Kulhudhuffushi Hospital Tertiary Fenvarah Tha'rahqee Kuran NII ah
vfp.mv
MIB
MIB
ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން އެންއައިއައި އަށް
inage
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް--ފައިލް ފޮޓޯ
  ހަބަރު | | 19 ޖޫން 2017 | 0 ކޮމެންޓް
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލަކަށް ތަރައްގީކޮށް، ހިދުމަތް ދިނުމަށް އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) އާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒީމް އިބްރާހީމެވެ. އެންއައިއައިގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޑީ ފައިޒަލް ހާނެވެ.

އެ އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށި ހޮސްޕިޓަލުން އެކި ދާއިރާތަކުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސުޕަސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ލިބިގެންދާނެ އެވެ. އޭގެ އިތުރުން ސީޓީ ސްކޭން އާއި އެމްއާރްއައިގެ ހިދުމަތް ވެސް ލިބިގެންދާނެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަކީ މިހާރު 50 އެނދުގެ ހޮސްޕިޓަލެކެވެ. އެއްބަސްވުމުގެ ދަށުން، މިއަދުން ފެށިގެން 16 މަސް ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލް 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެއެވެ.
ގުޅުންހުރި
އާސަންދަ ފުރަތަމަ ރީޖަނަލް އޮފީ ކުޅުދުއްފުށީގައި ހުޅުވައިފި
2 އޮކްޓޯބަރ 2017
މަޖިލީހުގެ ނުގެއްލޭ ގޮނޑިއާއި ބިސްކޮތަޅުވެސް މިއޮތީ!
3 ސެޕްޓެމްބަރ 2017
އެކްސިޑެންޓުތައް މަދު ކުރުމަށް ކުޅުދުއްފުށީގައި 12 ބިލްބޯޑެއް
22 އޯގަސްޓު 2017
ކުޅުދުއްފުށީ ހޮސްޕިޓަލްގެ ހިންގުން އެންއައިއައި އާ ހަވާލުކޮށްފި
11 ޖުލައި 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]