Maafannu aageygai Huri Imaaraathuge Baeh Thalhaalanee
vfp.mv
VFPBAAZAARU
MIB
MIB
މާފަންނުއާގޭގައި ހުރި އިމާރާތުގެ ބައެއް ތަޅާލަނީ
inage
  ހަބަރު | | 19 ޖޫން 2017 | 0 ކޮމެންޓް
މާލޭގައި ހުރި އެންމެ ޒަމާންވީ އަދި އެންމެ ބޮޑު އެއް ބިން ކަމުގައިވާ މާފަންނުއާގޭގައި ހުރި އިމާރާތުގެ ބައެއް ތަޅާލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފިއެވެ. Dhiraagu
ހައުސިން މިނިސްޓްރީން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް އިއްޔެވަނީ ފަށާފައެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ތަޅާލަމުން ދަނީ މާފަންނުއާގެއިން ދައުލަތުގެ މިލްކިއްޔާތުގައިވާ ބައެވެ.

"އަޅުގަނޑުމެން އެތާ ހުރި ފަޅު އިމާރާތްތައް ތަޅާލާ ސާފު ކުރަނީ މި،" ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓު އަހުމަދު ފަޒާލު ވިދާޅުވިއެވެ.

ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން އެ ގޯތީގެ ވެރިފަރާތް ކަމަށްވާ ފާތުމަތު ފަރީދުގެ ފިރިކަލުން އިބްެރާހީމް ޝަފީގު(އެމްވީކޭ ޝަފީގު) ވިދާޅުވީ އެ ގޯތީގައި ހުރި ބައެއް ތަންތަން ތަޅަމުންދަނީ ކުރިން އެންގުމަކާ ވެސް ނުލައި ކަމަށާއި ވެރިފަރާތުން އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

"އަޅުގަނޑު މިތަނުގައި ބަހައްޓާފައި ހުރި މީހާ ވެސް މަގުމަތިވެ ވަންނާނެ ތަނެއް ނެތިފައި އެބަހުރި. ކޯޓުގައި މައްސަލަ އެބަ އޮތް. އޮއްވާ ކިހިނެއްތޯ މިހެން ތަޅާލާނީ. އަޅުގަނޑުމެން ފުލުހުންގެ އެހީއަށް އެދުމުން ވެސް ނުލިބުނު،" ޝަފީގު ވިދާޅުވިއެވެ.

ސިލޯން ބޭންކުން ނަގާފައިވާ 4.5 މިލިއަން ރުފިޔާ އާއި 195،000 ޑޮލަރުގެ ލޯނެއް ނުދައްކައި އޮތުމުން ރަހުނުކޮށްފައިވާތީ އެ ގެ ވިއްކާލަން ސިލޯން ބޭންކުން ނިންމިއެވެ.

ސިލޯން ބޭންކުން އެގޮތަށް ނިންމާފައިވަނީ ދަށު ކޯޓުން އެގޮތަށް ހުކުމް ކުރުމުންނެވެ. ނަމަވެސް ހައިކޯޓުންވަނީ އެ ހުކުމް ބާތިލުކޮށްފައެވެ.
ގުޅުންހުރި
ބައެއް ޝެޑުތަކުން ހަމައެކަނި ސައިކަލުތަކަށް ޕެޓްރޯލު އަޅައިދޭ ގޮތަށް ބަދަލު ގެނެސްފި
21 ޖޫން 2018
މިސްކިތް ނަގާފައި ހެދި ވިންޓަ ޕާކުގެ އާންމުކޮށް ހުޅުވާލައިފި
20 ޖޫން 2018
ސައިކަލަކަށް އަންހެނަކު ގެއްލުންދޭ ވީޑިއޯއެއް އާއްމުވެއްޖެ
12 ޖޫން 2018
މާލޭ ސިޓީ ކައުންސިލްގެ އާދޭސް: އެކްސިޑެންޓްތައް މަދުކުރުމަށް ފިޔަވަޅު އަޅައިދީ
10 ޖޫން 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]