Hajjah Meehun Gendhaane Group thah Alun Hovaifi
vfp.mv
VFPBAAZAARU
HM
HM
ހައްޖަށް މީހުން ގެންދާނެ ގްރޫޕްތައް އަލުން ހޮވައިފި
inage
  ހަބަރު | | 19 ޖޫން 2017 | 1 ކޮމެންޓް
ދިވެހިރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދަން ކުރިން ކުރި އިއުލާނުތައް ބާތިލުކޮށް އަލުން އިވެލުއޭޓްކޮށް، ހަތަރު ފަރާތަކަށް ހުއްދަ ދީފިއެވެ. dhi2
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެވަނަ ފަހަރަށް ޙައްޖު ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށް އެންގި އެންގުމާ ގުޅިގެން އެމިނިސްޓްރީން މީގެ ކުރިން ކޮށްފައިވާ ދެ އިއުލާން ބާތިލުކޮށްފައިވާ ކަމަށެވެ.

ބާތިލުކޮށްފައިވަނީ މޭ މަހުގެ ތެރޭގައި ކުރި "1438 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަ ދިނުން" އިއުލާނާއި ޖޫން މަހުގެ ހަތް ވަނަ ދުވަހު ކުރި "1438 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް އަލުން ހުއްދަ ދިނުމާ ބެހޭ" އިއުލާނެވެ.

އެ ދެ އިއުލާން ބާތިލުކޮށް އަލުން އިވެލުއޭޓްކުރުމަށްފަހު މިއަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދީފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް އާއި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަދި ޒައީ ގްރޫޕް ޕްރައިވެޓް ލިމިޓެޑެވެ.

އިސްލާމިކް މިނިސްޓްރީން މިއަހަރުގެ މޭ މަހުގެ ތެރޭގައި ވަނީ މިއަހަރު ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ނަން ހާމަކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް އާއި އަމިއްލަ ފަސް ފަރާތެކެވެ.

ހުއްދަ ދީފައިވަނީ

ދަރުމަ ލިލްޙައްޖި ވަލްޢުމްރަތި ޕްރައިވެޓް ލިމިޓެޑް
އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ކިސްވާ ޕްރައިވެޓް ލިމިޓެޑް
ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
ޒަޢީ ޙައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑް


ނަމަވެސް މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ހުއްދަދީ ކޯޓާބެހި ގޮތުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށަހެޅިއެވެ.

އެފަރާތުން މައްސަލަ ވައްދާފައިވަނީ ޕޮއިންޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ކޮށްފައިވާކަމަށް ބުނެއެވެ.
ގުޅުންހުރި
ދެ މިސްކިތެއްގައި ލީ ކުލަ ބަދަލު ކުރަން އަންގައިފި
18 ޖޫން 2018
28 ދުވަހު ރޯދަ ހިފުމަށްފަހު އީދުކުރުން ހުއްދައެއް ނޫން: ޑރ ޝަހީމް
15 ޖޫން 2018
ރާއްޖެއިން ބޭރުގައި ތިބި ބައެއް ދިވެހިން ރޯދަމަސް ފުރިހަމަ ނުކޮށް އީދުކޮށްފި
15 ޖޫން 2018
މުދަލު ޒަކާތުގެ ގޮތުގައި 21.6 މިލިއަން ރުފިޔާ
14 ޖޫން 2018
ހިޔާލު

ޑްރާމާ
ކުރިންވެސް ދިން ގްރޫޕްތައް. އިވެލުއޭޓް ކުރީ ނަމަކަށްތަ؟

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]