5 pound ge entry fee nudhahkaigen Giggs golf mubaaraathakun disqualify kohlaifi
vfp.mv
HM
HM
އެންޓްރީ ފީ ނުދައްކައިގެން ގިގްސް ގޮލްފް މުބާރާތަކުން ޑިސްކޮލިފައި ކޮށްލައިފި
inage
ގިގްސް ގޮލްފް ކުޅެނީ ފޮޓޯ:---
  ކުޅިވަރު | ދުނިޔެ | 19 ޖޫން 2017 | 0 ކޮމެންޓް
5 ޕައުންޑުގެ އެންޓީ ފީ ދެއްކުމަކާއި ނުލައި މުބާރާތުގައި ބައިވެރިވެ މެޗުތައް ކުޅެމުން ދަނިކޮށް މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް ރަޔަން ގިގްސް ގޮލްފް މުބާރާތަކުން ޑިސްކޮލިފައިކޮށް ބޭރު ކޮށްލައިފިއެވެ. thegardens
ގިގްސާއި އޭނާގެ ރައްޓެއްސަކު ބައިވެރިވި މި މުބާރާތަކީ ކޮންމެ ބައިވެރިޔަކު ވެސް 5 ޕައުންޑުގެ އެންޓްރީ ފީއެއް ދައްކަޖެހޭ މުބާރާތެކެވެ. ނަމަވެސް ގިގްސާއި އެނާގެ ރަހްމަތްތެރިޔާއަށް ވަނީ ފީއަކައި ނުލައި މުބާރާތުގައި ބައިވެރިވެވިފައެވެ. މުބާރާތުގައި ކުޅެ 170 ހޯލް ކާމިޔާބު ކުރި ފަހުން 144 ބައިވެރިން ބައިވެރިވި މުބާރާތުގެ ރޭންކިންތައް އިއުލާން ކުރި އިރު ގިގްސަށް ދީފައިވަނީ 143 ވަނައެވެ. އަދި އޭނާގެ ނަމުގެ ކައިރީގައި "ޑީކިއު" ނުވަތަ ޑިސްކުއަލިފައިޑް ލިޔެފައިވެއެވެ.

ކުޅުން ހުއްޓާލުމަށްފަހު ހުސްވަގުތު ގޮލްފް ކުޅުމަށް ލޯބި ކުރާ ގިގްސް މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން ބުނެފައިވަނީ އެއީ ހަނދާން ނެތިން ވީ ކަމެއް ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ ފުލުހަށް ނުގޮސް ސަލާމަތްވީ ކިރިޔާކަމަށް ބުނެ ސަމާސާ ކޮށްފައެވެ.

ގިގްސާއި އެކު ބައިވެރި އޭނާގެ ރަހްމަތްތެރިޔާ ވެސް ޑިސްކޮލިފައި ކޮށްލާފައިވާއިރު އޭނާއަށް ލިބިފައިވަނީ 144 ވަނަ ރޭންކިންނެވެ.
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]