Super Mario Odyssey Release Kurun October Mahu
vfp.mv
MIB
MIB
"ސުޕަ މާރިއޯ އޮޑޭސީ" ރިލީޒް ކުރުން އޮކްޓޯބަރު މަހު
inage
ސުޕަ މާރިއޯ އޮޑޭސީ
  ޓެކްނޮލޮޖީ | | 14 ޖޫން 2017 | 0 ކޮމެންޓް
ޒަމާނީ ގޭމްތައް އައުމުގެ ކުރިން، ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ސުޕަ މާރިއޯގެ "ސުޕަ މާރިއޯ އޮޑޭސީ" މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރިލީޒުކުރުމަށް ނިންޓެންޑޯ އިން ނިންމައިފިއެވެ. jausa
ނިންޓެންޑޯ އިން ބުނި ގޮތުގައި ގޭމް ވިއްކަން ފަށާނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

އެހެން ކަމުން ނިންޓެންޑޯއަށް އެގޭމް އާއި އޭގެ ކޮންސޯލް ޕްރޮމޯޓްކުރުމަށް ވަގުތު ލިބިގެންދާނެއެވެ.

ނިންޓެންޑޯ އިން ވަނީ ލޮސް އޭންޖަލްސްގައި ބޭއްވި ގޭމިންގް އިވެންޓެއްގައި ސުޕަ މާރިއޯގެ ޑެމޯއެއް ދައްކާލާފައެވެ.

ޖަޕާނުގެ ކުންފުންޏެއް ކަމުގައިވާ ނިންޓެންޑޯގެ އާ ކޮންސޯލް މާކެޓަށް ނެރުނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭގެ ވިޔަފާރި ވަރަށް ރަނގަޅު ކަމަށާއި ފުރަތަމަ މަހު އެކަނިވެސް 2.7 މިލިއަން ޑިވައިސް ވިކިފައިވާ ކަމަށް ނިންޓެންޑޯ އިން ބުނެއެވެ.

ސުޕަ މާރިއޯ އޮޑޭސީ ގެ ޓްރެއިލާ އާންމުކޮށްފައިވާއިރު ޓްރެއިލާއިން ފެންނަ ގޮތުގައި އަލަށް ރިލީޒްކުރާ ގޭމަކީ ކުރީގެ ގޭމާއި އަޅާބަލާއިރު ގްރެފިކްސް އެތައް ގުނައަކުން ރަނގަޅު ގޭމެކެވެ. އަދި ކުރީގެ ގޭމުގައި ނުހިމެނޭ އެތައް އާ ކަމެއްވެސް މިފަހަރުގެ ގޭމްގައި ހިމެނެއެވެ.
ގުޅުންހުރި
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]