Yaameen Maraalumugai iskoh Thibi Meehunnai Magsadhu Haama Kohdhee: Ailaa
vfp.mv
HM
HM
ޔާމީން މަރާލުމުގައި އިސްކޮށް ތިބި މީހުންނާ، މަގުސަދު ހާމަކޮށްދީ: އާއިލާ
inage
ޔާމީން ރަޝީދު---
  ހަބަރު | އިޖުތިމާއީ | 19 ޖޫން 2017 | 4 ކޮމެންޓް
ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލުމުގައި އިސްކޮށް ތިބި މީހުންނާއި ޔާމީން މަރާލި މަގުސަދު ހާމަ ކުރުމަށް އާއިލާއިން ގޮވާލައިފިއެވެ. thegardens
ޔާމީންގެ އާއިލައިން މިއަދު ނެރުނު ބަޔާނެއްގައި އެކަމަށް ގޮވާލާފައިވަނީ ޔާމީން މަރާލުމުގައި ބައިވެރިވި ތިން މީހުންގެ މައުލޫމާތު ފުލުހުން ރޭ ހާމަ ކުރުމުންނެވެ. އެ މައުލޫމާތުތައް ހާމަ ކުރުމަށް ފުލުހުން ނެރުނު ބަޔާނުގައި ޔާމީން މަރާލުމުގައި އިސްކޮށް ތިބި މީހުން ދެނެގަނެވި އެކަމުގެ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

"ފުލުހުންގެ ތަޙްޤީޤް ކުރިއަށްދާހިނދު މި އަނިޔާވެރި ޢަމަލު ހިންގި ބައެއް މީހުންގެ ފޮޓޯއާއި ނަންތައް ހާމަކޮށްފައިވާތީ އެކަން އަޅުގަނޑުމެން ބަލައިގަންނަމެވެ،" އާއިލާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އާއިލައިން ބުނި ގޮތުގައި ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ޔާމީން މަރާލުމުގައި ބައިވެރިވެފައިވަނީ އުމުރުން 25 އަހަރުން ދަށުގެ ތިން ޒުވާނުންނެވެ. އޭގެ ތެރެއިން ދެ މީހުންނަކީ މީގެ ކުރިން ވެސް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން އެކިވަރުގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮތް މީހުންނެވެ.

"އަޅުގަނޑުމެން ޤަބޫލު ކުރާ ގޮތުގައި މި އަނިޔާވެރި ޢަމަލު ހިންގުމުގައި ބައިވެރިވެފައިވަނީ މި 3 މީހުން އެކަންޏެއްނޫނެވެ. މިކަމަކީ ގިނަ ދުވަސްތަކެއްވަންދެން ރޭވިގެން، ބަޔަކު ފައިސާ ޚަރަދުކޮށްގެން ހިންގި ކަމެކެވެ. މި ތިން ޒުވާނުން ޔާމީން މަރާލުމުގެ ނިޔަތާއި މަޤްޞަދެއް އަޅުގަނޑުމެންނަކަށް ސާފެއްނުވެއެވެ. އަދި އެ މަޤްޞަދު ފުލުހުން ހާމަކޮށްދިނުމަށް އެދެމެވެ،" އާއިލާއިން ބުނެފައިވެއެވެ.

ޔާމީން މަރާލުމުގައި އިސްކޮށްތިބި މީހުން ދެނެގަނެވިފައިވާތީ، އާއިލައިން އެދެނީ އެ މީހުންގެ މައުލޫމާތު އާންމުންނަށް ހާމަކޮށް، ވީހާވެސް އަވަހަށް އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ޙައްޤު އަދަބު ދިނުން ކަމަށް އާއިލާއިން ބުނެފައިވެއެވެ.
ގުޅުންހުރި
ޔާމީންގެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލުމުން އާއިލާއިން ކަންބޮޑުވެއްޖެ
18 ސެޕްޓެމްބަރ 2017
ޔާމީންގެ މަރުގެ ޝަރީއަތް ސިއްރުކޮށްފި
10 ސެޕްޓެމްބަރ 2017
ޔާމީން މަރުގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން އާދީއްތަ ދުވަހު
7 ސެޕްޓެމްބަރ 2017
ޔާމީން މަރާލި މީހުންނާ ޔާމިނަށް ހަމަލާދިން ގޮތް އާއްމުކޮށްފި
9 އޯގަސްޓު 2017
ހިޔާލު

މަޖުބޫރު
ބޮޑެތި ޖަރީމާތައް ހިގީމަ ފަރަގުވެގެން މޑޕ ބޮލުގަ އަޅުވަނަން ނޫޅެބަލާ މޑޕ އަކީ ރާއްޖޭގަ އޮތް ހަމައެކަނި ހަމަޔާ އިންސާފައް ލޯބިކުރާޕާޓީ
ޢޮއްބެ
މީހުންމަރަނީ ކޮންބައެއްކަން ދިވެހިންނައް އޮޅިފަކާއެއްނެތް
އަލީ
މާލަން ލާރި ދިންގޮތަށް މަރާލި ސަބަބު ފޮރުވަން ކޮމެެންޓު ކުރަންވެސް ލާރިދީފާނެ
ފަރަގު
ބަޔަކު ފައިސާ ޚަރަދުކޮށްގެނެއްނޫން، ތީ އެމްޑީޕީން ރާވައިގެން ކުރާ ސުވާލެއް. ސީދާ ޔަހޫދިންގެ ނުބައި ރޭވުމުގެ ސުވާލެއް. ރޭވި މީހުން އެނގެންޏާ ތިޔަ އާއިލާއިން އެވާހަކަ ކިއްވެ ހާމަ ނުކުރަންވީ. ފުލުހުން ބަދުނާމުކުރަންވެގެން ދައްކާ ބަހަނާ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]