Confederations Cup: Fahu vaguthu Moreno kaamiyaabu kuri landaaeku Mexico inn Portugal hifahattaifi
vfp.mv
MIB
MIB
މެކްސިކޯއިން ޕޯޗުގަލް ހިފަހައްޓައިފި
inage
މެކްސިކޯ ޕޯޗުގަލް ބައްދަލު ކުރި މެޗުގެ ތެރެއިން ފޮޓޯ:---
  ކުޅިވަރު | ދުނިޔެ | 19 ޖޫން 2017 | 0 ކޮމެންޓް
މެޗުގެ އެންމެ ފަހުވަގުތު މެކްސިކޯގެ ހެކްޓާ ކޮރޭނޯ ކާމިޔާބު ކުރި ލަނޑާއެކު 2-2 ގެ ނަތީޖާއަކުން މެކްސިކޯއިން ކޮންފެޑެރޭޝަންސް ކަޕުގައި ދެ ޓީމް ކުޅުނު ފުރަތަމަ މެޗުން ޕޯޗުގަލް ހިފައްޓައިފިއެވެ. thegardens
ޒުވާން ޓީމަކާއި އެކު ނިކުތް ދެ ޓީމުން ވެސް ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ކުރި ހޯދާފައިވަނީ ޕޯޗުގަލުންނެވެ. މެޗު ފެށިގެން އެންމެ 9 މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކުރެޒްމާއެވެ. ފުރަތަމަ ހާފްގެ ބޮޑު ބައިގައި ނުރައްކާތެރި ކުޅުމެއް ދެއްކި މެކްސިކޯއިން ވަނީ ފުރަތަމަ ހާފްގައި ޕޯޗުގަލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އަމާޒު ކޮށްލާފައެވެ.

މެޗުގެ ފުރަމަތަ ހާފް ނިމެން 3 މިނެޓަށް ވެފައިވަނިކޮށް މެކްސިކޯގެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައިވަނީ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް އަދި މިހާރު ބަޔާ ލެވަކޫސެންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާ ހަވިއާ ހާނަންޑޭޒެވެ. ހާނަންޑޭޒް (ޗިޗަރީޓޯ) ގެ ލަނޑާއެކު ދެ ޓީމުން ފުރަތަމަ ހާފް ނިންމާލާފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެވަނަ ހާފް ފަށައި ޕޯޗުގަލްއިން ވަނީ ފުލުފުލުގައި ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މެޗުގައި އެޓީމަށް ދެ ވަނަ ފަހަރަށް ލީޑް ލިބިފައިވަނީ މެޗުގެ 86 ވަނަ މިނެޓުގައި ސެޑްރިކް ކާމިޔާބު ކުރި ލަނޑާއެކުއެވެ.

މެޗުގައި ޕޯޗުގަލްގެ ލީޑް ދެމި އޮތީ މިނެޓުތަކަކަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުން 1 ވަނަ މިނެޓުގައި ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ގޯލުތަރެއަށް ވައްދާލައިގެން މެކްސިކޯގެ މޮރޭނޯ ވަނީ އެޓީމަށް ނަތީޖާ ހަމަ ހަމަ ކޮށްދީ މެޗުން ޕޮއިންޓެ ހޯދަދީފައެވެ.

ރަޝިއާ، މެކްސިކޯ، ޕޯޗުގަލް އަދި ނިއު ޒިލޭންޑް ހިމެނޭ ގްރޫޕް "އޭ"ގެ އެއްވަނަގައި 3 ޕޮއިންޓާއެކު އޮތީ މުބާރާތް ބާއްވާ ގައުމު ރަޝިއާއެވެ. ތާވަލުގެ ދެވަނަ އަދި ތިން ވަނަގައި އެއް ޕޮއިންޓާއެކީ ޕޯޗުގަލް އަދި މެކްސިކޯ އޮތްއިރު ރަޝިއާ އަތުން ބަލިވެ ހުސްއަތާ ނިއުޒިލޭންޑް އޮތީ ތާވަލުގެ ފުލުގައެވެ.
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]