Sofwan ge Machhah Dhauvaakuran Fonuvaifi
vfp.mv
MIB
MIB
ސޮފްވާންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
inage
ސޮފްވާން
  ހަބަރު | ސިޔާސީ | 19 ޖޫން 2017 | 0 ކޮމެންޓް
ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ޕާސަނަލް އެސިސްޓެންޓް މ.ހިމްމިޔާ، އަހްމަދު ސޮފްވާން، ގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ. Dhiraagu
ސޮފްވާންގެ މައްޗަށް ދައުވާކުރަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އަމަލީ ގޮތުން ތުހުމަތު ކުރެވޭ އޭނާ ތަހުގީގަށް ހާޒިރުވުމަށް އެންގުމުން ޗިޓަށް ހާޒިރުނުވި މައްސަލައިގައިއެވެ.

މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ސޮފްވާން ފުލުހަށް ހާޒިރުވުމަށާއި ހާޒިރުނުވެއްޖެ ނަމަ ދައުވާކުރާނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. މޭ މަހުގެ 25 ވަނަ ދުވަހު ޗިޓު ފޮނުވައިގެން ޖޫން މަހުގެ އެއްވަނަ ދުވަހަށް ފުލުހަށް ހާޒިރުވުމަށް ސޮފްވާނަށް އެންގިއެވެ.

ފުލުހުން ވަނީ ސޮފްވާން ހޯދުމަށް އިންޓަޕޯލްގެ އެހީއަށްވެސް އެދިފައެވެ.

ފުލުހުން ބުނީ ބަލަމުންދާ މައްސަލަޔަކާއި ގުޅިގެން ސޮފްވާން ހޯދުމަށް މަސައްކަތްކޮށް އޭނާ ނުފެނުމުން އޭނާ ހޯދުމަށް އިންޓަޕޯލްގެ އެހީތެރިކަމަށް އެދިފައިވާނެ ކަމުގައެވެ.

ފުލުހުން ބުނީ އިންޓަޕޯލް މެދުވެރިކޮށް ސޮފްވާން ހޯދުމަށް އެދިފައިވާއިރު އޭނާގެ ޕާސްޕޯޓްވެސް މިހާރުވަނީ ކެންސަލް ކުރެވިފައި ކަމުގައެވެ.
ގުޅުންހުރި
"އަދުލަށް ހުކުމް ނުކުރެވޭ ގާޒީން އިސްތިއުފާ ދީފައި ގެއަށް ދިއުން މާ ރަނގަޅު"
18 އޭޕްރީލް 2018
ޖެޓްސްކީ އަކުންޖެހި އަނިޔާވުމުން ލައްކައަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހިއްޖެ
29 މާޗް 2018
1.9 މިލިއަން ރުފިޔާ ދައްކަން ނާޒިމަށް ހުކުމްކޮށްފި
27 މާޗް 2018
އަނިޔާލިބޭ މީހުންގެ ބަދު ދުޢާއިން ރައްކާތެރިވާންވީ ކީއްވެކަން މިއަދު އެނގޭނެ: ޑރ އިޔާޒް
21 މާޗް 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]