Adeebai Bahdhalu Kurumuge Huhdha akah MDP in Edhijje
vfp.mv
HM
HM
އަދީބާ ބައްދަލު ކުރުމުގެ ހުއްދައަކަށް އެމްޑީޕީން އެދިއްޖެ
inage
ކުރީގެ ނައިބް ރައީސް އަދީބަށް މިސްރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން---ފޮޓޯ:ރައީސް އޮފީސް
  ހަބަރު | ސިޔާސީ | 19 ޖޫން 2017 | 0 ކޮމެންޓް
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާ ބައްދަލު ކުރުމުގެ ހުއްދައަކަށް އިދިކޮޅު އެމްޑީޕީން އެދިއްޖެ އެވެ. thegardens
އެމްޑީޕީން އިއްޔެ ހޯމް މިނިސްޓަރު އަޒުލީން އަހުމަދަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި އަދީބާ ބައްދަލު ކުރަން ބޭނުންވަނީ އަދީބުގެ ސިއްހީ ހާލުކޮޅާ މެދު އާއިލާއިން ކަންބޮޑުވެ އެމްޑީޕީގެ އެހީއަށް އެދިފައިވާތީއެވެ.

އެހެންކަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެޕާޓިގެ ޗެއާޕާސަން ހަސަން ލަތީފާ، ނައިބް ރައީސް މުހައްމަދު ޝިފާޒާއި، ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހުއަށް އަދީބާ ބައްދަލު ކުރުމުގެ ފުރުސަތު ދިނުމަށް އެދިފައިވެއެވެ.

އަދީބަށް ނުރައްކާތެރި ސިއްހީ ހާލަތުތަކެއް ކުރިމަތިވެ ނުރައްކާތެރި ބައްޔެއް ލޮލަށް ޖެހިފައިވާ ކަމަށް އަދީބުގެ އާއިލާއާއި ގާނޫނީ ވަކީލުން ދަނީ ބުނަމުންނެވެ.

އަދީބު އެތެރެ ހަށީގައި ސިސްޓެއް ވަނީ އުފެދިފައެވެ. އަދި ކިޑުނީގައި ހިލަ އުފެދުމުގެ އިތުރުން ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޮމާ ވަނީ އަދީބުގެ ލޮލަށް ޖެހިފައެވެ. ގްލޮކޯމާއަކީ ލޮލުގެ އެތެރޭގައި ޕްރެޝަރު ބޮޑުވުމަށް ކިޔާ މެޑިކަލް ނަމެކެވެ. އެގޮތަށް ދިމާވުމުން ލޮލާ ސިކުނޑިއާއި ގުޅިފައި ހުންނަ އޮޕްޓިކް ނާރަށް ގެއްލުންވެ ފަރުވާ ނުދެވިއްޖެ ނަމަ ލޮލުގެ ފެނުން ވެސް ގެއްލިގެން ހިނގައިދާނެއެވެ.

އަދީބު ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަކަށް ވެސް އާއިލާއިން ވަނީ އެދިފައެވެ.
ގުޅުންހުރި
އަދީބު ހާޒިރު ނުކުރުމުން ފަރުވާގެ މައްސަލާގައި ކުރާ ދައުވާގެ އަޑު އެހުން ކެންސަލު!
10 ޑިސެންބަރ 2017
ޓެސްޓުތަކެއް ހެދުމަށް އަދީބު އައިޖީއެމްއެޗަށް ގެނެސްފި
9 ޑިސެންބަރ 2017
އަދީބު މަރާލަން އުޅޭކަމަށް ބުނާ މައްސަލަ ފައިލްކޮށްފި
6 ޑިސެންބަރ 2017
އަދީބު ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި ހުށަހެޅި މައްސަލަ ބަލައިގެންފި
27 ނޮވެންބަރ 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]