UKgai Miskithakun Nukui Muslimunthakegge Gaigai Van akun Jassaa Zaham Kollaifi
vfp.mv
HM
HM
އިނގިރޭސިވިލާތުގައި މިސްކިތަކުން ނުކުތް މުސްލިމުންތަކަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
inage
މިސްކިތް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ---ފޮޓޯ:ރިއުޓާސް
  ދުނިޔެ | ހުޅަނގު | 19 ޖޫން 2017 | 0 ކޮމެންޓް
އިނގިރޭސިވިލާތުގެ ފިންސްބަރީގެ މިސްކިތަކުން ނުކުތް މުސްލިމުންތަކެއްގެ ތެރެއަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވޭނެއް ވަދެ އެތައް ބަޔަކަށް އަނިޔާކޮށްފިއެވެ. thegardens
ބީބީސީން ބުނެފައިވާ ގޮތުގައި ލަންޑަނުގެ އުތުރުގައި ހުންނަ ފިންސްބަރީ ޕާކް މިސްކިތުން ނުކުތް ގިނަ އަދަދެއްގެ މުސްލިމުންގެ ތެރެއަށް ވޭން ވަދެފައިވަނީ މިރޭ މަޣުރިބު ނަމާދަށް ފަހު މިސްކިތުން މީހުން ފޭބި ގަޑިގައެވެ.

އެ ހާދިސާއާއި ގުޅިގެން ހުދު ވޭން ދުއްވަން އިން މީހާވަނީ ހައްޔަރުކޮށްފައެވެ. ބީބީސީން ބުނެފައިވާ ގޮތުގައި ވޭން މީހުންގެ ތެރެއަށް ވަދެގެން ދުއްވުމުގެ ސަބަބުން ވޭނުން ޖެހުމުގެ ސަބަބުންނާއި ވޭން މީހުންގެ ގައި މަތިން ދިއުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށްވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

މިސްކިތަކުން ފޭބި މުސްލިމުންތަކެއްގެ ތެރެއަށް ވަދެ ދިން އެހަމަލާ އިނގިރޭސި ސަރުކާރުގެ އިސް ފަރާތްތަކުން އަދި ފުލުހުން ސިފަކޮށްފައިވަނީ "ބޮޑު ހާދިސާއެއްގެ" ގޮތުގައެވެ.

އިނގިރޭސިވިލާތުގެ މުސްލިމު ކައުންސިލުން ވަނީ ވޭން ގަސްދުގައި މީހުންގެ ތެރެއަށް ވަދެ ދުއްވީ ކަމަށް ބުނެފައެވެ. އަދި އެ އަމަލު ކުށްވެރިކޮށްފައެވެ.
ގުޅުންހުރި
އެލްޖީއޭގެ ނިންމުމާ މެދު އިނގިރޭސި ސަފީރު ހިތްހަމަ ނުޖެހުން ފާޅު ކުރައްވައިފި
11 ޑިސެންބަރ 2017
ޔޫކޭގެ އުފެއްދުންތެރިކަން ދަށަށް ގޮސްފި
7 ނޮވެންބަރ 2017
ކުޑަދޮރުގައި ތާށިވެފައި އޮންނަތާ 5 ގަޑިއިރުފަހުން ވަގު ކަލޭގެ ސަލާމަތްކޮށްފި
5 ނޮވެންބަރ 2017
ޖިންސީ ގޯނާގެ ތުހުމަތުތަކާއެކު އިނގިރޭސި ދިފާއީ ވަޒީރު އިސްތިއުފާ ދެއްވައިފި
2 ނޮވެންބަރ 2017
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]