Ihavandhoo Councilge Nimmun, Rangalhu Nimmumehtha?
vfp.mv
MIB
MIB
އިހަވަންދޫ ކައުންސިލުގެ ނިންމުން، ރަނގަޅު ނިންމުމެއްތަ؟
inage
ހއ.އިހަވަންދޫ---
  ޚިޔާލު | | 19 ޖޫން 2017 | 8 ކޮމެންޓް
ހއ.އިހަވަންދޫ އައިސް ޕްލާންޓުގައި މަސައްކަތް ކުރަމުން ދިޔަ ޅ.ހިންނަވަރު އިސްމާއީލު އުމަރު މަރާލާފައި އޮއްވާ ފެނުން ވެގެން ދިޔައީ ލިބުނު ބޮޑު ސިހުމަކަށެވެ. އިހަވަންދޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެމަރާއެކު ރަށު ތެރެއަށްވަނީ ނާމާން ކަމެއް ވެރިވެފައެވެ. އަދި ރަށުގައި އުޅޭ ބިދޭސީންނާ މެދު އާއްމުންގެ ބިރުވެރިކަން ދަނީ އިތުރުވަމުންނެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އިހަވަންދޫގެ ތާރީހުގައި ރަހުމު ކުޑަ ދެ މަރަކާ ކުރިމަތިވެފައިވާ އިރު އެ ދެ މަރު ވެސް އައިސްފައިވަނީ ބިދޭސީންގެ ފަރާތުންނެވެ.
މީގެ 15 އަހަރު ކުރިން އެރަށުގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ވެސް ވަނީ ތިން ބިދޭސީއެއްގެ ރަހުމު ކުޑަ ހަމަލާއެއްގައި މަރާލާފައެވެ. އެ ހަމަލާތައް އެއްފަރާތެއްގައި ބާއްވާފައި ރަށުގައި ބިދޭސީން އުޅެމުން ދަނީ ވެސް މަދެއްކޮށް ނޫނެވެ.

"ބައެއް މީހުން މިހާރު ވެސް ޝަކުވާ ކުރޭ ވަކި ހިސާބުތަކަކުން ދާ އިރު ބިދޭސީން އަންހެނުންނަށް މާ ގަދައަށް ބަލާ ކަމާއި، އެކަނި ދާ ނަމަ ކުއްލިއަކަށް ކުރިމައްޗަށް ޖެހި އެކަހަލަ ގޯނާތައް ކުރާ ކަމަށް،" އިހަވަންދޫއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އޭނާ ބުނި ގޮތުގައި އެހެން ވަނީ ހަމައެއް ލަމައެއް ނެތި ރަށު ތެރޭގައި ބޭނުން ގޮތަކަށް ބިދޭސީން އުޅެން ދޫކޮށްލާފައި ތިބުމުންނެވެ.

އިހަވަންދޫގެ އާބާދީގައި 3000 އެއްހާ ދިވެހިން އުޅެމުންދާއިރު އެރަށުގައި 200 އަށް ވުރެ ގިނަ ބިދޭސީން އުޅެއެވެ. އޭގެތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވެސް ހިމެނެއެވެ.

އިހަވަންދޫ ކައުންސިލުން އިއްޔެ ވަނީ އެރަށުގައި އުޅޭ ބިދޭސީންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. ކައުންސިލުގެ އެ ނިންމުމާއެކު ބައެއް މީހުންދަނީ ކައުންސިލުގެ ނިންމުމަށް ފާޑު ކިޔަމުންނެވެ. އަނެއް ބަޔަކު ތައުރީފު ވެސް ކުރެއެވެ. އަދި އިހަވަންދޫ ކައުންސިލުގެ ނިންމުމާ އެއްގޮތަށް ބިދެސީންގެ މައްސަލަތއް ބޮޑު އެހެން ތަންތަނުގައި ވެސް އަމަލު ކުރަން ގޮވާލަމުން ދެއެވެ.

އިހަވަންދޫ ކައުންސިލުގެ ނިންމުންތައް

އެރަށުގައި ދިރިއުޅޭ އެންމެހާ ބިދޭސީންނަށާއި ބިދޭސީން ގެންގުޅޭ ފަރާތްތަކަށް ކައުންސިލުގައި ރަޖިސްޓްރީވުމަށް ފަސް ދުވަހުގެ މުހުލަތެއް ދީފައެވެ.

އޭގެއިތުރުން އިހަވަންދޫ ކައުންސިލުންވަނީ އިއްޔެއިން ފެށިގެން ހަ ކަމެއް އެރަށުގައި އުޅޭ ބިދޭސީންނަށް މަނާކޮށްފައެވެ.

އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ތަންތަނުގައި ޑިއުޓީއަށް ތިބޭ ބިދޭސީން ފިޔަވާ އެއްވެސް ބިދޭސީއަކު ރޭގަނޑު 10 ގެ ފަހުން ގެއިން ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ. ހުކުރު ދުވަހުގެ މެންދުރު 2:00 އިން ފެށިގެން 5:00 ދެމެދު ނޫން ވަގުތުތަކުގައި ގުރޫޕު ހަދައިގެން ރަށުގެ އެއްވެސް ސަރަހައްދެއްގައި ތިބުމަކީ މަނާ ކަމެކެވެ.

ކައުންސިލުގެ އިހުތިސާސްގައިވާ އެއްވެސް ސަރަހައްދަކުން މަސްވެރިކަން ކުރުން ވެސް ބިދޭސީންނަށްވަނީ މަނާކޮށްފައެވެ. އަދި ރަށުގެ ވަލު ތެރެއިން ދަރާއި ކާށި ހޮވުމާއި ފަން ހޮވުން ވެސްވަނީ މަނާކޮށްފައެވެ. އަދި ކުނި އުކާލަން ނޫން ގޮތަކަށް ކުނި ކޮށި ހުންނަ ސަރަހައްދަށް ނުދިއުމަށާއި ރަށުގައި ބާއްވާ ހަފުލާތަކަށް ދައުވަތު ނުދޭ ނަމަ ދިއުން ވެސް ވަނީ މަނާކޮށްފައެވެ.

ކައުންސިލުގެ އެ ނިންމުމާ ގުޅިގެން ލޯކަލް ގަވަމެންޓް އޮތޯރިޓީން ދަނީ ގާނޫނީ ލަފާ ހޯދަމުންނެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުލަކު ވިދާޅުވި ގޮތުގައި އިހަވަންދޫ ކައުންސިލުގެ ހުރިހާ ނިންމުންތައް ރަނގަޅެއް ނޫނެވެ. ނަމަވެސް މުޅި ފިޔަވަޅަށް ބަލާއިރު އެއީ ހިތްވަރު ދޭން ޖެހޭ ފިޔަވަޅެކެވެ.

"ލާމަރުކަޒީ ނިޒާމުގެ ބޭނުމަކީ ރަށު ފެންވަރުގައި ރަށުގެ ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރުން. މިސާލަކަށް ބަލާ ނަމަ ރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރެއް ބޭއްވުން އެއީ ކުރަން ޖެހޭ ކަމެއް. ވަރަށް ރަނގަޅު ނިންމުމެއް. އެކަމަކު އެހެން ބައެއް ކަންކަން އެހެރީ ގާނޫނީ ބާރުގެ ބޭރުން ކޮށްފައ،" އެ ބޭފުޅާ ވިދާޅުވިއެވެ.

އެ ބޭފުޅާ ވިދާޅުވި ގޮތުގައި އެގޮތަށް ދިމާވީ ކައުންސިލުން އަވަސް އަރުވާލައިގެން ފިޔަވަޅުތަކެއް އެޅުމުންނެވެ. ނަމަވެސް އޭގެ ބަދަލުގައި ބަލަން ޖެހޭ ވަރަށް ބަލާފައި ފިޔަވަޅުތަކެއް އެޅި ނަމަ އެއީ ނަމޫނާ ފިޔަވަޅުތަކެއްގެ ގޮތުގައި ބަލައިގަންނަން ޖެހެއެވެ.

ކައުންސިލުގެ ނިންމުން ރަނގަޅުތަ؟

އިހަވަންދޫ ކައުންސިލުގެ އެ ނިންމުމަށް އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެއީ ނަސްލީ ތަފާތު ކުރުމެކެވެ. އަދި ހަމައެކަނި ވަކި މީހަކު ކުރި ކަމެއްގެ އަދަބު ކަމާ ނުގުޅޭ އެތައް ބަޔަކަށް ދިނުމެވެ.

އިހަވަންދޫ ކައުންސިލުން އެޅި ފިޔަވަޅުތަކުން އެރަށުގައި އުޅޭ ޑޮކްޓަރުންނައި ނަރުހުން އަދި ޓީޗަރުންވަނީ އިސްތިސްނާ ކޮށްފައެވެ.

"މިސާލަކަށް އިހަވަންދޫ ގެއެއްގެ މީހަކު ނުކުމެ މީހަކު މަރާލީ. އެހެންވެގެން އެ ގޭ އެންމެން ހައްޔަރުކޮށް އެންމެންގެ މައްޗަށް ހުކުމް އިއްވުމަކީ އިންސާފަކަށް ނުވާނެ ދެއްތޯ. އެ ގޮތަށް މިވަނީ. އެކަމަކު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެމީހުންނާ މެދު އަމަލު ކުރާނެ ގޮތްތަކެއް ނިންމުމަކީ އެންމެ ރަނގަޅު ކަމެއް،" ވީއެފްޕީއާއި ވާހަކަ ދެއްކި އާއްމުންގެ މީހަކު ބުންޏެވެ.

ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވި ގޮތުގައި އިހަވަންދޫ ކައުންސިލުގެ އެ ނިންމުމަކީ ސީރިއަސް ނިންމުމެކެވެ. "އަސާސީ ހައްގެއް އުނިކުރެވޭނީ މަޖިލީހުން ހަދާ ގާނޫނަކުން. އިއުލާނަކުން އެފަދަ އެއްވެސް ކަމެއް ހަންޏެއް ނުކުރެވޭނެ،" ސިރާޖު ވިދާޅުވިއެވެ.

އެހެން ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި އިހަވަންދޫ ކައުންސިލުގެ އެ ނިންމުމަކީ ގާނޫނު ތަންފީޒު ކުރާ އެހެން މުއައްސަސާތަކުގެ ބާރު ވެސް އަތަށް ނެގުމެވެ.

އެ ވަކީލު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބިދޭސީން ގެންގުޅެމުންދަނީ އިންސާނިއްޔަތު ކަމެއް ވެސް ނެތިއެވެ.
ގުޅުންހުރި
ރާއްޖެ ދަނީ ފެއިލްވެފައިވާ ދައުލަތަކަށްވަމުން: ބަންގުލަދޭޝްގެ ކުރީގެ އެމްބެސެޑަރު
8 އޮކްޓޯބަރ 2017
ހުޅުމާލޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
5 އޮކްޓޯބަރ 2017
ޕާކަށް ވައްދަން ބިދޭސީން އަތުން ފައިސާ ނެގުން ބޮޑު ބަހުސަކަށް
22 އޯގަސްޓު 2017
90000 ވުރެ ގިނަ ޑޮލަރާއެކު އެއާޕޯޓުން ބިދޭސީއަކު ހައްޔަރުކޮށްފި
16 ޖުލައި 2017
ހިޔާލު

ފާއިޒީ
ކައުންސިލްގެ ނިންމުމަކީ ރަށުގެ ރައްޔިތުންނަށް ރަގަޅުނިއްމުމަކަށް ވެދާނެ. އެހެއްނަމަވެސް މިވަގުތު ކައުންސިލްއިންމިކަންކުރުމުގައި އަވަސްއަރުވާލުމުގެ ސަބަބުން އަތައްގޮވީ ކަމައް ފެންނަނީ. ކައުންސިލްގެ ނިންމުންތަކަށް ވިސްނާލާއިރު މުޅިންގޯހެކޭ ދެންނެވޭކަންނެތް. ހުރިހާވެސް މައްސަލައެއް ދިމާމިވަނީ ސަރުކާރުގެ ހަދާފައިވާ ގަވައިދުތައް އިމްޕްލިމެންޓް ކުރުމުގައި ފެއިލް ވެފާވާކަން. ބޭރުމީހުންގެނައުމާއި އެމީހުންނަށް ހެދިފަހުރި ގަވައިދުތައްވެސް ހުރީ ފެއިލްވެފަ. ގިނަމީހުންނަކީ ވާރކްޕާމިޓް ނުހައްދާ އުޅޭމީހުން. އަޅުގަޑަށް ފެނުނުގޮތުގައި ސަރުކާރުގެ ޕޮލިސީތައް ވަނީ ފެއިލްވެފާ. އަޅުގަޑުދަންނަވާނީ ކުދިރަށްރަށުގައި ޕޮލިހާ، ކައުނސިލްއާއި ގުޅިގެން ރަށުގެ ހާލަތު ވަރަށް ރަގަޅު ކުރެވިދާނެކަމަށް. ހުރިހާވެސް ކަމަކީ ރައްޔިތުންނަށް އިހްލާސްތެރިވުން.
ޭާއާރިިފް
ނިންމުން ވަރަަށް ރަގަަޅު. ޚާއްސަކޮޮށް ބަންގާޅިންގެ އުނދަގޫ މިހާާރު ހުރިހާ ހިސާާބެއްގައިވެސް ވަރަަށް ބޮޮޑު. ޝުކުރިއްޔާ ކައުންސިލް
އަލީ
އަޖައިބު ... ބަންގްލަދޭޝްގައި އުޅެނީ ވެސް އިންސާނުން.
ހަގު*
ނިމުން ވަރަށް ރަގަޅު. އެކަމަކުވެސް ބައެއް ކަންތައްތައް ރަގަލޫ ކުރަން ޖެހޭ. އެމީހުނަވެސް މަސްބޭ ނުމުގެ ފުރުސައްތުން އޮންވާނެ. އެއީ އެމީހުން ވެސް ކަާން ޖެހެނެ. އެންމެ ގަވާއިދަކީ 10 ގެ ފަހު ބޭރުގަ އުޅުން މަނާ ކުރުމާ ގްރުޕު ހަދައިގެން ނޫލޭވޭ ގޮތައް ހެދުން. އަހަރެންމެގެ އަންހެން ކުދިނާއި ކުޑަ ކުދިން ސަލާމަތަށް ވިސްނާނީ އަަހަރެންމެން . ކައުންސިލް ގެ ނިންމުން ވ ރަގަޅު
މައުދާލް
ކައުންސިލް ގެ ނިންމުން 100 ހަމ ހަބޭސް..
ކިހާ ބޮޑު ވަބާއެއް
ސަރުކާރުގެ މަތީފަންތީގެ ތިބި މީހުން ބަންގާޅިން އޮބިނޮއޮންނަ ވަރަން ބަންގާޅިން އެތެރެ ކޮށްގެން އެމީހުން ނަން މުސާރަ ނުދީ ބޭރުވާން މަޖުބޫރު ކުރުނަނީ މަހުޖަނުނުންނާ ސަރުކާރުގެ އިސްސަފުގައި ތިބި މީހުން ޒިންމާ ނަގަންޖެހޭނެ
ވިސްނާ
ޝcouncilge ninmun v rangalhu.
އިންސާނާ
ކަމަކީ ވަރަށްވެސް ސީރިއަސް ކަމެއް، މުޅި ގައުމުގެ އަމަނާއި ގުޅިފައިވާ އެހެންނަމަވެސް އަޅަނުލެވި ދޫކޮށްލެވިފައިވާ މައްސަލައެއް. ރަށު ކައުންސިލް ފެންވަރުން އެކަނި މަސައްކަތް ކޮށްގެން ހައްލު ހޯދޭ ވަރަށް ވުރން ބޮޑު އަދި އުނދަގޫ މައްސަލައެއް. އެއެް އުސޫލަކުން ބަލާއިރު ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ލާބަ އާއި މަންފާ އަދި ސަލާމަތާއި ރައްކައުތެރިކަން ޔަގީންކޮށްދީ ޒިންމާ ވާންޖެހޭ ފަރާތްތަކުގެ ތެރޭގައި ކައުންސިލްތައްވެސް ހިމެނެންޖެހޭނެ، އެހެންނަމަވެސް ކުރިން ދެއްނެވިހެން ކަމުގެ ބާވަތުން މިހާރު ކައުންސިލް ތަކަށް މިފަދަ ފިޔަވަޅު އަޅައިގެން މިކަމުގެ ހައްލެއް ނުހޯދޭނެ. މިކަމުގެ އަސްލު ގޯސް ފެށިފައި މިވަނީ މީގެ އެތައް ދުވަހެއް ކުރިން ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާ ތަކުގެ ފަރުވާ ކުޑަވެ ކަންކަން ކޮންޓްރޯލުން ނެއްޓުމުން. އެގޮތުން ފާހަގަ ކޮށްލެވޭ އެންމެ ބޮޑު ކަމަކީ ގަވާއިދާއި ޚިލާފަށް ރާއްޖެއަށް ގެނެވި ދޫކޮށްލެވޭ ބިދޭސީންގެ މަންތައްތަކަށް ހުއްޓުމެއް ނުގެނެވުން، ހަމަ އެއާއިއެކު ބިދޭސީން އެކި ބޭނުން ތަކަށް ގެނެސް އެމީހުން ދޫކޮށްލައި، މުސާރަ ނުދީ އެމީހުންގެ ޕާސްޕޯޓައި ވޯކްޕާމިޓް ނުދީ، ފީ ނުދައްކައި އެމީހުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާ ކޮށްލުން ހުއްޓުވުމަކަށް ނުގެނެވުން، އެއިގެ ފަހުން މިފަދަ ކަންތައްތައް ކުރާ ފަރާތްތަކަށް އެކަންތައް ތަކުރާރުކޮށް ކުރިޔަށް ގެންދިއުމަށް އޮންނަ ފުރުސަތު އޮތުން، ހަމައެހެންމެ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގައުމަށް ފޮނުވުމުގެ ކަންތައްތައް އެކަށީގެންވާ ހަރުދަނާ ގޮތަކަށް ކުރިޔަށް ނުގެންދެވުން ހިމެނޭ. އެހެންނަމަވެސް މިބުނި ހުރިހާ ޖަރީމާތަކެއް ހިންގަނީ ހަމަ އަޅުގަނޑުމެން ދިވެހިން، ނާޖާއިޒު އަދި ހަލާލު ނޫން ގޮތަށް ހޯދަމުންދާ ފައިސާގެ ބޭނުމުގައި. މިކަންތައްތައް ނުހުއްޓުވައި ބިދޭސީންގެ އާންމު ފަރުދީ މިނިވަންކަމަށް ހުރަސް އަޅައިގެން މިކަން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ މޮޔަ ވިސްނުމެއް. އަދި ގާނޫނު އަސާސީގައި ކަށަވަރު ކޮށްދީފައިވާ މިނިވަން ކަމާއި ހަމަހަމަ ކަން ނިގުޅައިގަނެވޭ ގޮތަށް ކައުންސިލަކުން ނެރޭ އިއުލާނެއްގެ ގާނޫނީ އެއްވެސް ބުރަދަނެއް ނުހުންނާނެ، އަދި އެކަން އެގޮަތަށް ނުވެސް ކުރެވޭނެ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]