Sharpge j Tech Inverter Air Conditioner raajjeah Thaaraf Koffi
vfp.mv
VFPBAAZAARU
HM
HM
ޝާޕްގެ ޖޭ ޓެކް އިންވާޓާ އެއާކޮންޑިޝަނަރު ރާއްޖެއަށް ތައާރަފުކޮށްފި
inage
އެލްއޭ ލައިފްސްޓައިލް ފިހާރަ--ފޮޓޯ އެލްއޭ ލައިފްސްޓައިލް
  ވިޔަފާރި | ކުންފުނި | 19 ޖޫން 2017 | 0 ކޮމެންޓް
ދިވެހިރާއްޖެއާއި ގުޅޭ ކަރަންޓު ހަރަދު ކުޑަ އެއާކޮންޑިޝަނެއް ރާއްޖެ އަށް ތައާރަފުކޮށްފިއެވެ. kobadoctor
ހުކުރު ދުވަހުގެ ރޭ ހުޅުވިގެން ދިޔަ "އެލް އޭ ލައިފްސްޓައިލް" ޝޯ ރޫމުން ރާއްޖެއަށް ތައާރަފުކޮށްފައިވަނީ ދުނިޔޭގައި ވެސް މަޝްހޫރު، ޖަޕާނުގެ ކޮލިޓީ ބްރޭންޑެއް ކަމުގައިވާ "ޝާޕް" ބްރޭންޑްގެ ޖޭ ޓެކް އިންވާޓާ އެއާކޮންޑިޝަނާއެވެ.

އެ ފިހާރަ ހިންގާ އެލްއޭ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް މެޖޭނިން ޑިރެކްޓަރު މުހައްމަދު އައިމަން އިބްރާހިމް ވިދާޅުވި ގޮތުގައި ގިނަ ފީޗާސްތަކެއް ހިމެނޭ އެ ޔުނިޓަކީ ރާއްޖެފަދަ ލޮނުގެ އަސަރު ބޮޑަށް ކުރާ މާހައުލުތަކަށް ހާއްސަ ޔުނިޓެކެވެ.

"އަދި ހަމަ އެހެންމެ އެހެން ޔުނިޓްތަކަށްވުރެން ކަރަންޓު ހަރަދުވެސް ކުޑަވާނެ." މުހައްމަދު އައިމަން ވިދާޅުވިއެވެ.

މުހައްމަދު އައިމަން ވިދާޅުވި ގޮތުގައި އެ އެއާކޮންޑިޝަނާއަކީ މިހާރު މާކެޓުގައި ހުރި އެންމެ ފީޗާސްތައް ގިނަ ޔުނިޓެވެ. އައިމަން ވަނީ އެ އެއާކޮންޑިޝަންގައި ހިމެނޭ ހާއްސަ ފީޗާސްތަކުގެ ތެރެއިން "ބޭބީ މޯޑް" ފާހަގަ ކުރައްވާފައެވެ.

"އަދި އެއްވެސް ބްރޭންޑް އެއްގެ އެއާކޮންޑިޝަނާއެއްގައި ނުހިމެނޭ މި ފީޗާއަކީ ކުޑަކުދިން އުޅޭ ތަންތަނަށް ހާއްސަކޮށް ރީސާޗްތަކާއެކު ހަދާފައިވާ ފީޗާއެއް. އަދި މި ފީޗާ އޮންކޮށްލުމުން ޓެމްޕަރޭޗާ އަދި އެކުއްޖަކާ ދިމާލަށް ފިނި ސީދާ އަމާޒު ނުވެ، ތަނުގެ ފިނިމިން އެއްވަރެއްގައި އޮޓޮމެޓިކް އިން ހިފަހައްޓައިދޭނެ" އައިމަން ވިދާޅުވިއެވެ.


"ބޭބީ މޯޑް" މިއީ މި އެއާކޮންޑިޝަންގައި ހިމެނޭ އެންމެ ހާއްސަ އެއް ފީޗާ

އައިމަން ވިދާޅުވި ގޮތުގައި އެ އެއާކޮންޑިޝަން އިން ވަރުގަދަ ވައި ސާފުކޮށްދޭނެއެވެ. އަދި 14 މީޓަރަށްވުރެ ދުރަށް ވައި ފޮނުވާލުމުގެ ގާބިލުކަން އެ ޔުނިޓަށް ލިބިގެންވެއެވެ. އަދި ރިމޯޓުގައިވާ "ލޮކް އޮން" ސެންސާ ފީޗާ އޮންކޮށްލުމުން އެ އިރަކު ރިޕޯޓު ހިފައިގެން ހުރި މީހާއާ ދިމާލަށް ވަކިން ބޮޑަ ފިނިކޮށްދިނުމުގެ ގާބިލުކަން އެ އެއާކޮންޑިޝަންއަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ނޫންވެސް ގިނަ ފީޗާތަކެއް ހިމެނޭ އެ ޔުނިޓް ބާޒާރަށް ނެރެފައިވަނީ ހާއްސަ އަގުތަކެއްގައި ހާއްސަ ޕްރޮމޯޝަންއަކާއެކުގައެވެ. "އެލްއޭ ލައިފްސްޓައިލް" ފޭސްބުކް ޕޭޖްގައި ހިންގާ ޕްރޮމޯޝަނަށްވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އައިމަން ވިދާޅުވިއެވެ.


ޝާޕް 10،000 ބީޓީޔޫގެ އެއާކޮންޑިޝަން

"އެލްއޭ ލައިފްސްޓައިލް" އިން މިވަގުތު ދަނީ އެއް މަސް ދުވަހުގެ ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ. ޕްރޮމޯޝަންގައި 10،000 ބީޓީޔޫ އާއި 13،000 ބީޓީޔޫ އާއި 18،000 ބީޓީޔޫ އަދި 24،000 ބީޓީޔޫގެ ޝާޕް ޖޭ ޓެކް އިންވާޓާ ހާއްސަ އަގުތަކެއްގައި ލިބިގެންދާނެއެވެ.


ޝާޕް 13،000 ބީޓީޔޫގެ އެއާކޮންޑިޝަން

އެއާކޮންޑިޝަން ހަރުކޮށްދިނުމަށް ވެސް ޕެކޭޖްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލޭގައި ނަމަ 999 ރުފިޔާ އަށް އަދި ވިލިމާލޭ ހުޅުމާލޭގައި ނަމަ 1590 ރުފިޔާއަށް އިންސްޓޯލްކޮށްދެއެވެ.

"އެލްއޭ ލައިފްސްޓައިލް" ޝޯރޫމް ހުންނާނީ އޮފްރޯޑް ފިހާރަ ކައިރި، ކަޅުހުރާ މަގުގައެވެ. އެ ފިހާރައިން ވިއްކާ އުފެއްދުންތަކާއި ގުޅޭ އިތުރު މައުލޫމާތު 3011969، 9737788، 7786511 އިން ލިބިވަޑައިގަންނަވާނެއެވެ.
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]