HRCMin Adeebai Bahdhalu koffi
vfp.mv
HM
HM
އެޗްއާރުސީއެމުން އަދީބާ ބައްދަލުކޮށްފި
inage
ކުރީގެ ނައިބް ރައީސް އަދީބު---
  ހަބަރު | ސިޔާސީ | 19 ޖޫން 2017 | 1 ކޮމެންޓް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ދޫނިދޫއަށް ގޮސް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާ ބައްދަލުކޮށްފިއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި އެޗްއާރުސީއެމުން އަދީބާ ބައްދަލުކޮށްފައިވަނީ މިއަދުއެވެ. އަދީބާ ބައްދަލުކޮށްފައިވަނީ އެޗްއާރުސީއެމްގެ މެންބަރަކާއި އިތުރު މުވައްޒަފުންތަކެކެވެ.

އެޗްއާރުސީއެމުން އަދީބާ މިއަދު ބައްދަލު ކުރިއިރު އެކޮމިޝަނުންދަނީ އަދީބަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުދޭ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިހަބަރާ ގުޅޭ ގޮތުން އެޗްއާރުސީއެމުގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ.

އެޗްއާރުސީއެމުން އަދީބާ ބައްދަލުކޮށްފައިވާ އިރު އަދީބުގެ ވަކީލުން ވަނީ އެޗްއާރުސިއެމުން ދޫނިދޫއަށް ގޮސް އަދީބާ ބައްދަލު ކުރުމަށް އެދިފައެވެ.

އަދީބަށް ނުރައްކާތެރި ސިއްހީ ހާލަތުތަކެއް ކުރިމަތިވެ ނުރައްކާތެރި ބައްޔެއް ލޮލަށް ޖެހިފައިވާ ކަމަށް އަދީބުގެ އާއިލާއާއި ގާނޫނީ ވަކީލުން ދަނީ ބުނަމުންނެވެ.

އަދީބު އެތެރެ ހަށީގައި ސިސްޓެއް ވަނީ އުފެދިފައެވެ. އަދި ކިޑުނީގައި ހިލަ އުފެދުމުގެ އިތުރުން ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޮމާ ވަނީ އަދީބުގެ ލޮލަށް ޖެހިފައެވެ. ގްލޮކޯމާއަކީ ލޮލުގެ އެތެރޭގައި ޕްރެޝަރު ބޮޑުވުމަށް ކިޔާ މެޑިކަލް ނަމެކެވެ. އެގޮތަށް ދިމާވުމުން ލޮލާ ސިކުނޑިއާއި ގުޅިފައި ހުންނަ އޮޕްޓިކް ނާރަށް ގެއްލުންވެ ފަރުވާ ނުދެވިއްޖެ ނަމަ ލޮލުގެ ފެނުން ވެސް ގެއްލިގެން ހިނގައިދާނެއެވެ.

އަދީބު ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަކަށް ވެސް އާއިލާއިން ވަނީ އެދިފައެވެ.
ހިޔާލު

ދިރާސާ
ހަރާން ގޮތުގައި އެތެރެކުރި އެއްޗެސް ހަޖަމް ވާއިރު ވަރަށް ގިނަ ބަލިތައް އެތެރެ ހައްޓަށް ޖެހުމުގެފުރުސަތު ބޮޑެވެ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]