Roadha Mahah Palestinege Rayyithunnah Dheefaivaa Luithah Nimumakah
vfp.mv
MIB
MIB
ރޯދަ މަހަށް ފަލަސްތީނުގެ ރައްޔިތުންނަށް ދީފައިވާ ލުއިތައް ނިމުމަކަށް
inage
އިޒްރާއީލު ސިފައިން ހަރަކާތްތެރިވަނީ---ފޮޓޯ:އޭއެފްޕީ
  ދުނިޔެ | މެދުއިރުމަތި | 18 ޖޫން 2017 | 0 ކޮމެންޓް
ރޯދަ މަހާ ދިމާކޮށް ޖެރުއްސަލާމްގައި އުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް ދީފައިވާ ބައެއް ލުއިތައް ނިމުމަކަށް ގެންނަން އިޒްރާއީލުން ނިންމައިފިއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ދީފައިވާ ލުއިތައް ނިމުމަކަށް ގެންނަން ނިންމީ ހުކުރު ދުވަހުގެ ރޭ އިޒްރާއީލު ފުލުހުންގެ އަންހެން އޮފިސަރަކު މަރާލުމާ ގުޅިގެންނެވެ. އުމުރުން 23 އަހަރުގެ ޕޮލިސް ސްޓާފް ސާޖެންޓް ހަދާސް މަލްކާ މަރާލާފައިވަނީ ވަޅިއާއި ބަޑި ބޭނުން ކޮށްގެން ދިން ހަމަލާއެއްގައެވެ.

އިޒްރާއީލުން ދަނީ ރޯދަ މަހާ ދިމާކޮށް ކޮންމެ ހުކުރު ދުވަހަކު ވެސް ފަލަސްތީނުގެ 100 މީހަކަށް އަގްސާއަށް ވަނުމުގެ ހުއްދަ ދެމުންނެވެ.

އެ ހަމަލާ ދީފައިވަނީ ފަލަސްތީނަށް ނިސްބަތްވާ ތިން މީހެކެވެ. އެ މީހުން ހޯދާ އެމީހުން ތިބި ތަންތަން ސުންނާފަތިކޮށްލަން ތައްޔާރުވަމުންދާ ކަމަށް އިޒްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫވަނީ ބުނެފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ދީފައިވާ ލުއިތައް ނިމުމަކަށް ގެންނަނީ ކަމަށް އިޒްރައީލުން ބުނެފައިވާ އިރު މިހާރު ވެސް ގައްޒާގައި އުޅޭ ފަރާތްތަކަށް ކަރަންޓެއް ނުލިބެއެވެ.
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]