Athif: Rodha Mahuves Varubali Kameh Neh
vfp.mv
VFPBAAZAARU
HM
HM
އާތިފް : ރޯދަމަހު ވެސް ވަރުބަލި ކަމެއް ނެތް
inage
- އަހުމަދު އާތިފް
  ފޭޑި | މީހުން | 17 ޖޫން 2017 | 2 ކޮމެންޓް
އަހުމަދު އާތިފް އަކީ ދިގު ރާސްތާ ދުވުމުގައި މިހާރު ފާހަގަކޮށްލެވޭ ނަމެކެވެ. ދިރާގު ރޯޑް ރޭހުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ވާދަކުރުމަށް ފަހު، ދިގު ރާސްތާ ދުވުމަށް އުފެދުނު ޝައުގުވެރިކަމާއެކު އާތިފް ދުވުމުގައި ކުރިއަށް ދިޔައީ ފަސްބެލުމެއް ނެތި އެވެ. މިހާރު ދިގު ރާސްތާ ދުވުމުގައި ރާއްޖޭގައި ހުރި އެންމެ ވަރުގަދަ އެއް ދުވުންތެރިޔަކީ އާތިފެވެ. Dhiraagu
އާންމުންގެ ތެރޭގައި އާތިފް އެންމެ ބޮޑަށް މަޝްހޫރުވީ މިދިޔަ އަހަރު މާލެ ވަށައި ނުހުއްޓި 24 ގަޑިއިރު އޭނާ ދުވުމުންނެވެ. އޭގެ އިތުރުން އާތިފް ވަނީ ރާއްޖޭން ބޭރުގައި އޮތް ދެ އަލްޓްރާ ރަންގައި ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ އުނދަގޫ ރޭސް ކަމަށްވާ ސެންޗޫރިއަން އަލްޓްރާ މެރެތަން ހިމެނެ އެވެ.މީގެ އިތުރުން އާތިފް ދަނީ ފަލި ޖަހައިގެން މުޅި ރާއްޖެ ވަށައި ބުރެއް ޖެހުމުގެ ވަރުގަދަ ޗެލެންޖަށް ތައްޔާރުވަމުންނެވެ.

ރަމަޟާން މަހު ވެސް، އާތިފް އޭނާގެ ޓްރެއިނިންތައް ކުރިއަށް ގެންދެ އެވެ. ރަމަޟާން މަހުގައި އެހެން ކުޅިވަރު އެތުލީޓުންނާ އެއްގޮތަށް، އާތިފް ވެސް ޓްރެއިނިން އާއި ޑައެޓަށް ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް ގެނެ އެވެ.

ރަމަޟާން މަހު ވެސް އާތިފްގެ ޓްރެއިނިން ކުރިއަށް

"ރޯދަ މަހު ކާން މި ލިބެނީ ގާތްގަނޑަކަށް ހަ ގަޑިއިރު. ހަމަ ކޮންމެ ދުވަހަކު ވެސް ތިން މީލް އެބަ ފައްތަން ހަ ގަޑިއިރަށް،" އާތިފް ބުންޏެވެ. "ރޯދަ ވީއްލާއިރު އާންމުކޮށް ހަމަ ރޮށި މަސްހުނި ކަހަލަ އެއްޗެއް ބޭނުންކުރަނީ. ހަވާދު، ހެދިކާ ޒާތުގެ އެއްޗެހި ބޭނުންކުރުމުގެ ބަދަލުގައި، ކެލަރީ އިންޓޭކަށް ހަމަ ވަރަށް ބަލައިގެން ކުރިއަށް ގެންދަނީ."ރަމަޟާން މަހު "ފިކްސްޑް ޝެޑިއުލް" އެއް ނޯންނަ ކަމަށް އާތިފް ބުނެ އެވެ. އެކަމަކު ބަހާލައިގެން، ލައިޓް ޓްރެއިނިންތަކެއް ރަމަޟާން މަހު އާތިފް ކުރިއަށް ގެންދެ އެވެ.

"ރަމަޟާން މަހު ވަކި ފިކްސްޑް ޝެޑިއުލްއެއް ނޯންނާނެ. ހަފުތާއަކު 4 ނުވަތަ 3 ދުވަހު ހަމަ ލައިޓްކޮށް ދުވަން ނިކުންނަން،" އާތިފް ބުންޏެވެ. "ދެން ދުވަން ނުދާ ބައެއް ދުވަސްތަކުގެ ހަވީރު ފަތަން ދަން. ގާތްގަނޑަކަށް 45 މިނިޓު ދުވެލެނީ. ދެން ރޭގަނޑު ބައެއް ދުވަސްތަކުގައި ޖިމް އަށް ދަން."

އާތިފް ބުނީ ރަމަޟާން މަހު އެންމެ މުހިންމު ކަމެއް އޭނާ ދެނީ ގިނައިން ދިޔާ އެއްޗެހި ބޭނުންކޮށް، "ހައިޑްރޭޝަން" ހިފެހެއްޓުމަށް ކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް ދުވާލު އެއްވެސް އެއްޗެއް ނުކައި ނުބޮއެ ހުންނައިރު، ރޭގަނޑު އެބަޖެހޭ ވަރަށް ރަނގަޅަށް ފެން ބޯން. ވަރަށް ބޮޑު އިސްކަމެއް ދެން ވީހާ ވެސް ގިނައިން ދިޔާ އެއްޗެހި ބޭނުންކޮށް، ހައިޑްރޭޓްވުން ވަރަށް މުހިންމު،" އާތިފް ބުންޏެވެ.ރަމަޟާން މަހު ހަވީރު ދުވަން މާ ފަސޭހަ

ރަމަޟާން މަހު ހަވީރު ކަސްރަތު ކުރަން ބައެއް މީހުން ނިކުތް ނަމަވެސް، އާންމުގޮތެއްގައި ރަމަޟާން މަހު ހަވީރު ކަސްރަތަށް ނުކުމެ އުޅޭތަން ފެންނަނީ މަދުބައެކެވެ. ގިނަ މީހުން ކަސްރަތު ކުރަން ނިކުންނަނީ ރޯދަ ވީއްލުމަށް ފަހު އެވެ.

އެކަމަކު އާތިފް ބުނީ ރަމަޟާން މަހު ހަވީރު ދުވަން މާ ފަސޭހަ ކަމަށެވެ.

"ރަމަޟާން މަހު ވާ ގޮތަކީ ހަވީރު ދުވާއިރު ހަށިގަނޑު ވަރަށް ލުއިކޮށް ހުންނަނީ. އާންމު މަހެއްގައި ހަވީރު ދުވުމަށްވުރެ، އަސްލު ރޯދަ މަހު ހަވީރު ޓްރެއިންކުރަން މާ ފަސޭހަ" އާތިފް ބުންޏެވެ.

އާތިފް ބުނީ ދުވަން ނުކުންނަ މީހުންނަށް ރަމަޟާން މަހު ހަވީރު ދުވަން ރެކޮމެންޑްކުރާ ކަމަށެވެ.

"ރޯދަ މަހު ހަވީރު ކަސްރަތުކުރަން ނުކުންނަ މީހުން ހަމަ އެގޮތަށް ކޮންޓިނިއު ކުރޭ. ރެކޮމެންޑްކުރާ ކަމެއް އެއީ. ހަމަ ރިސަލްޓްސް ފެންނާނެ" އާތިފް ބުންޏެވެ.އާތިފް ބުނީ ރަމަޟާން މަހު ފިޓްނަސް ހިފަހައްޓަން މަސައްކަތްކުރާއިރު، ދެން އެންމެ މުހިންމު ކެއުމާއި ހައިޑްރޭޝަނަށް ބެލުން ކަމަށެވެ.

- ވީޑިއޯ: އާތިފް: ރޯދަމަހު

"ހައިޑްރޭޝަނަކީ ވަރަށް މުހިންމު ކަމެއް. ވީހާ ވެސް ގިނައިން ދިޔާ އެއްޗެހި ބޭނުންކޮށްގެން، ހައިޑްރޭޝަން ހިފެހެއްޓުން ވަރަށް މުހިންމު" އާތިފް ބުންޏެވެ.
ގުޅުންހުރި
މާލޭ ފިޓްނަސް ކްލަބުގެ ފިޓްނަސް އިންސްޓްރަކްޓާ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި
6 ޑިސެންބަރ 2017
ބައިސްކަލް ދުއްވުން: ސިއްހަތަށް ގިނަ ފައިދާތަކެއް ލިބޭ
6 ނޮވެންބަރ 2017
މިސްޓަ މޯލްޑިވްސް އަށް ރަމަޟާން މަހު މާބޮޑު ތަފާތެއް ނެތް
21 ޖޫން 2017
ހިޔާލު

އިކްރާމް
ފަލި ޖަހާގެން ރާއްޖެ ހުރަސްކުރަނީ ؟؟؟ ވާނެ ކަމެއްބާ؟ ރިޔަލު ދޯންޏެއްގައި ދިއުމާއި ފަލިޖާފައި ދިއުން ވަރަށް ތަފާރުވާނެ
އަލީ
ސަޅި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]