Bodethi Massalathakugai Noosbayaan Nerumakee Fahathah Elhi Fiyavalheh: Riyaz
vfp.mv
HM
HM
"ބޮޑެތި މައްސަލަތަކުގައި ފުލުހުން ބަޔާން ނެރުމަކީ ފަހަތަށް އެޅި ފިޔަވަޅެއް"
inage
ކުރީގެ ކޮމިޝަނަރު ރިޔާޒު---
  ހަބަރު | ސިޔާސީ | 19 ޖޫން 2017 | 3 ކޮމެންޓް
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ނޫސްވެރިންނާ ބައްދަލުނުކޮށް ބަޔާން ނެރެ މައުލޫމާތު ހާމަ ކުރުމަކީ ފުލުހުން ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ކުރީގެ ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު އެހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ފުލުހުން ރޭ ނެރުނު ބަޔާން ސޯޝަލް މީޑިއާގައި އާއްމު ކުރުމާއި ގުޅިގެންނެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ރިޔާޒު ކުރެއްވި ޓްވީޓެއްގައި އެއީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށާއި އެކަން ދޫކޮށްލައްވާ ނޫސްވެރިންނާއި ބައްދަލުކޮށް މައުލޫމާތު ހާމަ ކުރަން ފެށުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.

ފުލުހުން ރޭ ވަނީ ޔާމީނަށް ހަަލާދިނުމުގައި ބައިވެރިވި ތިން މީހުންގެ މައުލޫމާތު އާއްމުކޮށްފައެވެ. ފުލުހުން ނެރުނު ބަޔާނެއްގައި އެ މައުލޫމާތު އާއްމުކޮށްފައިވާ އިރު ހަތް މީހަކު ޔާމީންގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވެއެވެ.

ފުލުހުން ރޭ ނެރުނު ބަޔާނާ ގުޅިގެން އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ބާކީ ތިބި ހަތަރު މީހުން ކޮބައިތޯ ސުވާލު ކުރަމުންނެވެ. އަދި އެ ތިން މީހުން ޔާމީން މަރާލީ ކީއްވެގެންތޯ ސުވާލު ކުރަމުންނެވެ.

ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ ފުލުހުން ޔާމީންގެ މައްސަލައިގެ ތަފުސީލުތައް މީޑިއާއާ ވެސް ހިއްސާއެއް ނުކުރެއެވެ.
ގުޅުންހުރި
ސީރިއާއަށް ދިޔަ ދެ ދިވެހިން ހައްޔަރުކޮށްފި
17 ގަޑިއިރު ކުރިން
ޓެކްސީއަކަށް އެރި ކުޑަ ފިރިހެން ކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ބަލަނީ
20 އޮކްޓޯބަރ 2017
ތޫނު އެއްޗަކުން ހަމަލާދީ ކުޑަ ކުއްޖަކު ޒަހަމް ކޮށްލައިފި
20 އޮކްޓޯބަރ 2017
ރާއްޖެ އެތެރެކުރި ޕާޓީ ޑްރަގްސް ތަކެއް އަތުލައި ގަނެފި
19 އޮކްޓޯބަރ 2017
ހިޔާލު

ޙުސެން
ރަނގަޅު ގޮތް އޮޅުވާލަން އުޅޭތީ މައްސަލަ ޖެހެނީއެވެ. ފާޑު ވެސް ކިޔަނީއެވެ. މަޢުލޫމާތު ދޭން ޖެހޭ މީހުނަށް ނުދެއެވެ. ހުރިހާމީހުން ހެކިތަކާއެކު ހޯދިއްޖެކަމަށް އެބަ ބުނެއެވެ. ޕީޖީ އަށް ނުފޮނުވައެވެ. ބަޔަކު ހުރަސް އަޅާ ވާހަކަވެސް ދައްކައެވެ. ފޯކަސް ބަދަލުކޮށް އެހެން ދިމާލަކަށް އަނބުރަން އުޅޭކަމެވެ. ޕޮލިހުންނަށް މަޖުބޫރުކޮށްގެން ތަހުްްޤީޤު އަށް ހުރަސް އަޅަމުންދާ ކަމެވެ. މިކަން ކުރެވެޭނީ ބާރު ގަދަ ބަޔަކަށެވެ.
ޒަމާން
މި ގައުމުގައި "މޯޓިވް" އާހަމައަށް ދެވޭނީ ކޮން ދުވަހަކުންބާ. އެވަރު ތަހުޒީބު ފުލުހުންނަށް އަންނާނީ ކޮން އިރަކުންބާ.
ފާތީ
ރަނގަޅުއެއްގޮތެއްވެސްނެތެއްނު! ތަހުގީގުގެ އަޕްޑޭޓްނުދީގެން މިގައުމުގެ މަގުތަކުގައި ހަޅޭއްލަވާ ނުވިތާކަށް ޔޫއެން މީހުންނަށްވެސް ނޮހޮރުއްޕާންކުރަނީ...ހަމަހަބަރެއްވާއިރަށް ތިބުނަނީ ފަހަތަށޭ! ދެންކިހިނެއްތަހަދަންވީ؟ އަފްރާޝީމް މައްސަލައަށް ކަލޭހެދިގޮތަށް ވީނުވީއެއްނާންގާ ނިންމާލަންވީތަ. ކަލޭގެ ޕްރޮފެޝަނަލްކަންހުރިވަރު ދިވެހިއެންމެންނަށްއިނގޭ..އަފްރާޝީމްކޭސް ނިންމާމީހަކަށް ހުކުންކޮށްނިންމާލިއިރު، އެޖަރީމާގެ މަގުސަދުވެސް ނުބުނެ ދިރުވާލީ....ކަލެއްށް ސަލާމް

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]