Lanka ah Ethre Kuran Ulhunu 2000 ah Vure Gina Kahanbu Hifahataifi
vfp.mv
HM
HM
ލަންކާއަށް އެތެރެކުރަން އުޅުނު 2000 އަށްވުރެ ކަހަބު ހިފަހައްޓައިފި
inage
ލަންކާ އަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތް ޓޯޓޮސަސް--
  ދުނިޔެ | އޭޝީއާ | 18 ޖޫން 2017 | 0 ކޮމެންޓް
ގަވާއިދާ ހިލާފަށް ސްރީލަންކާއަށް އެތެރެކުރަން އުޅުނު 2000 އަށްވުރެ ކަހަނބު ހިފަހައްޓާ މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ލަންކާގެ ދުވަހު ނޫހެއް ކަމަށްވާ ޑެއިލީމިރާ.އެލްކޭ އިން ރިޕޯޓުކޮށްފައިވާ ގޮތުން ސްރީލަންކާގެ ނޭވީން ވަނީ 2089 ކަހަނބު އަތުލައިގަނެފައެވެ. އެތަކެތި މަރު ނުވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ކަހަނބު އެތެރެ ކުރަން މަސައްކަތްކޮށްފައިވަނީ ކަލްޕިޓިޔާ ކައިރިން ޑިންގީއެއްގައި އިއްޔެއެވެ.



ލަންކާގެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން އެތަކެތި އެތެރެ ކުރަން މަސައްކަތްކޮށްފައިވަނީ އިންޑިއާއިންނެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހުން ތަފުސީލު އެ ނޫހުން ހާމަކޮށްފައިނުވެއެވެ.


ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]