Malige Resortakah Hamalaadhee 2 Meehaku Maraalaa Ithuru Bayaku Raheen Koffi
vfp.mv
HM
HM
މާލީގެ ރިސޯޓަކަށް ހަމަލާދީ ދެ މީހަކު މަރާލައި އިތުރު ބަޔަކު ރަހީނުކޮށްފި
inage
މާލީގެ ލެކެމްޕްމެންޓް ކަންގަބާ---
  ދުނިޔެ | | 19 ޖޫން 2017 | 0 ކޮމެންޓް
މާލީގެ ރިސޯޓު ރަށަކަށް ދިން ހަމަލާއެއްގައި ދެ ފަތުރުވެރިއަކު މަރާލައި އިތުރު ބަޔަކު ރަހީނުކޮށްފިއެވެ. Dhiraagu
މާލީގެ ވެރިރަށް ބަމާކޯގެ އިރުން އޮންނަ ލެކެމްޕްމެންޓް ކަންގަބާއަށް ދިން ހަމަލާގައި ދެ ފަތުރުވެރިއަކު މަރާލާފައިވާ އިރު 30 ވުރެ ގިނަ މީހުން ރަހީނު ކުރި ކަމަށް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ.

މާލީގެ ސަލާމަތާ ބެހޭ ވަޒީރު ސާލިފް ތަރޯރު ވިދާޅުވި ގޮތުގައި އެ ހަމަލާއަކީ ޖިހާދީން ދީފައިވާ ހަމަލާއެކެވެ. ހަމަލާ ދިނުމާއެކު ސަލާމަތީ ބާރުތަކުން ވަނީ ރިސޯޓަށް އަރައި ހަމަލާގައި ބައިވެރިވި ހަތަރު މީހަކު މަރާލާފައެވެ. އަދި ރަހީނުކޮށްފައި ތިބި އެންމެން މިނިވަންކޮށްފައެވެ.

ސަލާމަތީ ބާރުތަކުން ދިން ހަމަލާގައި ދެމީހަކު ޒަހަމުވެފައިވާ އިރު އޭގެތެރޭގައި އާއްމުންގެ މީހަކު ވެސް ހިމެނޭ ކަމަށް މާލީގެ ދިފާއީ މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ގުޅުންހުރި
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]