AirBus A380 Ithurah Tha'rahqee Kuranee
vfp.mv
HM
HM
އެއާބަސް އޭ380 އިތުރަށް ތަރައްގީކުރަނީ
inage
އެއާބަސް އޭ380 ގެ ފްލައިޓެއް
  ވިޔަފާރި | | 19 ޖޫން 2017 | 0 ކޮމެންޓް
މިހާރު ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑު ފަސިންޖާ ޖެޓް އޭ380 އިތުރަށް ތަރައްގީކުރުމަށް ނިންމައިފިއެވެ.
ޕެރިސްގައި ބޭއްވި އެއާޝޯ އެއްގައި އެއާބަސް އިން ބުނި ގޮތުގައި އެއާބަސް އޭ380 ތަރައްގީ ކުރުމުން ތެޔޮ ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ. އަދި އިތުރު ސީޓުތަކަށް ޖާގަ ލިބިގެންދާނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން އެއާބަސް އޭ380 ގެ ފްލައިޓެއްގެ އަގު 2016 ވަނަ އަހަރު ހުރީ 432.6 މިލިއަން ޑޮލަރުއެވެ.

އެއާބަސް އިން ބުނި ގޮތުގައި މިހާރު އޭ380 ގައި ގޮނޑިތައް ހުރި ގޮތުން، ގޮނޑިތަކަށް ހަމަޖެހިފައިވާ ޖާގަ ކުޑަނުކޮށް އިތުރުން 80 ސީޓު އިތުރުކުރެވޭނެއެވެ. އެކަމުގެ ސަބަބުން ޖާގައިގެ ދަތިކަމެއް ނާންނާނެ ކަމަށްވެސް އެއާބަސް އިން ބުނެއެވެ. ސީޓު ކޮންފިގާ ނުކޮށް އެއާބަސް އޭ380 ގެ އިކޮނޮމިކް ސީޓުގެ ގޮތުގައި 853 ފަސިންޖަރު ސީޓުގެ ޖާގަ މިހާރު އޮވެއެވެ.

އެ ބަދަލު ގެންނަން ނިންމާފައިވަނީ އޭ380 ގެ ވިޔަފާރި ރަނގަޅު ކުރުމުގެ ގޮތުންނެވެ.

އެއާބަސް އިން ބުނި ގޮތުގައި އޭ380ގެ ފިޔަގަނޑަށް ގެނެވޭ ބަދަލާއެކު އޭ380 އިން ތެޔޮ ބޭނުންކުރާ މިންވަރު ހަތަރު އިންސައްތަ ކުޑަވާނެއެވެ.

ބައެއް އެއާލައިންތަކުން ގަންނަނީ ޓްވިން-އިންޖީނުގެ ކުދި ޖެޓްތަކެވެ. ސަބަބަކީ އުދުހުމުގެ ހަރަދާއި މަރާމާތުގެ ހަރަދު ކުޑަވުމެވެ.
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]