Male Thojjesumuge Aa Bolheh!
vfp.mv
HM
HM
މާލެ ތޮއްޖެއްސުމުގެ އާ ބޮޅެއް!
inage
  ރިޕޯޓް | އިޖުތިމާއީ | 5 އޯގަސްޓު 2017 | 15 ކޮމެންޓް
މާލެއަށް ކުރިމަތިވެފައިވާ މައްސަލަތައް އިންތިހާއަށް ގޮސްފައިވާއިރު އެންމެ ބޮޑު މައްސަލައަކަށްވެފައިވަނީ މާލެއަށް ނުކަތާ ވަރަށް މީހުން ޖަމާކޮށްގެން މާލޭގައި ދިރިއުޅެން މަޖުބޫރުކުރުވުމެވެ. ނަތީޖާއަކަށްވެފައިވަނީ ދުވަހުން ދުވަހަށް މާލެ ތޮއްޖެހި ތަފާތު މައްސަލަތައް ފެންމަތިވެ އެކަމުގެ ހިތިރަހަ ކަރުތެރޭގައި އަބަދުވެސް ހުރުމެވެ. މި ހިތިރަހަ ފިލައިގެން ނުދަނީ ތޮއްޖެހިފައިވާ މާލެއަށް އަނެއްކާވެސް ތޮއްޖެއްސުމުގެ އާ ބޮޅެއް މިހާރުވަނީ އިތުރުވުމުގެ މަގުމަތީގައެވެ.
ކޮންމެކަމެއްގައި ހައްދެއް އޮންނަ އުސޫލުން މާލޭ ހިމޭނޭ ބިމުގައި ވެސް ކަންކަން ކުރެވޭނީ ވަކި ވަރަކަށް ނޫންތޯ އެވެ. އެއީ ވަކި މާލެއަށް އޮތް ކަމެއް ނޫނެވެ. ނަމަވެސް ވެރިކަން ލިބޭ ކޮންމެ ބަޔަކު މާލެއަށް މިޖައްސާ ހާލަކީ ދެރަވަރުގެ ހާލެކެވެ. މަތިމައްޗަށް އިމާރާތްތައް އަރާ މާލެ ތޮއްޖެހިގެންދާއިރު އެއިމާރާތްތަކުގައި އުޅޭ މީހުން އެއް ފަހަރާ ބިންމައްޗަށް ފައިބަން ޖެހިދާނެ ހާލަތެއް މެދުވެރިވެދާނެކަމަށް ނުބަލައިގެން މިހިންގާ ތޮއްޖެއްސުމުގެ އަމަލުން މިއަށްވުރެ ހިތިރަހައެއް ލުމަކީ ދުރުކަމެއް ނޫނެވެ.

މިގޮތަށް މިކަން ހިނގަމުންދަނިކޮށް، އެންމެ ފަހުން އިވުނު އަގަކީ މާލޭގެ ހުޅަނގު ފަރާތުގައި ތަރައްގީކުރި ރަސްފަންނު ހިމެނޭ ސަރަހައްދާ ކައިރީގައި 350 ފްލެޓް ހިމެނޭ ބޮޑެތި އިމާރާތްތަކެއް ތަރައްގީކުރާ ވާހަކަ އެވެ. ރަސްފަނު ވެސް ތަރައްގީކުރީ ފަޅުން ބައެއް ހިއްކައިގެންނާއި އެއްގަމުގައި ހަދާފައިވާ ބައެއް އިމާރާތްތަކުން ބައެއް ތަޅާލައިގެންނެވެ. ނަތީޖާއަކަށްވީ ރަސްފަންނު ތަރައްގީކުރުމުންވެސް އެސަރަހައްދު ޓްރެފިކަށް ބޮޑު މައްސަލަތަކެއް ކުރިމަތިވުމެވެ. މާލެ ވަށާ އޮތް މަގު ބަންދުވެ އެގޮތްމިގޮތްވުމެވެ. ނަމަވެސް ރަސްފަންނު އަކީ ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބިދޭ ތަނެކެވެ.

މިއާ ހިލާފަށް އަލަށް މިފަށަން އުޅޭ ފްލެޓްތަކަކީ އެއް ގޮަތަކަށްވެސް އެސަހަައްދުގައި ތަރައްގީކުރަންޖެހޭ ތަނެއް ނޫނެވެ. ސަބަބުތައް ބައިވަރެވެ. ނަމަވެސް އެކަން މިބޯހަރު ސަރުކާރުން ހާއްސަކޮށް ހައުސިން މިނިސްޓަރުގެ އަމަލުތައް ހުންނަގޮތަށް ބަލާއިރު، ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ. 350 ފްލެޓުން ސަރުކާރަށް އެންމެ 150 ފްލެޓް ލިބޭ އެމަޝްރުއު ހިންގުމަށްޓަކައި ޒުވާނުންގެ މަރުކަޒުންވެސް ބައެއް ތަޅާލައެވެ. އަދި ރަސްފަންނު ސަރަހައްދުގެ އެ ނޫން ހުސްބިންތައްވެސް ނަގައެވެ. ނަތީޖާއެއްގެ ގޮތުން މިހާރު އެސަރަހައްދުގައި އޮތް ހުސްބިންތައް ނަގާ އެސަރަހއްދު ކޮންޓްރީޓް ޖައްގައްޔަކަށް ބަދަލުވެގެންދާނެވެ.

ސުވާލަކީ ހަމަކޮށްމެހެންވެސް އެސަރަހައްދުގައި ހުރި ހުސްބިންތައް ނަގާ ކޮންޓްރީޓް ޖައްގައްޔަކަށް ބިންތައް ނުހަދާ ރައީސް ޔާމީން ގެންގުޅުންވާ ބޯހިޔާވަހިކަން ހޯދައިދިނުމުގެ ސިޔާސަތު ކާމިޔާބުނުވާނެ ބާއްވައެވެ. މިހާރުވެސް އެސަަހައްދުގައި ދެ ސްކޫލް ހުރެއެވެ. ޒުވާނުންގެ މަރުކަޒު އެހުރީ އެވެ. އަލަން އަޅަން އުޅޭ ފްލެޓްތަކުގެ ސަބަބުން މި ދެންނެވި ތަންތަނަށް ވެސް މައްސަލަތައް ކުރިމަތިވާނެއެވެ. މިހާރު ފިސާރި ނަލަ ވައިރޯޅިތައް ބީންސަމުން އެދަނީ ސްކޫލްތަކުގެ ކްލާސްރޫމްތަކަށެވެ. ނަމަވެސް މި އަޅާ ފްލެޓްތަކުގެ ސަބަބުން އެ ސްކޫލްތަކުގެ ހުޅަނގު ފަރާތް ބެނދިގެންދާނެކަމަށް ފެނެއެވެ. އެކަމުގެ ސަބަބުން ވެސް މައްސަލަތައް ކުރިމަތިވާނެއެވެ. އެއިން އެއްވެސްކަމަކަން ބެލުމެއް ނެތެވެ. މިއީ ގަޓް ސަރުކާރެކެވެ. ގަޓް ރައީސް އަރިހުގައި އެތިއްބެވީ ގަޓް ވަޒީރުންނެވެ. ހާއްސަކޮށް ހައުސިން މިިނިސްޓަރަކީ ގަޓް ވަޒީރެކެވެ. އެހެންކަމުން ވިސްނާފިކުރު ކުރުމުގެ ބޭނުމެއް ނެތެވެ.

ތާޖުއްދީން ސްކޫލުގެ ފަހަތުން އޮންނަ ފުޓްސަލް ދަނޑުން ފެށިގެން، ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ކޯޓާ ހަމައަށް އޮތް ސަރަހައްދުގައި މި މަޝްރޫއު ކުރިޔަށްދަނީ ހަތަރު އިމާރާތެއްގެ ގޮތުގައިކަމަށް ވަނީ ހައުސިން މިނިސްޓްރީން ބުނެފައެވެ. އެކަމަށްޓަކައި ޓީއެސް ހުޅަނގުން އޮތް ފުޓްސެލް ދަނޑުތަޅާ ހަފުސްކޮށްލުމަށް ފަހު މިހާރުވަނީ ނަގާފައެވެ. އެކަމަށްޓަކައި ޒުވާނުންގެ މަރުކަޒުގައި ހުރި ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބައެއް ބިންތައް ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ހައުސިން މިނިސްޓްރީން އަންގާފައިވާތީ ސޯޝަލް ސެންޓަރުގެ ނެޓްބޯލް ކޯޓާއި، ޓީޓީ ހޯލުގެ އިތުރުން ނެޓްބޯލް، ބާސްކެޓްބޯލް އަދި ބަށިބޯޅަ އެސޯސިއޭޭޝަންގެ އޮފީސްތައް ނެގުމަށް ވަނީ އަންގާފައެވެ.

ހައުސިން މިނިސްޓަރު ވިދާޅުވެފައިވާގޮތުން މިހާރުވަނީ ރަސްފަންނު ސަރަހައްދުގައި ހިންގާ މިކްސްޑް ޑިވެލޮޕްމެންޓް މަޝްރޫއުގެ އެ މަސައްކަތް ސިންގަޕޫރުގެ ޗަން ހުއާ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްފައެވެ.

ނަލަކޮށް ޑިޒައިންކޮށް އާ ގޮތްތަކާއި ނަންނަން ދީގެން އަޅަނީ ހަތަރު ޓަވަރެކެވެ. މި ހަތަރު އިމާރާތުގެ ފުރަތަމަ ހަތަރު ބުރި ބޭނުންކުރާނީ ޕާކިންގް ސްޕޭސްގެ ގޮތުގައި ކަމަށް ވެއެވެ. އެގޮތުން، 500 ކާރާއި 300 ސައިކަލު ޕާކުކުރުމުގެ ޖާގަ އެތަނުން ލިބޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ފްލެޓުތަކުގެ އިތުރުން އެތަނުގައި ކޮމާޝަލް ފެސިލިޓީސްއާއި، ރީޓެއިލް އައުޓްލެޓުތަކާއި ކުލިވަރު ކުޅޭނެ ތަންތަންވެސް ބަހައްޓާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ސިންގަޕޫރު ފެންވަރުގެ ތަނެއް މި ހެދެނީ. މިތަނުގެ 40 ޕަސަންޓު ވާނީ ގްރީން، އޯޕަން ސްޕޭސްއަށް. ވަރަށް ރީތި ހިތްގައިމު، އަދި ވަރަށް ބޮޑެތި ފައިދާތަކެއް [ލިބޭނެ ތަނެއް]. އަދި ވަޒީފާގެ ފުރުސަތުތަކެއްވެސް ދިވެހި ޒުވާނުންނަށް ލިބިގެން ދާނެ،" ހައުސިންގް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ހައުސިން މިނިސްޓަރު އެ ވިދާޅުވާ ފަދަ ކިތަންމެ ނަލަ ތަނެއް ހެދި ނަމަވެސް ސުވާލަކީ ތޮއްޖެހި ހުސްބިން ނެތް މިމާލޭގައި ސިންގަންޕޫރު ފެންވަރުގެ ތަންތަން ހެދުމުގެ ހަގީގީ ބޭނުމަކީ ކޮބައިތޯ އެވެ. ހުޅުމާލެ އެތަރައްގީކުރަނީ އެހެން ގައުމުތަކަށް ގޮންޖަހާފަ ނޫންތޯ އެވެ. އެހެންކަމަމަށްވާއިރު، ރަސްފަންނު ސަހަރައްދުގައި އޮތް ހުސްބިންކޮޅު ދޫކޮށްލާފައި، ޒުވާނުންގެ ސިޓީކަމަށްވާ ހުޅުމާލޭގައި ސިންގަންޕޫރު ފެންވަރުގެ އެ ހަތަރު އިމާރާތް ނުހަދާ މާލޭ ތޮއްޖައްސަށް އެއުޅެނީ ކޮން ފަދަ ފައިދާތަކެއް ލިބޭތީ ބާއްވައެވެ.

އަނެއްކާ ވެސް ހިތްފުރާލާވަރުގެ ފައިދާތަކެއް ލިބެނީ ބާއްވައެވެ. ޔަގީންވާ ކަމަކީ މިހާރު ފްލެޓާއެކު ތަރައްގީކުރަން އެކިޔާ ވަސީލަތްތައް ގާއިމުކުރި ނަމަވެސް މާލެ ތޮއްޖެހުމަށް އިތުރުވާ ބުޅަކަން ނޫން ކަމަކަން ތިޔަ ކަމެއް ނުވާނެވެ. އަނެއްކާ ރަނގަޅަށް ވިއްޔާ ތިޔަ ތަނުން ބޯހިޔާވަހިކަން ލިބޭނީ ވެސް މާލޭގެ ގެދޮރު ނެތް އާދައިގެ ރައްޔިތުންނަކަށް ވެސް ނޫނެވެ. އެމީހުން އަތްފޯރާ އަގެއްގައި ތިޔަ ސިންގަންޕޫރު ފެންވަރުގެ ތަންތަނުން ފްލެޓް ހޯދުމަކީ ވުމަށްވުރެ ނުވުން ކައިރިކަމެއްކަމަށް ފެނެއެވެ.

މާލޭގައި އިތުރު ފްލެޓް އަޅާ މާލެ ތޮއްޖެއްސުމަކީ މާލެއަށް ދެވޭނެ އެންމެ ބޮޑު ގެއްލުމަށްވާއިރު އެފަދަ ކަމެއް މިހާރު ކުރުމަކީ އެކަމުގައި ފޮރުވިފައިވާ ކަންތައްތަނެއް ހިނގާފާނެ ކަމަށް ބެލުމުގެ ފުރުސަތު ހުޅުވިގެންދާ ކަމަކަން ނޫނީ ނުވާނެވެ. އަނެއް ކޮޅުން މާލެ ތޮއްޖައްސައިލައިގެން ލިބޭ ވަގުތީ ފައިދާ ބޮޑުވި ނަމަވެސް ދާއިމީ ފައިދާއަށްވުރެ ބޮޑުވާނީ ގެއްލުމެވެ. އެހެންކަމުން މިފަދަކަމެއް ކުރުކަމީ ކަނޑައެޅިގެން މާލޭގައި ހުރި ހުސްބިންތައް ނަހަމަގޮތުގައި ބޭނުންކޮށް މާލޭގައި އުޅޭ މީހުންނަށް ދެވޭ ބޮޑު ގެއްލުމަކަށް ނޫން ދެން ކޮން ކަމެއްތޯ އެވެ.
ގުޅުންހުރި
މާލެއިން ބިން ގަންނަން އެއްވެސް ބަޔަކު ހުށައެއް ނޭޅި
15 ސެޕްޓެމްބަރ 2017
ކުޑަކުދިންނާއި މާބަނޑު މީހުން ގޮވައިގެން މިމަގުން ދުއްވާއިރު ސަމާލުވާތި!
8 ސެޕްޓެމްބަރ 2017
ޖަންބުމަގު ޖަންކްޝަނަކުން ނަޖިސް ފެން ބޭރުވަނީ
4 ސެޕްޓެމްބަރ 2017
އޯކިޑް މަގުގެ ޖަންކްޝަނެއް ފަޅައިގެން ގޮސް މުޅި ސަރަހައްދު ނަޖިސްކޮށްފި
3 ސެޕްޓެމްބަރ 2017
ހިޔާލު

ޑިމޮކްރަސީ
މިއީ ރައްޔިތުންގެ އިޙްސާސްތަކަށް ބަލާ ބައެއްނޫން އެމީހުންގެ ޖީބުތަށް ބަރާވަންޏާ ނިމުނީ ރައްޔިތުން ހަނާވިޔަސް
ކޮސް
މިފަހަރު ފެންނާނެ ނަސީދުގެ ޓާޓާ އަދި ޔާނުގެ ފުލެޓުތަކުގެ ފެންވަރު
އަކިރިކައިރި
އަސްލު ބުނަންތަ. ނަޝީދު ދުވަސްވަރު ފްލެޓް އަޅަންއުޅުމުން އެކަމާ މަވެސް ދެކޮޅު ހެދުން. ނަމަވެސް އެކަން ކޮށްފައިވަނީ ވަރަށް ރަނގަޅަށް. އެސަރަހައްދު ތޮއްޖެހުމުގެ ބަދަލުގައި ވަރަށް ތަނަވަސްކޮށް ތިރީ 2 ބުރި ހަދާފައިވަނީ.

މި މަޝްރޫއުގައި އަހަންނަށް ފެންނަނީ އެންމެ 2 މައްސަލައެއް. ތިޔަ ފްލެޓްތައް ލިބެނީ ކޮންބަޔަކަށް ކަމާއި ލިބެންހުންނާނީ ކިހާވަރަކަށްކަން ނޭނގުން. ޖުމްލަކޮށް ބަލާއިރު ހުސްކޮރަޕްޝަން ވައްތަރު ޖަހާތީ މައްސަލައަކީ.

މާލޭގައި ފްލެޓް އެޅިޔަސް ނޭޅިޔަސް ތޮއްޖެހޭނެ އެހެން ސަރަހައްދުތައް ތަރައްގީ ނުކުރާހާ ހިނދަކު. އެހެންވީމާ މައްސަލައަކީ ފްލެޓް އެޅުން ނޭޅުމެއް ނޫން. މައްސަލައަކީ ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީ ނުކުރުން. ވޯޓު ނުލިބޭނީވެސް އެހެންވެ.
ރިއަލިޓީ
‎ތަރައްޤީއަކީ ބޮޑެތި ލޯނުނަގާ ޤައުމުދަރުވައިގެން މާލޭ ބުރިޖާ މާލޭއެއަރޕޯޓާ މާލޭ ޔޫތުސިޓީއާ މާލޭ 25 ބުރީ އިމާރާތްތަކާ މާލޭ އިންޓަސްޓްރިއަލް ވިލެޖާ މާލޭ މަތީ އަދި މެދުފަންތީ ފުލެޓު އެޅުންތޯ؟ އަތޮޅެއްގަ ކޮބާ ތަރައްޤީގެ މަޝްރޫއެއް؟ އަސާސީ ހިދުމަތްތައްކަމަށް ވާ ފެން ހޮޅި ގުއި ހޮޅި ބަށި ކޯޓެއް ނާޅައެކޭ ނޫން އެ އަޅަންދާ ހަރަދުވެސް ރައްޔިތުން އަތުން ފެލަނީ ކާޑާ ކަރަންޓް ފަދަ އަސާސީ ހިދުމަތްތަކުގެ އަގު ބޮޑުކޮށްގެން.. މިސަރުކާރުން އެޅި އެއަރޕޯޓެއް ބިންގާއަޅާ ނިންނި ފުލެޓެއް ނޯންނާނެ.. 3 އަހަރުން 5 އެއަރޕޯޓްގެ މަސައްކަތްފަށާ 3 ތަން ނިންމި ސަރުކާރެއް ވެސް ދިވެހިން ދެކެފި.. ވީމާ ތަރައްޤީއޭކިޔާ ފަލަ ސުރުހީހަދައިގެން ތިޔަ ޖަހާ ކާޑު ބަލައެއް ނުގަނޭ އެކަން އެއޮތީ ނިމިދިޔަ އިންތިހާބުން ފެނިފަ..
އަހްމަދު
މަށަށް ހީވަނީ ތިޔަ ސަރަހައްދުގައި ފްލެޓް އެއަޅަނީ ފައިދާ ގަނޑެއްނަގަންހެން. އެ ނޫން ގޮތަކަށް އެއްކަމެއްވެސް ނުކުރާނެކަން ނޭނގެ. އަނެއްކާ ރަސްފަންނު ސަރަހައްދުގައި އޮތް ބިންތައް ހުހަށް ބައްވައިފައި އެ ބިމުގައި ޕްލެޓް އެޅުމަށްވުރެ މާ ރަނގަޅު ގޮތްގޮތް ހުންނާނެ. އަނެއްކާ މާލޭ މީހުންނަން ބޯހިޔާވަހިކަން ދޭން ނަމަ އެ ނޫން ގޮތް ހުންނަނާނެ. އެކަމަކު ކީއްކުރާނީ މިއީ ވާސަރުކާރެއް. މާދަމާ ވެރިކަމުން ފޭބިޔަސް އެމީހުންނަށް އޯކޭވާނެ. އެބިމުގައި ފްލެޓް އަޅައިގެން ލިބޭ ފައިދާ އަށްވުރެ ގެއްލުން ބޮޑުވާނެ. މަށަށް ފެނޭ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ހިމޭން ހަރަކާތެއް ހިންގަން
އަހަންމަދު
ކަލޭނޭ ވެރިކަމުގައި މިތިބީ އަނެއްކާ ކީއްވެގެން އުޅޭ ބައެއްތަ. މިމާލެއަކީ އެމީހުން ބޭނުންގޮތަކަށް މޮޑެއް އޮތް ފުށްގުޅައެއްތަ. ހެޔޮނުވާނެ މާލޭގައި ހުރި ހުސްބިންތައް އެގޮތުގައި ބާއްވައިދީ. އަނެއްކާ ރަސްފަންނު ކައިރީގައި އޮތް ހުސް ބިމުގައި އިމާރާތް ހެދުމަކީ ރަސްފަންނުގެ ރީތިކަމުގެ އިތުރުން އެތަނާ ކައިރީގައިވާ ސްކޫލްތަކަށް ވެސް ލިބިދޭ ބޮޑު ގެއްލުމެއް. މުއިޒު ތިޔަހެން ނުހަދާ
އިއްބެ
ކަލޯ މިއާޓިކަލް ކިތަންމެ ރަނގަޅަކަސް މި ސަރުކާރުން ކުރާ ކަމެއް ނުހުއްޓުވާނެ. އެހެންކަމުން މަ މި ގޮވާލަކީ އިދިކޮޅު މީހުންނަށް ވެރިކަން ލިބިއްޖެނަމަ މާލޭގައި އިތުރު ފްލެޓް ނޭޅުމަށާއި އަދި ޔާމީން ސަރުކާރުން ފްލެޓް އަޅަން ހަވާލު ކުރި ނަމަވެސް އެތަންތަން ނަގަން ގޮވާލުމަށް. ހަދަހަދާ ހުރި ނަމަވެސް އެހުރިވަރުންވެސް އެތަންތަން ތަޅާލައި އެބިން ހުސްކޮށް ބާއްވެކަމުގެ ވައުދު ވުމަށް އިދިކޮޅު މީހުންނަށް ގޮވާލަން. އޭރުން މަގޭ ވޯޓް އިދިކޮޅަށް.
ނަދީމް
ކޮބާހޭ މަނެންގެ އަތޮޅުތަކުގަ އަޅަން ވައުދުވި ފުލެޓުތަކާ އެއަޕޯޓްތަކާ ހެވަންތަކާ؟ އެނާޅަ މާލޭ މެގަ ޕްރޮޖެކްޓްތައް ދައްކައިގެން ތަރައްޤީއޭކިޔަސް މަމެންގެ ރުހުމެއް ނުހީދޭނެ ތިހެން ޗިޕު ޖެހި ޒަމާން ހިނގައްޖެ.. ހަމަ ކައުންސިލް އިންތިހާބުގެ ނަތީޖާ ރިޕީޓްވާނި.. ތިޔަ ބުނާ ގުއި ހޮޅިއަކާ ބަށިކޯޓަކުން މަމެންނަށް ވާނެ މާބޮޑު ފައިދާއެއްނެތް ޖީބަށް ނުވަދޭ މޮކޮސްވެސް
ކެޔޮޅު
މާލޭގައި އެގޮތަށް ހުރި ހުސްބިންތަކުގައި ފްލެޓް އެޅުމަކީ ވަރަށް ބޮޑު ގޯހެއް. އެކަމަކު ކީއްކުރާނީ މިހާރު އޮތް ސަރުކާރަކީ އެއްގޮތަކަށް ވެސް އަގު އަހާ ސަރުކާރެއް ނޫން. އެމީހުންނަށް ފެންނަގޮތް ނޫން ގޮތެއް ނުހަދާނެ. އެމަކު ގޯސްވާނީ ގޯހަށް. މާލެ އަށް ނުކުތާ ވަރަށް މީހުން ޖަމާކުރީމަ ވާގޮތް ފެނެއެއް ނޫން. މިހާރު މާލެ އަކީވެސް ޖަލެއް. ދެތިން ކިލޯ މީޓަރު ހުރި މާލެގެ ބިމެއް ދެން ބޮޑުނުވާނެދޯ. އެކަމަކުއެހެރަ އިމާރާތްތައް ބިން މައްޗަށް އަރަނީ. ބިން ހެލުމެއް ނުވަތަ އެފަދަ ނާޒުކު ކަމެއް ދިމާވެއްޖެ ހިނދެއްގައި އެންމެން ޖެހޭނީ ބިމަށް ފައިބަންދޯ. ނަމަވެސް މިހާރު މާލޭގައި އިމާރާތްތައް ނަގާފައިހުރިވަރުންނާއި އެތަންތަނުގައި މީހުން އުޅޭ އަދަދަށް ބަލާއިރު އެފަދަ ދުވަހެއް އައިސް މީހުން މަގު މައްޗަށް ނުކުންނަންޖެހިއްޖެ ނަމަ ވާނެ ގޮތަކީ އެންމެންނަކަށް މަގުތަކުން ޖާގައް ނުލިބޭނެ. ދެން ފިތިބާރުވެގެން މީޙުންނަށް ލިބޭނީ އަނިޔާ. ކިހާ ދެރަކަމެއް މިއީ. ހެޔޮނުވާނެ ދެން ވެސް މާލޭގައި އިތުރު ފްލެޓް ނާޅާ ހުޅުމާލެ އަށް މީހުން ގެން ގޮސް ބަލަ. ނުވަތަ އަތޮޅުތައް ތަރައްގީކޮށްބަލަ.
އަޅުމާލެ
މި މާލޭ ސަރުކާރުން އަތޮޅުތަކަށް ވައުދުވި އެންމެ މެގަ ޕްރޮޖެކްޓެއްވެސްނުހިންގާ ބޮޑެތި ލީނު ނަގައިގެން މާލޭގަ މިހުރިހާކަމެއް މިކުރަނީ ކުލީގެ އަޅުން ގިނަކުރަން
ގައުމު
ކަލޯ މިއީ ވާސަރުކާރެއް. ގަޓްވެގެން ގޮސް މުޅި މާލެ ތޮއްޖައްސާއެލަނީ. ތިޔަ ތަނުގައި ފްލެޓް އަޅަން ދޭނީވެސް ނުހައްގު ކަންތައްތަކެއް ހިންގާފައި ކަންނޭނގެ. އެހެން ނޫން ނަމަ ދެން ކޮންކަމެއް. އެ ހުސްބިންތައް މިހާރު އޮތް ގޮތަށް މިހާރަށްވުރެ ވެސް ރަނގަޅަށް ބޭނުންކުރެވޭނެ ގޮތް ހަދާފައި ބާއްވަން ވީނޫން. ހުސް ބިން ނެތިގެން މިއުޅެނީ. އެކަމަކު ވެސް އެގޮތެއްވެސް ކަމަކުނުދޭ މި ސަރުކާރަކަށް.
حميد
الحسد يأكل الحسنات
ޒެޑްސް 1
ބޯ ހަރުވެގެން ބައިބޯ ކުރެވޭނެ ގަޓު ނެރެވޭނީ
އަލީ
ވިސްނާ ވިސްނާ ބޯހަލާކުވީއިރުވެސް ނޭނގުނު. މިރާއްޖޭ ހައުސިންގ މިނިސްޓްރީއެއް ހުންނަ ސަބަބު. އެމިނިސްޓީއަށް ހައުސިން މިނިސްޓްރީ ކިޔަނީ ކީއްވެތޯ. މާލޭގަ ބިންބޭނުންކުރުމުގަ އެއްވެސް ޕޮލިސީއެއް ޕްލޭނެއް އޮތީކީނޫން. އެންމެ ކުޑަމިނުން އިމާރާތެއްގެ އޭސީ ފައިބާފެން މީހުންގެ ބޮލަށް ނޭޅޭގޮތެއްވެސް ނުހެދޭ. މީހުން ދިރިއުޅޭ ތަންތަނުގަ ކުނިއުކާލުމުގެ ފަސޭހަގޮތެއް ހުރުން ލާޒިމެއް ނުކުރޭ. މަގެއްގަ ޕޭަމަންޓެއް ނެތަސް ވަރިހަމަ. ޕާރކްކުރެވޭނެގޮތެއް ނެތަސްއޯކޭ. މުއިއްޒުގެ ވިސްނުންހުރީ މާލޭ ދެތިން ހަނިގޯޅިހުސްކޮށްލައިގެން މާލޭގެ ރައްޔިތުންނަށް އަމާންކޮށް ހެލިފެލިވެ އުޅެވޭނެކަމަށް. ދުރުމުސްތަގުބަލްްގެ ޕްލޭނެއް މާލެއަށް ބޭނުންވޭ.
ރަންދިހަ
ރަސްފަންނަކީ ތާކުންތާކު ނުޖެހޭ ކަމެއްކަމުގައި އިދިކީލަމީހުން ކިޔަމުން ދިޔައެވެ. މިސަރުކާރުން ކުރާ އިދިކީލަ މީހުނަށް ކަމުދާ އެއްކަމެއްވެސް އެބައޮއްތޯއެވެ. ބޭނުމަކީ ރައްޔިތުންގެ ސިކުޑި ހަރާބުކުރުމެވެ. ކޮންމެކަމަކަށްވެސް ނަސްރުދެއްވަނީ ﷲއެވެ. ނަސްރުލިބޭނީ ހައްގަށެވެ. އިހުލާސްތެރިކަމާއެކު ހައްގުގޮތުގައި ކުރާކަންކަން ވަންހަނާނުވާނެއެވެ. ކޮންމެހެން އެކަންކަން އިސްތިހާރުކުރާކަށް އަޑުގަދަކުރާ ބޭނުންން ކުރާކަށް ނުޖެހޭނެއެވެ. އިދިކީލަމީހުންގެ އަގުގަދަނަމަވެސް މަޑުއަޑު ގަދައަޑުގެ މައްޗަށް ކާމިޔާބީ ހޯދަމުންދާތަން އެބަފެނެއެވެ. އިކޮނިމިކް މިނިސްޓަރު ވިދާޅުވީ ހަމަ ފިސާރި ތެދުފުޅު ވާހަކައެވެ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]