21 އަހަރުން ދަށުގެ ޔޫރޯގައި އިޓަލީއާއި ޑެންމާކް ބައްދަލު ކުރި މެޗުގައި އިޓަލީގެ ކީޕަރ ޑޮއްނަރުމާއަށް އަމާޒުކޮށް ބަޔަކު ދަނޑު މައްޗަށް ފޭކް ޑޮރަލަރުތަކެއް އުކައިފިއެވެ.
މިހާރު ކުރިއަށްދާ 21 އަހަރުން ދަށުގެ ޔޫރޯ މުބާރާތުގައި މި ދެޓީމް ބައްދަލު ކުރި މެޗުގެ މެދުތެރެއިން އޭސީ މިލާން ސަޕޯޓަރުންތަކެއް ކަމަށް ބުނެ ބެނާތަކެއް ހިފައްޓައިގެން ތިބި ބަޔަކު ޑޮއްނަރުމާގެ ގޯލަށް ފޭކް ޑޮލަރުތަކެއް އެޅުމުން މެޗު ވަނީ އިރު ކޮޅަކަށް މެދު ކަނޑާލައި އެ ނޫޓުތައް ދަނޑުމަތިން ނަގާފައެވެ.
މެޗުގެ ތެރެއިން ޑޮރަލު އުކުމުގެ އިތުރުން ސަޕޯޓަރުންގެ ބަޔަކު ވަނީ ޑޮލާރ-ރުއްމާ ޖަހާފައިވާ ބެނާއެއް ވެސް ދަނޑުގައި ދަމާފައެވެ.
މެޗުގައި ސަޕޯޓަރުން ޑޮއްނަރުމާއަށް އަމާޒުކޮށް ޑޮލަރުއުކާ ބެނާތައް ދައްކާލާފައިވަނީ އޭނާ އޭސީ މިލާނުގައި މަޑުނުކުރުމަށް ނިންމައި ކޮންޓްރެކްޓުގައި ސޮއި ކުރުމަށް ދެކޮޅު ހެދުމުންނެވެ.
18 އަހަރުގެ ޑޮއްނަރުމާއަކީ ވަރަށް ޒުވާން އުމުރެއްގައި އެސީ މިލާނުން އެޓީމުގެ އެއް ނަމްބަރު ކީޕަރުގެ ގޮތުގައި ފުރުސަތު ދީފައިވާ ހުނަރުވެރި ކީޕަރެކެވެ. އޭނާ ހޯދުމަށް ގިނަ ކްލަބުތަކުން ޝައުގުވެރިވާ މި ދަނޑިވަޅުގައި ކޮންޓްރެކްޓާއި ދެކޮޅު ހެދުމުން އޭސީ މިިލާން ސަޕޯޓަރުންދަނީ އޭނާ ބޭނުން ވަނީ ފައިސާ ކަމަށް ބުނެ އޭނާއަށް ފާޑު ކިޔަމުންނެވެ.