Adheeb Maraa Hanguraama Kuranee, Haalugai Jehunu Dhuvahu Ekaku Ves Nei!?
vfp.mv
MIB
MIB
އަދީބު މަރާ ހަނގުރާމަކުރަނީ، ހާލުގައި ޖެހުނު ދުވަހު އެކަކުވެސް ނެތް!؟
inage
އަހުމަދު އަދީބު
  ރިޕޯޓް | ސިޔާސީ | 18 ޖޫން 2017 | 16 ކޮމެންޓް
ދުނިޔެ އޮޅެމުން ނިއުޅެމުން، ދުވަސްތައް މާޒީއާއެކު ވެގެންދާއިރު ހާދަހާވާ ގިނަ އިބްރަތްތަކެއް ދޫކޮށްފައިދެ އެވެ. ވަފާތެރިންނާއި ބޭވަފާތެރިން، ރަހުމަތްތެރިންނާއި ހަތުރުން ދައްކަ އެވެ. ލޯޯތްބާއި ހަމްދަރުދީއާއި ކުލުނު، އަނިޔާއާއި ބޭއިންސާފުގެ ރަހަތައް ދައްކަ އެވެ. އަހުމަދު އަދީބުގެ ހަޔާތުގެ ކުލަތަކަށް ނަޒަރު ހިންގާލި ކޮންމެ މީހަކަށް ވެސް މިފަދަ ފިލާވަޅުތަކެއް ލިބިގެންދާނެ އެވެ. އަދީބުގެ ހަޔާތުގެ ކުލަތަކަށް ބަލާލި ކޮންމެ މީހަކަށް ވެސް، ދުނިޔެ ހިނގަނީ ވިޔެފައި ހުންނަ ތޮށަލި ދުޅައެއް ހެން އެއްވަތް މަތީން އެއްވަތް ދަށުންކަން ހާމަވެގެންދާނެ އެވެ. jausa
އަދީބުގެ ރަން ޒަމާނަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކަތާތްތެރިވަމުން ދިޔަ "ފެމުނު"ތަކަށް ވަރަށް ފާގަތި، ތަނަވަސް ދުވަސްތަކެކެވެ. މި ބަޔަކު ތިބީ "ފެމުނު"ތަކެއްހެން އަނގަ ހުޅުވާލައިގެންނެވެ. އެއްޗެއް ދިއްކޮށްލާއިރަށް ބޯލަނީ އެވެ. ދިން ވަރެއް ހަމަ ހެޔޮ ވަރެކެވެ. ފުރޭ އެއްޗެހިތަކެއް ނޫންކަން އެނގެނީ ދިވެހި ބައިތުލްމާލުގެ ފޫކަހާލާ ހިސާބަށް ދިޔައިރު ވެސް، ކައިކައި ބަނޑު ބޮޑުވި ކަމަށް ނުވާތީ އެވެ.

އެއިރު މިހެން އުޅުނު ސިޔާސީ މީހުންނެކޭ ވަފާތެރި"ކުއްތާ"ތަކެކޭ އެއްގޮތެވެ. އަބަދު އަދީބުގެ ވަށާލައިގެންނެވެ. މުސްކުޅިން ބުނެ އުޅޭ ފަދައިން، ހަކުރު ދެންޏާ ބޮޑުބޭބެ އެވެ. އެއިރު އަދީބަކީ ބޮޑުބޭބެ އެވެ. ނުވަތަ ޒަމާނީ ގޮތުން ބްރޯ އެވެ. އަދީބު ވަށާލައިގެން މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާއި އެހެނިހެން ވެސް ސިޔާސީ މީހުން އުޅުނު ގޮތުން، އަދީބަށް އަނބިކަނބަލުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ވެސް ދޫކޮށްނުލާނަމޭ ބުނާ ފަދަ އެވެ. އެ ބަޔަކު އަދީބު ދެކެ އިޝްގީ ލޯބިވެގެން އުޅުނު ފަދަ އެވެ.

އަދީބާ ދިމާލަށް އެއްޗެކޭ ބުނާ އިރަށް، ތުހުމަތެއް ކޮށްލާއިރަށް، "ސައިބޯނި ބޮއްކޭ" "ޖަމަލު ފޮޑިއޭ" ކިޔާ އުޅުނު އަޑު ވެސް ދިރިތިބި ބަޔަކަށް ވިއްޔާ ވާނީ އިވިފަ އެވެ. ފެނުގެ ނިއުމަތް ލިބިފައި ތިބި ބަޔަކަށް ވާނަމަ، އަދީބުގެ އަނގަޔަށް ކޭކު ލައްވައި، މި ބަޔަކު އުޅުނު ގޮތް ވެސް ވާނީ ފެނިފަ އެވެ. އިވުމުގެ ނިއުމަތް ހުރި ބަޔަކަށް އަދީބޭ ކިޔައިގެން މި ބަޔަކު ދެއްކި ވާހަކަތައް ވެސް ވާނީ އިވިފަ އެވެ. ވިސްނުމުގެ ނިއުމަތުގެ ބޭނުން ހެޔޮ ގޮތުގައި ކުރާ މީހުންނަށް އެއިރު ވެސް މިވެގެން އުޅޭގޮތް އޮޅިފައެއް ނެތެވެ.

އިރު ފެނުގައި ޖެހި އެ ދުވަސް ފާއިތުވެއްޖެ އެވެ. އަދީބުގެ ހަޔާތް ބަނަވެ، އެކަނިވެރިކަމާއެކު ކުޑަގޮޅިއެއްގައި އޮންނަން ޖެހިއްޖެ އެވެ. ރޭގަނޑުގެ އަނދިރިކަމާއި ދުވާލުގެ ގަދަ ހޫނު އެކަނިމާއެކަނި ތަހައްމަލު ކުރަން ޖެހިއްޖެ އެވެ. އާދޭހެވެ. ފޮނިކޮޅު ހުސްވުމުން، އެއިރު އަދީބުގެ ވަށައިގެން އެނބުރުނު މެހިމާބުރުތައް އޭނާ ދޫކޮށް ފިލައިފި އެވެ. ދޭނެ ހަކުރެއް ނެތުމުން ބޭނުން ކެނޑުނީ އެވެ. ބަލި ހާލުގައި އޮތް އިރު، ބޭސްފަރުވާ ކޮށްލަން ވަކާލާތު ކޮށްލާނެ ވަރު ވެސް އޭގެން އެކަކުގެ ވެސް ނެތީ އެވެ.

އަދީބު ވިދާޅުވީ ތެދެކެވެ. އެކުވެރިންނާއި، އާއިލާއާއި، ހެޔޮއެދޭ މީހުންނާއި، ގާތް ތިމާގެ ކަމަކީ ކޮބައިކަން އޭގެ ފުރިހަމަ މާނައިގައި އޭނާއަށް ދަސްކޮށްދިން އެދުރަކީ ޖަލުގެ އެކަނިވެރިކަމެވެ. އެންމެ ގާތް ހެޔޮ އެދޭ މީހުންނަކީ ދަތި އުނދަގޫ ވަގުތުތަކުގައި އެކުގައި ތިބޭ މީހުންނެވެ. ގަދަ ކަނޑުގައި ދަތުރުކުރަންޖެހޭއިރު، އެކުގައި ތިބޭ މީހުންނެވެ. ނަމަވެސް، ދުނިޔެ ހިނގާ ބަދަލުވުމެއް ނެތް އުސޫލާ މެދު ފިކުރުކޮށްލައްވަ ބައްލަވާށެވެ.

އަދީބު މެދުވެރިކޮށް ހިންގި ޖަރީމާތަކަކުން މާލީ ފައިދާ ލިބިގަނެގެން އެތައް ބަޔަކު މުއްސަނދިވެއްޖެ އެވެ. ކާރުތަކާއި، އަނގޮޓިއާއި ގަޑިތަކާއި، ފިހާރައާއި ގެއާއި ބިމާއި ރަށް ނަގައިގެން ބަޔަކު ދުނިޔެ ހޯދައިފި އެވެ. މި ދުވަހު، ހާލުގެ ދުލުން އާދޭހާއެކު މަދަދަކަށް އަދީބު އެދެމުންދާއިރު، އެ މީހުން އެ ދެނީ ބީރުކަންފަތެކެވެ. އަދީބުގެ ބޮލުގައި އަތްއަޅައި އަޑިއަށް ގަންބާލަނީ އެވެ. އަދީބު މަރާ ހަނގުރާމަކުރަމުންދާއިރު، އަދީބު ބޭނުންކޮށްގެން ދުނިޔޭގެ ޖާހާއި އުފަލާ އަރާމާއި ލައްޒަތު ހޯދި މީހުން އިންތިޒާރު ކުރަން އެ ދަނީ އަދީބުގެ މަރަށެވެ.

އަދީބުގެ ހަޔާތުގެ ކުލަތަކަކީ ދިރިތިބި ބަޔަކަށް ފިލާވަޅެކެވެ. އިބްރަތް ހާސިލުކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ނަމަ، މަންފާ ކުރާނެ އެވެ. ވިސްނާ ފިކުރުކުރަން ބޭނުންނުވާ ބަޔަކަށް ނަމަ މިއީ، ބޭކާރު ތާކުންތާކުނުޖެހޭ ދެއުޅިއެއް ނުވާ ހުސް އަނގަ އެވެ.
ގުޅުންހުރި
"އަދީބު ނައިބު ރައީސަށްވީ ހިސާބުން ވެރިކަން ވައްޓާލަން މައުމޫން މަސައްކަތް ފެއްޓެވި"
15 އޭޕްރީލް 2018
ނަސަންދުރަ މައްސަލާގައި 74 މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަން އަދީބަށް އަންގައިފި
3 އޭޕްރީލް 2018
އަދީބު ބޭރަށް ގެންދިއުމަށް ދިން ލަފާ މެޑިކަލް ބޯޑަށް ހުށަނާޅާ އޮންނަތާ ދެ މަސް!
1 އޭޕްރީލް 2018
ދެ މަސް ދުވަހަށް ފަހު އަދީބަށް އާއިލާއާއި ބައްދަލުކުރުމުގެ ފުރުސަތު ދީފި
31 މާޗް 2018
ހިޔާލު

ާަެެެަަިިްބުރޯ
އެފަރަާތުން ކިތަންމެ ގަދަފަދަ ބާރެއް ދެއްވިޔަސް އޭގެ ޒާތުގަ ިހފަންނޭގެންޔާމު ތިކަހަލަ ހިތިނަތީޖާ ނިކުންނާނެ.
ބުޗް
ހެހެއް! ތީ އެއްކަލަ ބޭބެމެން ކުރިން ދެއްކި ވާހަކަ!
ތިބާ އަށް ބާރެއް ލިބޭހިނދު ބޮޑާވެ އާރާއި ބާރު ލިބުނު ގޮތާއި ބާރު ދެއްވި ފަރާތް މަތިން ހަނދާން ނެތުމުގެ ނަތީޖާ ފެނިގެން ދާނީ ތިފަދަ ގޮތަކަށޭ ބުނެވިދާނެ!
އަދީބު
ޔާމީނުއަށް ވެސް ހަމަ މިފަދަ ގޮތެއް މެދުވެރި ކުރައްވާށި..
މިތުރު
ޑުރާ މާނިމޭ ގޮތް ބަޅަމާ
ފިރުއައްނު ވެސް އުޅުނު ދުނިޔޭގަ
ތިމާމެން ކުރާ ކަންތަށް އަނެކާ އައް ނޭގޭ ކަމަށް ހީނުކުރޭ .
ޞެރުބީލް
ޢަދީބަށް އަދީބު އޮޅުނުގޮތް މިރިޕޯރޓްގައި ލިޔެލިނަމަ އަހަރެން މިރިޕޯރޓަށް ސަތޭކަ މާކްސް ދޭނަން.
علي
Well said
ޡަހުރަނާ
ޢަދީބު އައްވެސް ބޭސްފަރުވާ ކުރެވެންޖެހޭނެ. ޢަދީބައް މާތްﷲ އަވަސް ޝިފާޢެއް މިންވަރު ކުރައްވާށި.
އަދީބާ
އަދީބްއާ އެއްކޮޅަން ވާހަކަދައްކާ މީހުން ޖަލަންލާނެ ޔާމީނަކީ އެކަހަލަ މީހެއް . އެހެންވެ ބިރުގަންނަނީ
ވަހީދު
މިހާރު އެންމެން ވެސް ބޭނުންވަނީ އަދީބު ބޭރުގެ ގައުމުކަށް ގެންގޮސް ފަރުވާ ކުރުމެވެ. އެކަމަކު ރާއްޖޭގެ ރައީސް މަރާލަން އުޅުނު މީހަކު އެހެން ބޭރުގެ ގައުމަކަށް ފުނުވުމުން އެތަނަކުން ހިމާޔަތް ހޯދައިގެން އެތަނުގައި ގޭންގު ހިންގަން ފުރުޞަތު ދޭން ސަރުކާރުން އަދި ބޭނުމެއް ނޫނެވެ، ރައީސް ނަޝީދު ވެސް މައިބަދައަށް ބޭސް ކުރަން އެދިޔަގޮތައް ....
ޛުލް
ހަޔާތުގެ ކުލަތައްhttps://youtu.be/MZw3oplhesM
ކަތީބު
ތިމާ ފޭހުނު އިލޮށި ހެރޭނިީ ހުދު ތިމާގެ ލޮލަށް. އަދީބު މިނިވަންކުރަން އިދިކޮޅުން ބޭނުންވަނީ ޔާމީން ފަލީހަތް ކޮށްލަން އަދި ޔާމީނު އެޙާ ބިރުން އުޅެނީވެސް އެހެންވެ. މި ދެން ވަރަށް ވާހަކަ. ވިސްނާފިކުރުކުރާ ބަޔަކައް އެގޭނެ.
ވަރައް ފަސޭހަ
އަދީބައް ތައުބާވާން ލިބުނު ފުރުސަތެއް ނަމާދުކޮއްގެން ދުއާކުރޭ އެކަލާންގެ ބައްލަވާ ވޮޑިގެންވޭ
އަލީ
އަދީބު ބަލި - އަދީބު ބައްޔެއް ނޫން. އަޖައިބެއްފަދަ ކަމެއްމީ. މީހަކުގެ ބަލިކަން ނުވަތަ ނޫންކަން ސާބިތުވާވަރަށް ވެސް ތަދާ ދޮގު އޮޅެނީތަ މިގައުމުގައި؟ ޑރ ކޯޓަށް ހާޒިރު ކުރަންވީނުން. ؟؟
އަލީ
ލައްބަ ލައްބަ... އަދީބު އަތުން ނަގާގެން ވެޑިން ޕާޓީބާއްވާ.. ހަނީމޫނަށްގޮސް ވިޔަފާރި ފަށާ ގެދޮރުގެ ކުލިދައްކާ ސާކަލާ ކާރުގަނެ ރީތި ހެދުން ގަނެ އެ ހެދުންތައް މިހާރުވެސް ލާގެންއުޅޭ މީޙުން ކޮބާތަ؟ އަޅެފަހެމީ ވަހަކި މީހެއްގެ ވާހަކައެއް ނޫން. ވަރަށް ބައިވަރު މީހުންގެ ވާހަކަ.

މިމީހުން ހަމަ މިއަދު ބުނަންވީތަ އަހަންނަކަށް ނޭނގެޔޭ އެއީ ވަގުލާރިކަމެއް. އަހަންނަކަށް ނޭނގެއޭ އެއީ ކޮރަޕްޓްލާރިކަމެއް. ކާކުތޯ ގަބޫލުކުރަނީ. އެފައިސާގައި އެއްވެސް ބަރަކާތްތެރިކަމެއް ނެތްކަންޔަގީން. އަދި ކުރިއަށް އޮތްތަނުންވެސް އެފައިސާއިން ކުރިކަންކަމުން ބޮޑެތި ބަދުނަސީބުތައް އަންނާނެ. ތައުބާވެބަލަ.
ޒީ
ތިއީ މިހާތަނަށް ޢަހަރެމެންނަށް ފެނުނު ެންމެ އިބްރަތްތެރި ދިރި ހުރި މިސާލު .ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެނަވަނީ ﷲ
ޑގ
ޚޮބައިތޮ ތިގޮތަށް ދިމާވި އެހެން މީހުންތައް

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]