Ooredoo in 421 Million Ruffiya ge Share vikki
vfp.mv
HM
HM
އުރީދޫން 421 މިލިއަން ރުފިޔާގެ ހިއްސާ ވިއްކި
inage
  ވިޔަފާރި | ކުންފުނި | 19 ޖޫން 2017 | 0 ކޮމެންޓް
އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑުން ހިއްސާ ވިއްކުމަށް ހުޅުވައިލި ފުރުސަތުގައި ޖުމްލަ 421 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
އުރީދޫން ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި އެޕްލިކޭޝަން ތަކުގެ ތެރެއިން އެކަށައެޅުނު 8219 ހިއްސާ ދާރުންނަށް ޖުމްލަ 421.3 މިލިއަން ރުފިޔާގެ ހިއްސާ ވިއްކިފައިވާ ކަމަށެވެ.

އަދި އެއީ ދޫކުރެވުނު ހިއްސާގެ 9.5 ޕަސެންޓަށްވާ ޖުމްލަ 140،44،870 ހިއްސާ ކަމަށްވެސް އުރީދޫން ބުނެއެވެ. އުރީދޫން 40 އިންސައްތަ ހިއްސާ ވިއްކުމަށް ހުޅުވައިލިއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ ޙިއްޞާ އެކަށައަޅާފައިވާ ލިސްޓު މިހާރު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީއަށް ފޮނުވިފައިވާކަމަށާއި ރަސްމީ ބަންދު ނޫން 14 ދުވަހުގެ ތެރޭގައިޑިޕޮސިޓް ރިކުއެސްޓެއް ފޮނުއްވުމަށް އެފަރާތުން އެދިފައިވާ ކަމަށެވެ.
ގުޅުންހުރި
އުރީދޫ ކަސްޓަމަރުންގެ އަދަދުވަނީ ބޮޑުތަނުން އިތުރު ވެފައި: އުރީދޫ
2 އޮކްޓޯބަރ 2017
އުރީދޫގެ އަހަރީ އާންމު ޖަލްސާ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ
28 ސެޕްޓެމްބަރ 2017
އުރީދޫގެ "މޮބައިލް ޕްލޭން": ބޭނުން ގޮތަކަށް މޮބައިލް ޕްލޭން ބަދަލުކޮށްލެވޭނެ
26 ސެޕްޓެމްބަރ 2017
"އުރީދޫ ނެކްސްޓް": މިއީ ޑިޖިޓަލް އެންގޭޖްމަންޓް ޕްލެޓްފޯމެއް
19 ސެޕްޓެމްބަރ 2017
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]