Chicku ah ramazan mahu break eh
vfp.mv
MIB
MIB
ޗިކޫ އަށް ރަމަޟާން މަހު ބްރޭކެއް
inage
- އިބްރާހިމް ރަޝްވާން (ޗިކޫ)
  ފޭޑި | މީހުން | 18 ޖޫން 2017 | 0 ކޮމެންޓް
މި ވަގުތު ރާއްޖޭގެ ބާސްކެޓްބޯޅައިގައި އެންމެ އަލިގަދަ ތަރިއަކީ ޒުވާން ކުޅުންތެރިޔާ އިބްރާހިމް ރަޝްވާން (ޗިކޫ) އެވެ. އުމުރުން އެންމެ 23 އަހަރުގެ ޗިކޫ އަކީ މިހާރު ރާއްޖޭގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ. ހަގު އުމުރެއްގައި ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދީ، ސީނިއާ ކުޅުންތެރިންތަކެއް ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ޗިކޫގެ ފެންވަރު އޭނާ ވަނީ ގައުމީ ފެންވަރު އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސާބިތުކޮށްދީފަ އެވެ.
ޗިކޫ އަކީ ޓްރެއިނިންތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކުޅުންތެރިޔެކެވެ. ޗިކޫ މިހާރު ހުރި ފެންވަރަށް ވެސް ދިޔައީ އޭނާގެ ބުރަ މަސައްކަތުންނެވެ. އެކަމަކު ޗިކޫ އަދިވެސް މަސައްކަތްކުރަނީ ކުރިއެރުމަށެވެ. އަމިއްލަ ކުރިއެރުމަށް ކުރަންޖެހޭ މަސައްކަތަށް ޗިކޫ ސަމާލުކަން ކުޑައެއް ނުކުރެ އެވެ.



ކޮންމެ އެތުލީޓަކަށް ވެސް، ރަމަޟާން މަހަކީ ޓްރެއިނިން އާއި ކެއުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ މަހެކެވެ. ރަމަޟާން މަހު ރަނގަޅު ޑައިޓަކާއެކު، ޓްރެއިނިން ކުރިއަށް ގެންދިއުމަކީ ބައެއް އެތުލީޓުންނަށް ޗެލެންޖެކެވެ.


ޗިކޫގެ ޓްރެއިނިން ރަމަޟާން މަހު އޮންނަނީ ކިހިނެއް؟

އެކަމަކު ރަމަޟާން މަހަކީ ޗިކޫ އަށް "ރެސްޓް" މެހެކެވެ. ކްލަބާއި ގައުމީ ޓީމާއެކު ކުރި ބުރަ ޓްރެއިނިންތަކާއި، ކުޅުނު ވަރުގަދަ މެޗުތަކަށް ފަހު، ރަމަޟާން މަސް ޗިކޫ ބޭނުންކުރަނީ އަރާމުކޮށް، ހަށިގަނޑަށް ކޮންމެ ވެސް ވަރެއްގެ ރެސްޓެއް ދިނުމަށެވެ.

"ރޯދަ މަހު ހަމަ ބުނެވޭނީ މިއީ ކުޅިވަރުން ރެސްޓެއް ލިބޭ މަހެކޭ. އާންމުކޮށް މި ކުރާ ހާޑް ޓީމު ޕްރެކްޓިސްތަކެއް ރޯދަ މަހު ނުކުރަން. އެހެންވީމަ ހަމަ ރެސްޓްކުރާ މަހެކޭ ބުނެވޭނީ" ޗިކޫ ބުންޏެވެ.

އެހެން ނަމަވެސް، ރަމަޟާން މަހު ވެސް ޗިކޫ ފިޓްނަސް ހިފަހައްޓަން މަސައްކަތްކުރެ އެވެ. ޖިމްގައި ވެއިޓް ޓްރެއިނިން ހަދައި، ރޭގަނޑު ރައްޓެހިންނާއެކު ކުޅެން ގޮސް، ޗިކޫ ފިޓްނަސް ހިފެހެއްޓުމަށް މަސައްކަތްތަކެއް ކުރެ އެވެ.

"ރެސްޓެއް ކަމަކު ފިޓްނަސް ހިފަހައްޓަން ޖެހޭނެ. އެހެންވެ ރޯދަ މަހު ޖިމް އަށްދަން. ދެން ތުރީ އޮން ތުރީ މުބާރާތްތަކުގައި ވެސް ކުޅެން. ރޭގަނޑު ރައްޓެހިންނާއެކު ކުޅެލަން ވެސް ދަން" ޗިކޫ ބުންޏެވެ.



ރަމަޟާން މަހު ޗިކޫގެ ޑައެޓް އޮންނަނީ ކިހިނެއް؟

ރަމަޟާން މަހަކީ އޮފް ސީޒަނަށްވުމާއެކު، ޗިކޫ ވަކި ހާއްސަ ޑައެޓެއް ނުގެންގުޅެ އެވެ. އެހެން ނަމަވެސް، ޗިކޫ ކެއުމަށް ބަލަ އެވެ. މާ ހަރުކަށި ޑައެޓެއް ނެތަސް، ޗިކޫ ކެއުން ކުރިއަށް ގެންދަނީ ހަށިގަނޑަށް ވިސްނައިގެނެވެ.

"އޮފް ސީޒަން ވީމަ މާ ބޮޑު ޑައެޓެއް ނުގެންގުޅެން. އެކަމަކު ހަމަ ކޮންމެ ވެސް ވަރަކަށް ބަލަން ކެވޭ އެއްޗެއްސަށް" ޗިކޫ ބުންޏެވެ.



ރަމަޟާން މަހު އެންމެ މުހިންމު ކަމަކީ ފިޓްނަސް ދެމެހެއްޓުން

ޗިކޫ ބުނީ ރަމަޟާން މަހަކީ ކެއުން ބުއިމަށް އާންމުކޮށް ބޮޑު ބަދަލުތަކެއް އަންނަ މަހެއް ކަމަށްވުމުން، ބައެއް މީހުންނަށް ފިޓްނަސް މެއިންޓެއިންކުރަން އުނދަގޫވާ ކަމަށެވެ. އެކަމަކު ރަމަޟާން މަހު ވެސް، ފިޓްނަސް ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޗިކޫ ބުނެ އެވެ.



"ބައެއް މީހުންނަށް ވާގޮތަކީ ރަމަޟާން މަހު ޓްރެއިނިން އާއި ކަސްރަތު އެއްކޮށް މި ހުއްޓާލަނީ. އަސްލު މީގައި އެންމެ މުހިންމު ކަމަކީ މެއިންޓެއިން ކުރުން. ރަމަޟާން މަހު ވެސް ފިޓްނަސް މެއިންޓެއިން ކުރުން ވަރަށް މުހިންމު ކެއުމަށް ބަލައިގެން" ޗިކޫ ބުންޏެވެ.
ގުޅުންހުރި
އެމްބީއޭ ޗެމްޕިއަންޝިޕް މިރޭ ފަށަނީ
22 އޯގަސްޓު 2017
ސާބާ ޗެމްޕިޔަންޝިޕްގައި ނޭޕާލާއި ބައްދަލު ކުރި މެޗުން ވެސް ރާއްޖެ ބަލިވެއްޖެ
21 މެއި 2017
ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތެއް ރާއްޖޭގައި
9 މެއި 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]