Shah Ramazan Mahu Fitness Balahattanee Kihineh?
vfp.mv
VFPBAAZAARU
MIB
MIB
ޝާހު ރަމަޟާން މަހު ފިޓްނަސް ބަލަހައްޓަނީ ކިހިނެއް؟
inage
އިސްމާއިލް ސާޖިދު (ޝާހު)
  ފޭޑި | މީހުން | 19 ޖޫން 2017 | 1 ކޮމެންޓް
އިސްމާއިލް ސާޖިދު (ޝާހު) އަކީ މި ވަގުތު ރާއްޖޭގައި ހުރި އެއްވަނަ ވޮލީބޯޅަ ކުޅުންތެރިޔާ އެވެ. މީގެ ނުވަ ވަރަކަށް އަހަރު ކުރިން ކްލަބު ވޮލީ އަށް ނިކުތް ފަހުން، ވޮލީ ކޯޓުގައި ޝާހު ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގައި ވޮލީ ކުޅުންތެރިޔަކަށް ހޯދޭނެ ހުރިހާ ކާމިޔާބެއް ޝާހު ހޯދައިފި އެވެ. ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ދެ ފަހަރު ހޯދައި، ރާއްޖޭގެ ވޮލީގެ ތާރީހުގައި އާ ރެކޯޑެއް ހެދި އެވެ. ގައުމީ ޓީމުން ޖާގަ ހޯދައި، އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ މިހާރު ޝާހު އެވެ. kobadoctor
ޝާހު އަކީ ރާއްޖޭގެ ބީޗްވޮލީބޯޅައިގައި ވެސް "ރަސްގެފާން" އެވެ. ޝާހުގެ ބީޗްވޮލީބޯޅަ ޕާޓްނަރު އަދި އެކުވެރިޔާ އަޝްފާގް އާދަމް (އައްކަޅޭ) އާއެކު، އޭނާ ވަނީ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެތައް އަހަރު ހޯދައިފަ އެވެ.


ޝާހު، 27، ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހާސިލްވި ނަމަވެސް، އޭނާ އަކީ އަދިވެސް އިތުރު ކާމިޔާބީތަކަށް ފެންބޮވައިގަނެފައިވާ ކުޅުންތެރިޔެކެވެ. ކުރިއެރުން ބޭނުންވާ ކުޅުންތެރިޔެކެވެ.

ޝާހު އަކީ ޓްރެއިނިންނާއި އަމިއްލަ ފިޓްނަސް އަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކުޅުންތެރިޔެކެވެ. ޝާހު ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ ވެސް އޭނާ ޓްރެއިނިން އާއި އަމިއްލަ ކުރިއެރުމަށް ދޭ އިސްކަމެކެވެ. ރަމަޟާން މަހު ވެސް ޝާހު އޭނާގެ ޓްރެއިނިން އަށް ސަމާލުކަން ދެ އެވެ.ޝާހު ސިފަކުރާ ގޮތުގައި ރަމަޟާން މަހަކީ އޭނާ އަށް ވަރަށް ބިޒީ މަހެކެވެ. އަޅުކަމަށް ސަމާލުކަން ދެމުން، އާއިލާ އާއި ޓްރެއިނިންތަކަށް ވަގުތު ހުސްކުރުމަކީ ރޯދަ މަހުގެ ކޮންމެ ދުވަހެއް ވެސް އޭނާ ބައްޓަންކުރާ ގޮތެވެ.

"ރޯދަ މަހަކީ ހަމަ ވަރަށް ބިޒީ މަހެއް" ޝާހު ބުންޏެވެ. "ރަމަޟާން މަހު އެންމެ ބޮޑު އިސްކަމެއް ދެނީ އަޅުކަމަށް. ދެން ހަމަ އާއިލާ އަށް ވަގުތު ދެމުން ކުޅުމުގެ ކަންތައް ކުރިއަށް ގެންދަނީ."ރަމަޟާން މަހު ހަވީރު ބައެއް ދުވަސް ދުވަހު ޝާހު ބީޗް ވޮލީބޯޅަ ކުޅެންދެ އެވެ. އަދި ޕްރެކްޓިހާއި ޖިމް އަށް އޭނާ ދަނީ ރޭގަނޑު އެވެ. ހުކުރު ދުވަސް ފިޔަވައި ރޯދަ މަހުގެ ހުރިހާ ދުވަހެއްގައި ވެސް ޝާހުގެ ޓްރެއިނިން އޮންނަނީ މި ގޮތަށެވެ. ހުކުރަކީ އޭނާގެ ރެސްޓް ދުވަހެވެ.

"ރޯދަ މަހު ހަވީރު ބައެއް ދުވަސް ދުވަހު ބީޗް ވޮލީބޯޅަ ކުޅެލަން ދަނީ،" ޝާހު ބުންޏެވެ. "ދެން ރޭގަނޑު މި އޮންނަނީ ޕްރެކްޓިސް އާއި ޖިމް. ހަމަ އެ ކަހަލަ ގޮތަކަށް ކޮންމެ ދުވަހެއް ވެސް ދާނީ."ރަމަޟާން މަހު ޓްރެއިނިން ކުރިއަށް ގެންދާ ކޮންމެ އެތުލީޓަކަށް ވެސް، ކެއުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެ އެވެ. ގިނަ އެތުލީޓުން ކެއުން ބައްޓަން ކުރަނީ ޓްރެއިނިން އަށް ފަސޭހަ ވާ ގޮތަށެވެ.

ޝާހު ވެސް ރަމަޟާން މަހު ކެއުން ބައްޓަން ކުރަނީ އޭނާގެ ޓްރެއިނިން އަށް ބަލައިގަނެވެ. މާ ބޮޑެތި ބަދަލުތަކެއް ކެއުމަށް ނުގެނައި ނަމަވެސް، ކެއުން ބައްޓަން ކުރަނީ ޓްރެއިނިން އަށް ބުރޫ ނާރާ ގޮތަކަށެވެ."ޓްރެއިނިން އަށް ބަލާފައި ކެއުމުގެ ކަންތައް ކުރިއަށް ގެންދަނީ. ރޯދަ މަހު ވަރަށް މަދުން މި ކެވެނީ. އެކަމަކު ބަލަނީ ހަމަ ރަނގަޅު ޑައެޓެއް މެއިންޓެއިންކުރެވޭތޯ. އެތުލީޓަކަށް ވަރަށް މުހިންމު ކަމެއް ޑައެޓަކީ" ޝާހު ބުންޏެވެ.

ގުޅުންހުރި
ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ ކަަޓައިފި
24 އޭޕްރީލް 2018
ފައިސާގެ އަގުހުރި އިނާމުތަކަކާއެކު ޕީޕީއެމުން ކުޅިވަރު މުބާރާތެއް ބާއްވަނީ
17 އޯގަސްޓު 2017
ސްޕޯޓްސް ޓޯކް ގްރޫޕުން އެފްއޭއެމާއި، ވީއޭއެމްގެ ރައީސް ނުކުންނަވައިފި
1 އޭޕްރީލް 2017
ހިޔާލު

ފައިކް
ރާއްޖޭގައި ގިނަ އެތްލީޓުންނަށް ހިފަހައްޓާނުލެވޭނި ރެގިއުލާރ ކޮށް ކެއުން ބުއިން އަދި ފިޓްނަސް ނުހިފޭއްޓޭތީ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]