Majeedhee Magu 2 Faraathugai Andhavalhu, Samaaluvelahvaa: Shamaau
vfp.mv
HM
HM
މަޖީދީމަގު ދެ ފަރާތުގައި އަނދަވަޅު، ސަމާލުވެ ލައްވާ: ޝަމާއު
inage
އަންހެން ކުއްޖާގެ ފައި ގެނބުނު ކާނުގަނޑު---
  ހަބަރު | | 19 ޖޫން 2017 | 2 ކޮމެންޓް
މަޖީދީ މަގުގެ ދެފަރާތުގައި އަނދަވަޅު އެބަހުރި ކަމަށާއި ސަމާލުވުމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ގޮވާލައްވައިފިއެވެ. thegardens
ޝަމާއު އެހެން ގޮވާލައްވާފައިވަނީ ރޭ ފަތިހު ކުރެއްވި ޓްވީޓެއްގައެވެ.


ޝަމާއު އެހެން ގޮވާލެއްވި ނަމަވެސް މާލޭގެ އެއްވެސް ހިސާބެއްގައި އަނދަވަޅެއް ހުރި ހެނެއް ހިއެއް ނުވެއެވެ. ނަމަވެސް މަޖީދީ މަގު މަރާމާތު ކުރުމަށްފަހު މަގުގެ ދެފަރާތުގައި ހަދާފައިވާ ކާނުގަނޑުތައް އެބަ ހުއްޓެވެ.

މަޖީދީ މަގުގެ ދެފަރާތުގައި އަނދަވަޅު އެބަހުރި ކަމަށް ޝަމާއު ވިދާޅުވެފައިވާ އިރު މަޖީދީ މަގުގައި ހުރި ކާނުގަނޑެއްގެ ތެރެއަށް މާބަނޑު އަންހެނެއްގެ ފައި ގަނބައިގަތުމުން އެ މީހާއަށް ވަނީ އަނިޔާވެފައެވެ. އޭގެ އިތުރުން ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުގައި ހަލާކުވެފައި އޮތް ކާނެއްގެ ތެރެ އަށް ކުޑަކުއްޖެއްގެ ފައި ގަނބައިގަތުމުން ރޭ ވަނީ އަނިޔާވެފައެވެ.

މަޖީދީ މަގުގައި މާބަނޑު މީހާގެ ފައި ގަނބައިގަތް ކާނުގަނޑު ހައުސިން މިނިސްޓްރީން ވަނީ ރަނގަޅުކޮށްފައެވެ.

މަޖީދީމަގުގައި މަރާމާތުކޮސްފައިވާ ހިސާބުތަކުގައި ހަދާފައިވާ ކާނުގަނޑުތައް ބަންދުކޮށްފައިވަނީ ދަގަނޑުން ފްރޭމް ހަދާ އެ ފްރޭމްގެ މަތީގައި ފިލާގަނޑެއް ބާއްވައިގެންނެވެ. ނަމަވެސް ހައުސިން މިނިސްތްރީން އެގޮތަށް އަޅާފައިވާ ބައެއް ފިލާތައް މިހާރުވަނީ ހަލާކުވެފައެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލު ވިދާޅުވީ ކާނުގަނޑުތައް މިހާރު ބަންދުކޮސްފައިވަނީ ވަގުތީ މަތިތަކެއް ބޭނުން ކޮށްގެން ކަމަށެވެ.

"ވަގުތީ މަތިތަކެއް އެހެރީ ދާއިމީ މަތިގަނޑުތަކެއް ވަރަށް އަވަހަށް ލިބޭނެ. އަޅުގަނޑުމެން މިދަނީ މިހާރު ވެސް ހަލާކުވާ އެފަދަ ތަންތަން ހަދަމުން،" ފަޒާލު ވިދާޅުވިއެވެ.
ގުޅުންހުރި
މަޖީދީމަގުގެ ނުވަ ވަނަ ސެގްމަންޓްގެ މަސައްކަތް ފަށައިފި
18 އޮކްޓޯބަރ 2017
ވީޑިއޯއެއް އާންމުކޮށް، ތަހުގީގަށް މީހަކު ހޯދަނީ
2 އޮކްޓޯބަރ 2017
މަޖީދީމަގުން ފަނޑިޔާރު މަގަށް ދަތުރުކުރަން އާ މަގެއް ހަދަނީ
14 ސެޕްޓެމްބަރ 2017
ބިން ވިއްކަން ހުޅުވާލީ ގާނޫނީ އިމުގެ ތެރެއިން: ޑރ. މުއިއްޒު
16 އޯގަސްޓު 2017
ހިޔާލު

ރިހާން
ވަގުތީ މަތިތައް ދާއިމީވެފަތިހިރީ
ހާސަރު
އަދިވެސް ފްލައިވުޑް ފިލާ އަޅާފަހުރި ކާނުތައް އެބަހުރި!

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]