India balikoh pakistan ICC cricket championship kaamiyaabu koffi
vfp.mv
HM
HM
އިންޑިޔާ ބަލިކޮށް ޕާކިސްތާނުން އައި.ސީ.ސީ ކްރިކެޓް ޗެމްޕިޔަންޝިޕް ކާމިޔާބު ކޮށްފި
inage
ޕާކިސްތާން މުބާރާތު ތައްޓާއެކު ފޮޓޯ:---
  ކުޅިވަރު | ދުނިޔެ | 19 ޖޫން 2017 | 0 ކޮމެންޓް
އިންޑާޔާ ބަލިކޮށް ވާދަވެރި ޕާކިސްތާނުން އައި.ސީ.ސީ ވޯލްޑް ކްރިކެޓް ޗެމްޕިޔަންޝިޕް ކާމިޔާބު ކޮށްފިއެވެ.
ފައިނަލުގައި އިންޑިޔާއާއި ބައްދަލު ކުރި މެޗުގައި އިންޑިޔާއަށް ޓޮސް ދިމާވެ އެޓީމުން ވަނީ އުކަން ނިންމާފައެވެ. މިއާއެކު ޕާކިސްތާނުން ބޭޓިން ފަށައި ވަނީ 60 އޯވަރުން 336 ލަނޑު ކާމިޔާބު ކޮށްފައެވެ. މި ނަތީޖާއާއި އެކު ކުޅެން ނިކުތް އިންޑިޔާގެ ޓީމަށް މެޗުގައި ކާމިޔާބު ކުރެވިފައިވަނީ 156 ލަނޑެވެ.

180 ލަނޑުގެ ތަފާތަކުން މެޗު ކާމިޔާބުކޮށް ޕާކިސްތާނު މުބާރާތުގެ ތަށި އުފުލާލިއިރު އެ ޓީމުންގެ ގިނަ ކުޅުންތެރިންތަކެއް ވަނީ މުބާރާތުގެ ވަކި ވަކި ވަނަތައް ހާސިލު ކޮށްފައެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވާޑް ޕާކިސްތާން ޓީމުގެ ހަސަން އަލީ ކާމިޔާބު ކުރި އިރު މެޗު މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ޕާކިސްތާނުގެ ފަކްޙަރެވެ.

ކްރިކެޓުގައި ވާދަވެރި އިންޑިޔާގެ މައްޗަށް ހޯދި މި ބޮޑު ކާމިޔާބީ ޕާކިސްތާނުންވަނީ ވަރަށް ކުލަ ގަދަކޮށް ފާހަނގަ ކުރަން ފަށާފައެވެ.
ގުޅުންހުރި
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]