Al-Aqsa ga Israel inn Qaaimkuri Salaamathee Kankan Nagan Fashaifi
vfp.mv
MIB
MIB
އަލް-އަގްސާގައި އިޒްރޭލުން ގާއިމުކުރި ސަލާމަތީ ކަންކަން ނަގަން ފަށައިފި
inage
ފަލަސްތީނުގެ ރައްޔިތުންތަކެއް އަލް-އަގްސާ މިސްކިތް ކައިރީގައި-
  ދުނިޔެ | މެދުއިރުމަތި | 27 ޖުލައި 2017 | 0 ކޮމެންޓް
އަލް-އަގްސާ މިސްކިތުގައި އިޒްރޭލުން ގާއިމުކުރި ސަލާމަތީ ކަންކަމުގެ ތެރެއިން ބައެއް ކަންކަން ނަގައިފިއެވެ. Dhiraagu
އަލް-އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެވޭ މަގުތަކުގައި އިޒްރޭލުން ގާއިމުކުރި ބައެއް ސަލާމަތީ ކަންކަން ނަގާފައި މިވަނީ މިސްކިތުގެ ސަލާމަތީ ކަންކަން އިޒްރޭލުން ވަރުގަދަކުރުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ބައެއް މީހުން މަރުވެފައި ވަނިކޮށެވެ.

މިސްކިތަށް ވަނުމަށް އިޒްރޭލުން ވަނީ ރޭލިން ޖަހާއި ގޭޓު ބަހައްޓާފައެވެ. އެތަކެތި މިހާރު ވަނީ ނަގާފައެވެ.

މިދިޔަ އަންގާރަ ދުވަހު އިޒްރޭލުން ވަނީ މިސްކިތުގައި ބެހެއްޓި މެޓަލް ޑިޓެކްޓާވެސް ނަގާފައެވެ. އިޒްރޭލުން ބުނާ ގޮތުން މެޓަލް ޑިޓެކްޓާ ބެހެއްޓީ މިމަހުގެ 14 ވަނަ ދުވަހު ފަލަސްތީނުގެ ބަޔަކު އިޒްރޭލުގެ ސިފައިންގެ ދެ މީހަކު މަރާލުމާއި ގުޅިގެންނެވެ.

އަލް-އަގްސާ މިސްކިތުގައި އިޒްރޭލުން ބެހެއްޓި ސަލާމަތީ ކަންކަން ނަގަން ފެށުމާއެކު ފަލަސްތީނުގެ ރައްޔިތުން ވަނީ އެކަން ފާހަގަކުރުމަށް އެއްވެފައެވެ.

ފަލަސްތީނުގެ ރައްޔިތުން ބުނާ ގޮތުން ލިބިގެންދިޔައީ ފާހަގަކޮށްލެވޭވަރުގެ ކާމިޔާބީއެކެވެ.
ގުޅުންހުރި
ފަލަސްތީނަށް އެހީވާ އދގެ އެޖެންސީ އުވާލާނެ ކަމަށްބުނެ އިޒްރާއީލުން އިންޒާރުދީފި
9 ޖެނުއަރީ 2018
ފަލަސްތީނަށް ދޭ އެހީތައް ކަނޑާލާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފި
3 ޖެނުއަރީ 2018
އިޒްރާއީލު ސިފައިންނާ ކުރިމަތިލި އަހަދު ތަމީމީއާއި އާއިލާއަށް ގިނަ ތުހުމަތުތަކެއް
2 ޖެނުއަރީ 2018
ގުއާޓެމާލާއިން ވެސް އިޒްރާއީލުގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރަނީ
25 ޑިސެންބަރ 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]