|MIHAARU KOBA?| Pele: Football gai kaamiyaabu hoadhumuge sirraky practice
vfp.mv
VFPBAAZAARU
HM
HM
"ފުޓްބޯޅާގައި ކާމިޔާބުވުމުގެ ސިއްރަކީ ޕްރެކްޓިސް"
inage
ޕެލޭ ވޯލްޑް ކަޕް ތައްޓާއެކު ފޮޓޯ:---
  ކުޅިވަރު | ދުނިޔެ | 19 ޖޫން 2017 | 0 ކޮމެންޓް
ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޕެލޭއަކީ ބްރެޒިލް އަދި މުޅި ދުނިޔެ ވެސް ދުއް އެންމެ ފުރިހަމަ ކުޅުންތެރިޔާއޭ ބުނުން އެއީ ދޮގަކަށެއް ނުވާނެވެ. އޭނާ ކާމިޔާބު ފުޓްބޯޅަ ކެރިޔަރުގައި 91 ހެޓްރިކް 31 ފަހަރު 4 ލަނޑު އަދި 3 ފަހަރު މެޗެއްގައި 6 ލަނޑު ކާމިޔާބު ކޮށްފައިވާ ޕެލޭއަކީ އެފަދަ ދެވަނަ ޕެލޭއެއް ފެނިގެން ގޮސްފައިނުވާ މޮޅު ކުޅުންތެރިޔެކެވެ. ޕެލޭގެ ހަނދާތައް އާކޮށްލައި އޭނާ މިހާރު ކޮބާ ތޯ ބަލާލަން ހިންގަވާށެވެ. dhi2
ޒުވާން ދުވަސްވަރު

އޮކްޓޯބަރު 23 1940 ވަނަ އަހަރު ޖައޯ ރާމޮސް އަދި ޑޮނާ ސްލްޓޭގެ ފުރަތަމަ ދަރިފުޅުގެ ގޮތުގައި ދުނިޔެއަށް އުފަންވި ޕެލޭ އުފަންވެފައިވަނީ ބްރެޒިލްގެ ޓްރެސް ކޮރަކޮއެސް އަވަށުގައެވެ. މަޝްހޫރު އެމެރިކަން ސައިންޓިސް ޓޯމަސް އެޑިސަންގެ ނަމާއި ގުޅުވައިގެން "ޕެލޭ" ގެ ނަން ދިނުމަށްފަހު ކުޑަ ދަރިފުޅު ޕެލޭ ގޮވައިގެން އޭނާގެ މައިންބަފައިން ވަނީ ވަރަށް ކުޑަ އުމުރުގައި ބްރެޒިލްގެ ބައުރު ސިޓީއަށް ދިރިއުޅުން ބަދަލު ކޮށްފައެވެ.ޕެލޭގެ ބައްޕަ ދިރިއުޅުމަށް ކުރި މަސައްކަތަކީ ފުޓްބޯޅަ ކުޅުން ކަމުގައި ވީނަމަވެސް އެދުވަސްވަރު "ޑޮންޑީނޯ" ގެ ނަމުން މަޝްހޫރުކަން ހޯދި އޭނާގެ ބައްޕައަށް މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ޕެލޭ ބޮޑުވެފައިވަނީ ފަގީރުކަމާއި ކުރިމަތިލަމުންނެވެ.

ފުޓްބޯޅަ ކެރިޔަރު

މަގުމަތީގައި ރައްޓެހިންނާއި އެކު ކުޅުން އުޅުމަށްފަހު ޕެލޭ ފްރޮފެޝަނަލް ފުޓްބޯޅަ ޓީމަކާއި ގުޅިފައިވަނީ އުމުރުން އެންމެ 15 އަހަރުގައެވެ. ސަންޓޯސް ޕްރޯ ސޮކާ ކްލަބާއި ގުޅި އޭނާގެ ގެ ދޫކޮށް ބަދަލުވެ ޕްލޭ ވަނީ ޓީމާއި އެކު ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. ސަންޓޮސަށް ކުޅެދިން ފުރަތަމަ ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކާ ޕެލޭ ވަނީ ގައުމީ ޓީމުން ޖާގަ ހޯދާފައެވެ. ޕެލޭ ދުނިޔެއަށް މަޝްހޫރު ވެގެން ދިޔައީ އޭނާ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލްގެ ގައުމީ ޓީމުން ފެނިލި ހިސާބުންނެވެ. ބާރު ސްޕީޑާއި ކުޅަދާނަ ޑްރިބްލިންގެ ހުނަރާއި އެކު އެންމެ 17 އަހަރުގައި ޕެލޭ ވަނީ ވޯލްޑް ކަޕް ސެމީ ގައި 3 ލަނޑު އަދި ފައިނަލުގައި 2 ލަނޑު ކާމިޔާބުކޮށް ބްރެޒިލްއަށް ތަށި ކާމިޔާބު ކޮށްދީފައެވެ.ޕެލޭގެ މޮޅު ކުޅުމާއި އެކު ޔޫރޮޕުގެ އެތައް ކްލަބަކުން އޭނާ ހޯދުމުގެ މަސައްކަތް ފެށުމާއި އެކު ބްރެޒިލްގެ ސަރުކާރުން ވަނީ އޭނާ ހިފަހެއްޓުމުގެ ގޮތުން ޕެލޭ ގައުމީ ހަޒާނާއެއްގެ ގޮތުގައި ނިންމައި ގާނޫނީ ގޮތުން ޕެލޭ ގައުމުން ބޭރުގައި ކުޅުމުގައި ދަތިތަކެއް ކުރިމަތިވާ ގޮތަށް ގަވައިދުތަކެއް ފާސް ކޮށްފައެވެ.

އިތުރު ވޯލްޑް ކަޕް ތަށިތަކެއް

1962 ވަނަ އަހަރު ވޯލްޑް ކަޕުގައި ވެސް މޮޅު ކުޅުމެއް ދައްކައި ފައިނަލް މެޗުގެ ކުރިން ޕެލޭ އަނިޔާވެ ކުޅުމާއި ދުރުގައި ހުންނަ ޖެހުނު ކަމުގައި ވީނަމަވެސް ބްރެޒިލްގެ ޓީމުން ވަނީ އެފަހަރުގެ ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. ޖެހިގެންއައި ވޯލްޑް ކަޕުގައި ވެސް އިންގްލޭންޑާއި ބައްދަލު ކުރި މެޗެއްގައި ޕެލޭއަށް ބޮޑެތި ފައުލްތަކެއްކޮށް އޭނާއަށް ވަނީ އަނިޔާ ކޮށްލާފައެވެ. ބްރެޒިލްވަނީ އެއަހަރުގެ ވޯލްޑް ކަޕުގައި ފުރަތަމަ ބުރުން ކަޓާފައެވެ.ދުނިޔޭގައި ޕެލޭގެ މަޝްހޫރުކަން ދިޔައީ ބޮޑު ވަމުންނެވެ. އެގޮތުން އޭނާގެ މެޗެއް ބަލާލުމަށްޓަކައި 1960 ވަނަ އަހަރު ނައިޖީރިއާގެ ދާހިލީ ހަނގުރާމަ ވަނީ 48 ގަޑިއިރަށް މެދު ކަނޑާލާފައެވެ.

1970 ވަނަ އަހަރުގައި ޕެލޭ އަނިޔާތަކުން ސަލާމަތްވެ އެނބުރި އައިސް ކާމިޔާބު ކޮށްދިން 4 ލަނޑާއެކު ބްރެޒިލްވަނީ މުބާރާތް ކާމިޔާބު ކޮށްފައެވެ.

މިހާރު ކޮބާ؟

1974 ވަނަ އަހަރު ޕެލޭ ފުޓްބޯޅަ ކުޅުން ހުއްޓާލި ކަމުގައި ވީނަމަވެސް ޖެހިގެން އައި އަހަރު އޭނާ ވަނީ ނިންމުން އަނބުރާ ގެނެސް ނިއުޔޯކް ކޮސްމޮސްއަށް ކުޅެދީފައެވެ. 1363 މެޗުން 1281 ލަނޑު ކާމިޔާބުކޮށް ޕެލޭ ކުޅުން ހުއްޓާލާފައިވަނީ 1977 ވަނަ އަހަރެވެ.

ޕެލޭގެ ކުޅުމުގެ ދުވަސްވަރުގެ އެންމެ ފަހުގެ އިންޓަވިއުގައި އޭނާ މީޑިޔާތަކާއި ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ ފުޓްބޯޅައިގައި ހުރިހާ ވެސް އެއްޗަކީ ފަރިތަކުރުން ކަމަށެވެ.

"ފުޓްބޯޅާގައި ކާމިޔާބުވުމުގެ ސިއްރަކީ ޕްރެކްޓިސް" އޭނާ ބުނެފައިވެއެވެ.

ކުޅުން ހުއްޓާލުމަށްފަހު ޕެލޭ ވަނީ ޔުނިސެފާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭނާ ސުލްހައަށް ކުރި މަސައްކަތްތަކުގެ އަގުވަޒަންކޮށް ޔުނިސެފުން އޭނާއަށް 1978 ވަނަ އަހަރުގެ ޕީސް އެވާޑު ވެސް އަރުވާފައިވެއެވެ.

އުމުރުން 76 އަހަރުގައި މިހާރު ވެސް ޔުނިސެފުގެ އެމްބެސެޑަރެއްގެ ރޯލް ފުރުއްވަމުންދާ ޕެލޭ ވަނީ ދާދިފަހުން އޭނާގެ ހަޔާތާ ބެހޭގޮތުން "ޕެލޭ: ދި ބާތް އޮފް އަ ލެޖެންޑް" މި ނަމުގައި ބަޔޮޕިކް ފިލްމެއް ނެރެފައެވެ.
ގުޅުންހުރި
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]