Samsung CHG90 mi e Emme Fulhaa Monitor
vfp.mv
MIB
MIB
ސެމްސަންގެ ސީއެޗްޖީ 90 މިއީ އެންމެ ފުޅާ މޮނީޓާރ
inage
ސެމްސަންގެ ސީއެޗްޖީ90
  ޓެކްނޮލޮޖީ | | 17 ޖޫން 2017 | 0 ކޮމެންޓް
އެންމެ ފުޅާ މޮނީޓާރ، 49 އިންޗީގެ ސުޕާރ އަލްޓްރާ ވައިޑް އަދި ކާވްޑް ކޮމްޕިއުޓަރ މޮނީޓަރ "ސީއެޗްޖީ90 ގޭމިންގ މޮނީޓާރ" ސެމްސަންގއިން ނެރެފިއެވެ. Dhiraagu
ގޭމް ކުޅުމަށާ ޑިޒައިން، އާޓް އަދި މީގެ އިތުރުން ކޮމްޕިއުޓަރުން އެއްފަހަރާ ގިނަ މަސައްކަތް ކުރާ މީހުންނަށް ފުޅާ ކޮމްޕިއުޓާރ މޮނީޓަރެއް އެއީ ވަރަށް މުހިންމު އެއްޗަކަށް ވެއެވެ.

އާދައިގެ މޮނީޓާރުގެ ފުޅާމިނާއި ދިގުމިނުގެ ރޭޝިއޯ 16:9 ގައި ހުންނައިރު މީގެ ކުރީންވެސް އެއަށްވުރެ ފުޅާ އަލްޓްރާ ވައިޑް މޮނީޓާރ 21:9 ރޭށިއޯގައި ނެރެފައި ވެއެވެ. މިހާރު މިނެރުނު ސުޕާ އަލްޓްރާ ވައިޑް މޮނީޓާރގެ ރޭޝިއާގައި 32:9 ހުރެއެވެ.

- އެއް މޮނީޓަރަކުން އެއްފަހަރާ އެތައްކަމެއް ކުރެވޭނެ

މިދިޔަ ހަފްތާގައި ސެމްސަންގއިން ތައާރަފް ކުރި މި މޮނީޓަރަކީ އެމީހުންގެ ގޭމިންގ ސީރިސްގެ މޮނީޓަރެކެވެ. އަދި މި މޮނީޓަރުގައި ގޭމިންގއަށް ހާއްސަކޮށް އަވަސް ހަރަކާތްތަކަށް އިޖާބަދިނުމުގެ ގާބިލްކަމާއި އޭއެމްޑީ ފްރީ ސިންކް 2 ގެ ޓެކްނޮލޮޖީ ހިމެނެއެވެ.

ސީއެޗްޖީ 90 މޮނީޓަރު ސޭމްސަންގ ވެބްސައިޓުން މިހާރު ޕްރީއޯޑާރ ކުރެވެއެވެ.
ގުޅުންހުރި
ސެމްސަންގެ އާންމުދަނީ ރެކޯޑް އަދަދަކަށް މައްޗަށް
31 އޮކްޓޯބަރ 2017
އެންމެ ގިނަ ޕްރި-އޯޑަރ ލިބުނު ނޯޓް ސީރީޒް ފޯނުގެ މަގާމު ނޯޓް 8 އަށް
12 ސެޕްޓެމްބަރ 2017
ސެމްސަންގް ގެލެކްސީ ނޯޓް8، މިފަހަރު ހޮސްޕިޓަލަށް ދާކަން ނުޖެހޭނެ
24 އޯގަސްޓު 2017
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]