޫ ހިކިފިނިފެންމާގެ އަހުމަދު ނަސޫހުއާއި، މ.ޕާލްމާވިލާ މުހައްމަދު ޔަޝްފައު ރަޝީދާއި، މ.ކޮޅުފުށީ، އީސްޓު ހަސަން ޒިޔާދެވެ.

ފުލުހުން ބުނި ގޮތުގައި ޔާމީން މަރާލި ރޭ (އެޕްްރީލު 23،2017) ވަނަ ދުވަހުގެ ރޭ 2:23 ހާއިރު ޔާމީން އޭނާގެ ގެއަށް ދިއުމަށް އޮފީހުން ނުކުމެއެވެ. އޮފީހުން ނުކުމެގެން ގޮސް ގާޒީ ބިލްޑިންގުގެ އިރުމަތީ ގޯޅިން އަމީރު އަހުމަދު މަގަށް އެޅުމާ ހަމައަށް ދެ މީހަކު ޔާމީނަށް ފާރަލަމުން ތިން ނަންބަރު ފާލަމާ ހަމައަށް ދެއެވެ. ގާޒީ ބިލްޑިންގުގެ އިރުމަތީ ގޯޅިން ޔާމީން އެޅުމުން ބޮޑު ތަކުރުފާނު މަގުން އިރަށް ގޮސް މަސްވެރިންގެ ޕާކާ ހަމައަށް އެމީހުން ގޮސްފައިވެއެވެ. އެ ދެ މީހުންގެ ތެރއިން އެކަކު ދިޔައީ ފޯނުން ވާހަކަ ދައްކަމުން ކަމަށް ފުލުހުން ބުންޏެވެ.

އެ ރޭ 2:30 ހާއިރު ތިން މީހަކު މ.ސްޕެޓިއުލާއަށް ދެ ސައިކަލުގައި ގޮސް ދެ މީހަކު އެ ގެއަށް ވަދެއެވެ. އެ ދެ މީހުން ގެއަށް ވަނުމަށްފަހު އެގެތެރޭގައި ހަރުކޮށްފައިވާ ކެމެރާގެ ޑައިރެކްޝަން ބަދަލުކޮށް ލައިޓް ހޯލްޑަރުން ލައިޓު ދޫކޮށް ލައިޓު ނިއްވާލާފައިވެއެވެ.

އެ މީހުން ޔާމީން އުޅޭ ގެއަށް ގޮސް ވަން އިރު ޔާމީން ހުރީ ޗާންދަނީ މަގާއި ކެނެރީ މަގާ ގުޅުނު ހިސާބުގައި ކަމަށް ފުލުހުން ބުންނެވެ.

ޔާމީނަށް ގެއާ ހަމައަށް ދެވުނީ 2:46 އެހާކަށްހާއިރުއެވެ. ގެއަށް ވަދެ ލިފުޓަށް އެރުމަށް ލިފުޓަށް ފިއްތި ވަގުތު ލިފުޓު ހުޅުވި ވަގުތާ ޔާމީނަށް ހަމަލާދިން ވަގުތާ ވަނީ ދިމާވެފައެވެ. އެހެންކަމުން ޔާމީނަށް ހަމަލާދިން މަންޒަރު ލިފުޓުގެ ކެމެރާއިން ފެންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޔާމީން މަރާލި މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް ދައުވާކޮށްފައިވަނީ ހަތް މީހެއްގެ މައްޗަށެވެ. އެ ހަތް މީހުންގެ ތެރެއިން ހަ މީހެއްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ހަތް ވަނަ މީހާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ގުޅުންހުރި
ޔާމީން މަރާލީ ދީނަށް ފުރައްސާރަ ކުރާތީ: ފުލުހުން
9 އޯގަސްޓު 2017
ޔާމިންގެ މަރުގެ މައްސަލާގައި 7 މީހެއްގެ މައްޗަށް ދައުވާކޮށްފި
1 އޯގަސްޓު 2017
ޔާމީންގެ މަރުގެ މައްސަލާގައި ދައުވާ ކުރަން ފޮނުވީ އަށް މީހެއްގެ މައްޗަށް
23 ޖުލައި 2017
ޔާމީން އާއި ގުޅުންހުރި ފޮރިންސިކް ރިޕޯޓުތަކެއް ވަނީ ނައްތާލާފަ: އާއިލާ
6 ޖުލައި 2017
ހިޔާލު

ގުދުގުދާ ބެއްޔާގެ ތައްޚާނު
ބެއްޔާގެ ދޮންބައްޕަ، ކޮއްކޯ މިމީހުންނަނީ ހުސް ޕޮލިހުންގެ ކޮމެންޓް! ބެއްޔާގެ ކޮމެންޓްގައި ހަޤީޤަތްއެއޮތީ ހާމަ ކޮއްދީފައި! އަރާގަތް ރުޅިން ދެން ކިޔޭނުކިޔޭ އެއްވެސް ނޭގުނު! ކަލޯމެން މާލޭގައި އުޅެވޭނީ ތިޔަގޮތައް މީހުންގެ ލޭބޮއިގެން ވަޒީފާ އަދާ ކޮއްގެން ލިބޭފައިސާއިން! ދެން ލަލަލާ!
ރަޝީދު
ފުލުހުން ހައްޔަރުކޮށްގެން ގެންގުޅެނީ ކަމާނުބެހޭ މީހުން. މިއީ ދީނީ ކަމެއްގޮތުގަ ހަދަން މަސައްކަތް ކުރަނީ. އޭގަތެރޭގަ އެބަތިބި އެކަހަލައެއްވެސް ކަމެއްގައި ދުވަހަކުވެސް ނޫޅޭ ކުދިން. ނުލާހިކު ރަނގަޅު ކުދިން. އެކުދިން ރޮއިރޮއިފަ އެކިޔަނީ، މަންމާ ސަލާމަތްކޮށް ދޭށޭ ހެޔޮނުވާނޭ. ތިމަންނަ ނުކުރަމޭ...... މިހާރު ފުލުހުން ކަންތައް ތިކުރާ ގޮތުން މިގައުމުގައި ދީނީ ހަނގުރާމައެއް ފެށޭނީ. ދީނަށް ލޯބިކުރާ މީހަކު މީހުންނުމަރާނެ. މިހާތަނަށް އެއްވެސް ރިކޯޑެއް ނޯންނާނެ. މުޅިންވެސް މީހުން މަރާފަ ހުރީ ގޭންގް ސްޓާރުން ސިޔާސީ މީހުން އަޑީގަ ތިބެގެން. ނޫންސް ކޮންފަރެންްސްއަކީ ބޮޑު ގޭމެއް
ބެއްޔާގެ ދޮންބައްޕަ
މާނައަކީ ބެއްޔާއަށް މިކަން ކުރި މީހުން އެނގެޔޭ،! ނޫނީ ބެއްޔާއޭ އެކަންކުރީ ބެއްޔާ ހައްޔަރުކުރަން ފެނޭ!!
އިދުރީސް
ވަރަށް ސާފުކޮށް އެބަބުނޭ މިމީހުން މިކަންކުރީ މިވެނިގޮތަކަށް އެމީހުން ވިސްނާފައޭ. އޭގެން އެކަކުވެސް އިއުތިރޫފުވީތޯ؟؟؟ އިއުތިރާފް ނުވާނަމަ "މިމީހުން ގަބޫލުކުރާ ގޮތުގައި އެކަން ކުރަންޖޭހޭތީވެ މިމީހުން ގަބޫލުކުރާ ގޮތަށް އެކަންކުރީއްޔާ" ފުލުހުން ތަކުރާރުކޮށް އެބުނަނީ ކޮން ހެއްކަކަށް ބިނާކޮށްތޯ؟
ބޯލްސް
ހޭވް ސަމް ބޯލްސް އެންޑް ޑޫ ޔޯރ ޖޮބްސް މޭން!!!
ކާފަ
ކޮއްކޮ އައްވެސް ބެއްޔާއަށް ވެސް ހަމަ ސާބަސް. ހަނދާންނެތުނީ ދޯ. މިހެން ހަމަ ޜިލްވާންގެ ކޭސްވެސް ދެއްކި. ކޮބާ އެކަން މިހާރު. ހަމަތިޔައްވެސް ވާނީ ހަމަ އެހެން.
ކޮއްކޯ
ބެއްޔާ ކަލޭ ދާންވީނު ތަހުޤީގުކުރަން އެހެން ވީއިރު. އަދި އެކަން ކުރި މީހުން ހައްޔަރު ކުރަންވީނު. މާބޮޑަށް ބެއްޔާއަށް އެގެނީ އެއީ ވީ ގޮތަކީ
މަސީހު
ބެއްޔަހުށްތު ހާދަ މޮޅޭ..
ާމަަފަކީރު
އެރޭ ދެއްކި އެކަކުވެސް ތިތާ ނެތް..މުޅިން މަކަރު ކަމާ ނުބެހޭ ބަޔަކު ހިފަހައްޓައިގެން އެމީހުންގެ ދުވަސްދުއްވާ ލަން ތިއުޅެނީ.....ބޯހަލާކު😠😠
ޔަގީން ކަތީބު
ސަރުކާރު ޕްރެޝަރަށް ވެއްޓިއްޖެ. މިރާއްޖޭގައި ވަރަށް ނުވާކަމެއް މިއީ ބޮޑު ޖަރީމާއެއްގެ ތަހްގީގު މަޢުލޫމާތު ހާމަކުރުމަކީ. އަބަދުވެސް އުޅެނީ ކަންކަން ފޮރުވާ މަތިއަޅަން. މިހާ އަވަހަށް މިކަން ހާމަކުރުމުގެ އަޑީގައި ކޮންމެވެސް ނުބައެއް އުޅޭނެ.
ާހާސަރު
ސިޔާސީ ވާހަކަތައް އޮއްބާލަން ދެބޯގެރި ދުއްވަން ފެށީ
ބެއްޔާ
ފޭކް ސްޓޯރީއެއް! އިސްލާޢީލް ރަސީދު މަގުމަތީ ހުރީ ފާރަޔަށޭ ބުނިއިރު އިއްސޭ އެރޭ އައީ ހުޅުލޭ އެއަރޕޯޓްގެ ޖޮބްްނިންމާފައި އެރޭ ގެއަށް! ޔާމީނު ގެ އާ އިއްސޭގެގޭ ހުންނަނީ އެއްހިސާބެއްގަ! އިއްތިފާގުން އިއްސޭއަށް ޔާމީނު މަރާލި މީހުން ރަގަޅަށް އިގޭތީ އޭނާ ހައްޔަރު ކޮއްގެން ގެންގުޅެނީ! މުޅިން ވެސް ހައްޔަރު ކޮއްގެން މިހާރު އެގެންގުޅެނީ އެއްވެސް ގޮތަކުން ޔާމީނު ރަސީދުގެ މަރާ ގުޅޭ ބައެއްނޫން! ފުރަތަމަ ޕޮލިހުން ސީސީޓީ ފުޓޭޖްގައި ދެއްކި އެއްވެސް މީހަކު ނުހިމެނޭ!

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]