Yaameenge Massalaagai Dhaulathuge Hekkakah Vumah Hushahelhi Ismailge Ailaa
vfp.mv
HM
HM
ޔާމީންގެ މައްސަލާގައި ދައުލަތުގެ ހެއްކަކަށްވުމަށް ހުށަހެޅި: އިސްމާއީލުގެ އާއިލާ
inage
އިސްމާއީލު ރަޝީދު---
  ހަބަރު | | 19 ޖޫން 2017 | 10 ކޮމެންޓް
ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލުމާއި ގުޅިގެން ހައްޔަރުކޮށްފައިވާ މ.ތާއިފް އިސްމާއީލު ރަޝީދަށް ދައުލަތުގެ ހެއްކަކަށްވުމަށް ހުށަހަޅާފައިވާ ކަމަށާއި އޭރުން ދައުވާ ނުކޮށް ދޫކޮށްލާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އިސްމާއީލު ރަޝީދުގެ އާއިލާއިން ބުނެފިއެވެ. thegardens
އިސްމައީލު ރަޝީދުގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީން މަރާލި ކަމަށް އޭނާ އިންކާރު ކުރާ ކަމަށާއި، އަދި މިހާތަނަށް ފުލުހުން އަމަލު ކުރަމުންދާ ގޮތުން ޝައްކު އުފެދޭ ކަމަށެވެ.

އެގޮތުން އެ މައްސަލާގައި އިސްމާއީލު ރަޝީދު ބައިވެރިވެފައިވަނީ ދައުވާ ނުކޮށް ދޫކޮށްލެވޭ މިންވަރަށް ކަމަށާއި، ފުލުހުން ބޭނުންވާ ގޮތަކަށް ބަޔާންދީ އިސްމާއީލުގެ ގާނޫނީ ވަކީލުން ބަދަލުކޮށް ދައުލަތުގެ ހެއްކަކަށް ވެއްޖެ ނަމަ ދައުވާ ނުކޮށް ދޫކޮށްލާނެ ކަމަށް 15 މެއި 2017 ގައި ބުނެފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ. ނަމަވެސް ވަކީލުން ބަދަލު ނުކުރާނެ ކަމަށް އެންގުމާ ގުޅިގެން 17 މެއިގައި "ތިހެން ވެއްޖެއްޔާ ސާކަލްގެ އެންމެ އެތެރޭގައި ހުރި މީހާ ނުކުމެފައި ސާކަލްގެ ތެރެއަށް އިސްމާއީލް ރަޝީދު ވަދެދާނެ" ކަމަށް ބުނެ ފުލުހުން ބިރު ދައްކާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެއިތުރުން އާއިލާއިން ޑެޕިއުޓި ކޮމިޝަނަ އޮފް ޕޮލިސްއާއި ބައްދަލު ކުރުމަށް ވެސް ފުލުހުން ހުށަހަޅާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އާއިލާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ފުލުހުންވަނީ އިސްމާއީލު ރަޝީދާ މެދު "ޓޯޗަގެ" އަމަލުތަކެއް ވެސް ހިންގާފައެވެ. އެގޮތުން މީހުން ބަންދު ކުރުން ހުއްދަ ނުކުރާ ތަނެއްކަމަށްވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި ތިން ދުވަސް ވަންދެން އިސްމާއީލު ރަޝީދު ބަހައްޓަފައި ހުރި ކަމަށާއި، ދެ ދުވަސްވަންދެން ހުސް ފާރަކަސް ކުރިމަތިވާ ގޮތަށް ބައިންދާފައި އިން ކަމަށާއި ކ.ކާށިދޫގައި އޭނާ ބަހައްޓާފައި ހުރި ގޮޅިއަށް ނަޖިސް ވަސް ދުވާ ގޮތަށް ހުރުމުން އޭނާ ހާސްވެ އެހީއަށް ގޮވުމުން އަޅާ ނުލި ކަމަށާއި ފަހުން ގޮސް އިސްމާއީލަށް މަލާމާތް ކުރި ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އަދި ކާށިދޫގައި އިސްމާއީލުއަށް ބޯންދިން ފެނަށް އެއްޗެއް އަޅަފައި ހުރުމުން އޭނާގެ ބޮލަށް ގޮތެއްވި ކަމަށާއި، ދަންވަރު ނިދިޔަ ނުދީ ހޭލައްވައިގެން އެ މައްސަލައާއި ބެހޭ ގޮތުން ސުވާލުކޮށްފައިވާ ކަމަށް އާއިލާގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެއިތުރުން އިސްމާއީލު މިނިވަން ވުމުގެ އަގަކީ ޝަރީއަތުގައި ﷲ ގަންދީ ދޮގު ހުވާ ކުރުން ކަމަށާއި އެކަން އޭނާ ނުކުރާނެ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އާއިލާގެ އެ ތުހުމަތުތައް ފުލުހުން ދޮގު ކުރެއެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އާއިލާގެ ބަޔާން ދޮގުކޮށް ވިދާޅުވީ "ތަކުރާރުކޮށް އިލްތިމާސް ކުރަން ތަހުގީގުތަކާ ގުޅޭ ގޮތަށް ތަހުގީގުތަކަށް ހުރަސް އެޅޭ ފަދަ މައުލޫމާތު ފަތުރަން ފުރުސަތު ނުދިނުމަށް. ތަހުގީގަށް ހުރަސް އެޅޭ ކަމަށްވާ ނަމަ ގާނޫނީ ގޮތުން އެ ހުރަސްތައް ނައްތާލަން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ،" ކަމަށެވެ.
ގުޅުންހުރި
ޔާމީންގެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލުމުން އާއިލާއިން ކަންބޮޑުވެއްޖެ
18 ސެޕްޓެމްބަރ 2017
ޔާމީންގެ މަރުގެ ޝަރީއަތް ސިއްރުކޮށްފި
10 ސެޕްޓެމްބަރ 2017
ޔާމީން މަރުގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން އާދީއްތަ ދުވަހު
7 ސެޕްޓެމްބަރ 2017
ޔާމީން މަރާލި މީހުންނާ ޔާމިނަށް ހަމަލާދިން ގޮތް އާއްމުކޮށްފި
9 އޯގަސްޓު 2017
ހިޔާލު

ޙުސެން
ހުސް ފާރަކަށް ކުރިމަތިލާފައި ބެހެއްޓުން ޓޯޗަރ އަކަށް ވީހިނދު ޠާމިީން ރަޝީދު ގައިގައި ވަޅިއަޅާ 35 ބޮޑު ޒަޚަމް އާއި ދޭތެރޭ ދެކެނީ ކޮންގޮތަކަށް ތޯއެވެ؟
ޤާނޫނުގެ ވެރިޔާ
ހިތުހުރި ކަމެއް ކޮށްލެވިދާނެ ކަމަށް ފުލުހުން ނަށް ހީވެފަ އޮންނަ އޮތުން އެއީ ކުށެއް. މަޅިގަނޑު ފެތޭތަން އެބަފެނޭ.
ފަޅުވެރިން
ބަލަ، ޢާއިލާ މީހުނަށް ނޭނގުނީދޯ، ޕްލީ ބާގެނިންގ ފަދަ ކަންކަމަކީ ތަރައްޤީ ޤައުމުތަކުގައިވެސް އޮންނަ ކަމެކޭ! ޚުދު ތިމާގެ ދަރި ކުށެއް ނުކުރާނެކަމަށް ކޮންމެ ބަޔަކު ޤަބޫލުކުރާ ކަމަށްވާނަމަ އަދަބެއް ދެވޭނީ ކާކަށް؟ މިހިރީ އެންމެ މަތީ ދަރަޖައިގެ ފިތުނަ! ޖާހިލިއްޔަ ޒަމާނުގައި އޮންނަހެން، ތިމާގެ ޢަޞަބަތްތެރިޔާގެ ދިފާޢުގައި މިނުކުންނަނީ މުޅި ވަންހަ އެއްކޮށް! ސިޔާސީ ފިތުނައިގެ ސަބަބުން މިރާއްޖޭގައި ހަމަ އެއްކަމެއްވެސް ނެތޭ ކޮޅެއްގައި ޖެއްސޭކަށް!!
ސިމް
މީހަކު މަރާލަން ބަޔަކު ލާރިދޭނަމަ ކޮމެންޓު ކުރާން ލާރިދޭން މާފަސޭހަވާނެ. މޯޓިވް .. މަރާލި ސަބަބު ފޮރުވަން ކޮމެންޓު ކުރަން ލާރިދީފައި ހުރެދާނެ
ލޮލް
އާއިލާ އިން ދަރިން ހަލާކު ކުރަނީ
އަލީ
އާއިލާގެ ނަމުގައި މައުމޫނު ހަމީދު ނެރެފައިވާ ދޮގު ބަޔާނެއް. މިބަޔާނުގައި އޭނަގެ މާކުރީގެ އިނޮސެންޓް ފޮޓޯއެއް ޖަހާފައި ހުއްޓަސް ފުލުހުން ރޭގައި އާންމު ކުރި ފޮޓޯގައި އެހުރީ އަސްލު މީހާ. މިފަދަ ބޮޑެތި މުޖުރިމުންގެ ދިފާއުގައި މަސައްކަތްކުރާ ވަކީލުން ދައުލަތުގެ މުއައްސަސާތައް ބަދުނާމުކޮށް ފިތުނަ އުފައްދަން ކުރާ މިފަދަ ކަންތައްތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން އެބަޖެހޭ.
ާއަލީ
ޢެލެކްސް.. ހަބަރުގަ އޭނީ ޕޮލިހުން ޢާޢިލާ އާ ވަހަކަ ދައް ކަމުން އިސްމާއިލް މިހާރު ހުރި ހިސާބަކީ އޭނާ ނުކުރާ ކަމެއްގަ އެކަން ކުރިކަން އެއްބަސް ކުރުވަން އާއިލާ އަށް ވާހަކަ ދައްކާފަ. ޢަލުން އެ ޕެރެގްރާފް ކިއާލަ ދެއްވާ
ޝަމްޢޫން
މީގަ ކޮންމެސް އެއްބަޔަކު އެބަ ދޮގުހަދާ! އަދީބުގެ މައްސަލާގައިވެސް ބޮންހެދި ސިފައިންގެ މީހާ އަދީބާ ދެކޮޅަށް ހެކިދިނީމަ މިނިވަން ވި!
ސައްޕޭ
ތިޔައީ ފެންފޯއް ރުއް ކެޑިކަހަލަ މައްސަލައެއް
އެލެކްސަ
"އެގޮތުން އެ މައްސަލާގައި އިސްމާއީލު ރަޝީދު ބައިވެރިވެފައިވަނީ ދައުވާ ނުކޮށް ދޫކޮށްލެވޭ މިންވަރަށް ކަމަށާއި..." އެހެންވީމާ ކުޑަ މިންވަރަށް ވިޔަސް ބައިވެރިވެފައި އޮތްކަން އެބަ އިނގޭ އާއިލާއަށް ވެސް ..

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]