John 10 Aharah Deport Kollaifi
vfp.mv
MIB
MIB
ޖޯން 10 އަހަރަށް ޑީޕޯޓުކޮށްލައިފި
inage
ޖޯން ރޭ ފުރުވާލަނީ---
  ހަބަރު | | 13 ޖޫން 2017 | 0 ކޮމެންޓް
ހުޅުމާލޭގައި އުލެމުން ދަނިކޮށް ހައްޔަރު ކުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖޯން ޗާލްސް ސޭފާޓް ރޭ ޑީޕޯޓުކޮށްލައިފިއެވެ. Dhiraagu
އިމިގްރޭޝަންގެ އޮފިޝަލަކު ބުނި ގޮތުގައި އޭނާ ޑިޕޯޓުކޮށްލާފައިވަނީ 10 އަހަރު ވަންދެން ރާއްޖެ ނާދެވޭ ގޮތަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި އުޅުނު ޖޯން އުޅެމުން ގެންދިޔައީ ގެސްޓު ހައުސް ވިޔަފާރި ކުރުމަށެވެ. އޭނާގެ ވަކީލުން ބުނާ ގޮތުގައި ގެސްޓް ހައުސް ވިޔަފާރި ކުރުމަށް ޖޯންއާއި ބައިވެރިވި މީހުންވަނީ އޭނާއަށް ލަނޑު ދީފައެވެ.

ޖޯން ޑީޕޯޓުކޮށްލި އިރު އޭނާ ގެންދިޔައީ އެ މައްސަލަތައް ކޯޓަށް ހުށަހަޅައި ދައުވާ ކުރަމުންނެވެ.

ޖޯން ހުޅުމާލޭގައި އުލެމުން ދަނިކޮށް އޭނާ ހައްޔަރުކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އޭގެ ފަހުން ރޭ އޭނާ ފުރުވާލުމާ ހަމައަށް ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.
ގުޅުންހުރި
މާލޭގައި ބިދޭސީއަކު ރަހީނު ކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި
13 ޑިސެންބަރ 2017
މަސްތުގެ ހާލަތުގައި މަގު މައްޗަށް ވެއްޓިފައި އޮތް މީހަކު ހައްޔަރުކޮށްފި
7 ޑިސެންބަރ 2017
ފުލުހުން ދެ ބިދޭސީއަކު ހޯދަނީ
5 ޑިސެންބަރ 2017
ވާކް ޕާމިޓް މެޑިކަލް ހަދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަނީ
5 ޑިސެންބަރ 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]