Male'City ey Bunumun Emme Furathama Hithah Aranee Keekey?
vfp.mv
VFPBAAZAARU
HM
HM
މާލެ ސިޓީއޭ ބުނުމުން އެންމެފުރަތަމަ ހިތަށް އަރަނީ ކީކޭ؟
inage
މާލެ
  ޚިޔާލު | | 13 ޖޫން 2017 | 11 ކޮމެންޓް
މާލެ ސިޓީއޭ ބުނުމުން އެންމެފުރަތަމަ ހިތަށް އަރަނީ ކީކޭ؟ މިއީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު މިދިޔަ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ސުވާލެކެވެ. އެ ސުވާލަށް ލިބުނު ޖަވާބުތަކުން ފެންނަނީ ގިނަބައެއްގެ ހިތްހަމަ ނުޖެހުމާއި ހާސްކަމެވެ. kobadoctor
ޓުވިޓާރ އާއި ފޭސްބުކްގައި ކުރެއްވި މި ސުވާލަށް 100 ފަރާތެއްގެ ޖަވާބު ބޭނުންވާ ކަމަށް ޝަމާއު ޝަރީފް ވިދާޅުވިއިރު 150 އަށްވުރެ ގިނަމީހުން އެއަށް ވަނީ ޖަވާބުދީފައެވެ.

އެންމެ ބޮޑު ޝަކުވާ "ތޮއްޖެހުން"

ޖަވާބުދިން މީހުން އެންމެ ގިނައިން ފާހަގަ ކޮށްފައިވަނީ މާލެ ސިޓީ ތޮއްޖެހުމުގެ މައްސަލައެވެ. އެއްބަޔަކަށް މާލެ ސިޓީގެ ތޮއްޖެހުން "ކޮންޖެސްޝަން" އޭ ބުނެ ލިޔެފައިވާއިރު އަނެއް ބަޔަކު ސިފަކުރަނީ ކޮންކްރީޓް ޖަންގައްޔެއްގެ ގޮތަށެވެ. އަދި ޓްރެފިކް ނުވަތަ މަގުމަތީގެ ތޮއްޖެހުން ވެސް ގިނަބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. އަދި އަޑުގަދަވެ ނޭވާ ހާސްވާ ކަމަށާއި މާލޭ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރާނެ ޕްލޭނެއް ނެތްކަން ވެސް ބައެއް ފަރާތްތަކުންވަނީ ހަމަކޮށްފައެވެ.

ތޮއްޖެހުމުގެ އިތުރުން މައިގަނޑު ތިން މައްސަލައެއް ގިނަމީހުންވަނީ ފާހަގަ ކޮށްފަައެވެ. އޭގެ ތެރޭގައި ގޯތިގެދޮރުގެ ކުލި އަގުބޮޑު ވުމާއެކު ދިރިއުޅުމުގެ ހަރަދު މައްޗަށް ދިއުން، ކުނި މެނޭޖް ނުކުރެވި މާލެ މުޑުދާރު ތަނަކަށް ވުން އަދި ރައްކާތެރިކަމާއި އަދުލްއިންސާފު ނެތުން ހިމެނެއެވެ.

ސަރުކާރުން މާލެ ސިޓީއަށް އަޅާ ނުލަނީތަ؟

ޤާނޫނަށް ގެނެވުނު ބަދަލަކާއި އެކު މީގެ ދެ އަހަރެއް ކުރީން މާލެ ސިޓީ ތަރައްގީ ކުރުމަށް ސިޓީ ކައުންސިލަށް ދީފައިވާ ބާރުތައްވަނީ ސަރުކާރުން ނަގާފަައެވެ. އަދި އޭގެ ފަހުން ސަރުކާރުން މާލެ ސިޓީއަށް އަޅާނުލާ ހުރީއޭ ބުނެވޭކަށެއް ވެސް ނެތެވެ. މި ތިން އަހަރު ރާއްޖޭގައި ހިންގަން ފެށި އެންމެ ބިޔަ މަޝްރޫއުތައް ހިންގަން ފެށީ މާލެ ސިޓީގައި ކަމަށް ބުނުން ދޮގަކަށް ނުވާނެއެވެ.

އެތައް ޒަމާނެއް ވަންދެން ހަދާ ނުނިމި ހުރި އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިމާރާތް ހާދާ ނިމުނީ މި ވޭތުވެދިޔަ 3 އަހަރުގައެވެ. އޭގެ އިތުރުން 150 މިލިއަން ޑޮލަރުގެ 25 ބުރީގެ އިމާރާތެއް އައިޖީއެމްއެޗް މިހާރު އެދަނީ އަޅާ ނިންމަމުންނެވެ. 300 މިލިއަން ޑޮލަރުގެ މާލެ - ހުޅުމާލެ ބްރިޖުގެ މަސައްކަތް އެދަނީ ކުރިއަށެވެ. މާލޭގެ މަގުތައް އަލުން ހަދަން ފަށާ ގިނަ އަދަދެއްގެ ޕާކުތަކެއް ހުޅުވި ރަސްފަންނު ވެސް ހުޅުވައިފިއެވެ.

މާލެ ސިޓީއަށް ހައްލެއް އެބައޮތްތަ؟

ސަރުކާރުން ބިޔަ މަޝްރޫއުތަކެއް މާލެ ސިޓީގައި ހިންގި ނަމަވެސް އެ ކަންކަމުން މި ސިޓީގައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް އޮތްކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.

ހާއްސަކޮށް ގިނަބަޔަކު ފާހަގަކުރި މާލެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ނެތެވެ. އެކަން ހައްލުވާނީ އިންސާނީ ވަސީލަތްތަކާއި ފުރުސަތުތައް ހޯދުމަށް ހިޖުރަ ކުރާނެ މާލެނޫން ސިޓީތަކެއް ނުވަތަ ރީޖަނަލް ސެންޓަރުތަކެއް ހުރެގެންނެވެ. މީހުން މާލެއަށް ހިޖުރަ ކުރުން މަޖުބޫރު ކުރުވުން ހުއްޓާލާގެނެވެ.

ރާއްޖޭގެ ވަކި ސަރަހައްދު ތަކެއް ތަރައްގީ ކުރުމަކީ އާ ވިސްނުމެއްވެސް ނޫނެވެ. މީގެ އަހަރުތަކެއް ކުރީން ޒޯންތަކަކަށް ބަހާލައިގެން އަދި އޭގެ ފަހުން ޕްރޮވިންސްތަކަކަށް ބަހާލައިގެން ވެސް މިފަދަ މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް މިހާރު ސަރަހައްދީ ތަރައްގީގެ ވާހަކަ ހަމަ އެއްވެސްގޮތަކަށް ނީވެއޭ ބުނުން ވެސް ރަނގަޅުވާނެއެވެ.

އިންސާފާއި ހަމަހަމަކަމާއި ސަލާމަތްތެރިކަން ނެތުން ވެސް އެއީ ބޮޑު މައްސަލައެކެވެ. މާރާމާރީގެ މައްސަލަ ތަކާއި ފޭރުމުގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުންނާއި ރައްޔިތުންނާ ގާތުން މަސައްކްތް ތަކެއް ކުރަންޖެހެއެވެ. އަދި މާލޭގައި ހިނގާފައިވާ ބިރުވެރި މަރުގެ ހާދިސާތަކަށް އިންސާފު ނުލިބެނީސް މާލެއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ރައްޔިތުން ބަލައެއް ނުގަންނާނެއެވެ.
ގުޅުންހުރި
ބައެއް ޝެޑުތަކުން ހަމައެކަނި ސައިކަލުތަކަށް ޕެޓްރޯލު އަޅައިދޭ ގޮތަށް ބަދަލު ގެނެސްފި
21 ޖޫން 2018
މިސްކިތް ނަގާފައި ހެދި ވިންޓަ ޕާކުގެ އާންމުކޮށް ހުޅުވާލައިފި
20 ޖޫން 2018
ސައިކަލަކަށް އަންހެނަކު ގެއްލުންދޭ ވީޑިއޯއެއް އާއްމުވެއްޖެ
12 ޖޫން 2018
މާލޭ ސިޓީ ކައުންސިލްގެ އާދޭސް: އެކްސިޑެންޓްތައް މަދުކުރުމަށް ފިޔަވަޅު އަޅައިދީ
10 ޖޫން 2018
ހިޔާލު

އާދަަން
30 އަހަރު ވެރިކަން ކޮއްފަ ދިޔަ މީހަކު ވިސްނުން ހުރީ ރާއްޖެ ތެރެއިން މާލެއައް މީހުން ޖަމާކުރުމުގެ އަދި މާލޭ މީހުން ގެތައް ކުއްޔަދިނުމައް ފަހު މާލޭމީހުން މުއްސަންދި ކުރުވުން
އަލީ
ރާއްޖެ ތެރޭ މީހުން ފެލާ ތަން. ޒަމާނީ ގޮތައް އަޅުން ގެންނުޅޭނީ މިހެން.
ހަސަން
ލަދު ކޮބާ ބާވައޭ ހިތަށް އަރާ... މުޅި ގައުމު ހަލާކުކޮށްފި... މާލޭގެ މަގުމަށްޗަށް އަދިވެސް އިތުރަށް ދެރިން ލައްކަ އެއްހާ ވެހިކަލް އާއި ބަންގާޅީން ގެނެއްސަ ތި ސުވާލު ކޮށްލަބަލަ.. އޭރުން އަދި މާ ފުރިހަމަވާނެ.... ލަދުގަނެބަލަ
ކުނިހާލި
މާލެ ސިޓީއޭ، ލަދުން ދެފައިކައިރިކޮށްލަން ނުކެރޭ...
މަށޭ
ދުނިޔޭގައި އޮތް، އެތަނެއްގެ އަމިއްލަ ވަޒަންވެރިންނަށްވުރެ، ތަހުޒީބުނުވާ ބަންގާޅީން އެންމެ ގިނަތަން. ހުސް ބަންގާޅީން
ޤައުމީލޭ
ކުލީގެ އަޅުވެތިކަން ތޮއްޖެހުންބޮޑު ބޯހަލާކު އަޅު މާލެކަން
ތޮއްޖެހިފައި ހުރި މީހާ.
ޕާކު ހެދިޔަސް ޕާކުތައް އޮންނަނީ ތޮއްޖެހިފައި ޕާކުތަކުގެ މާހައުލުން ލިބެން އެދޭ އުފަލެއް ނުލިބޭ. އަތިރިމަތީ މަގުތަކުގައި ތޮއްޖެހިފައި. އުތުރުފަރާތު އެއްގަމުތޮށިމަތިން އުޅަނދުފަހަރަށް އަރުވާނެ އިރަކު އަރުވަން ބަހައްޓާފައި ހުންނަ މުދަލާހެދި ހިނގާނުލެވޭ. ދެން އުތުރު ފަރާތު މާރުކޭޓް ސަރަހައްދުގައި، އަތޮޅުފިހާރަތަކުގެ ސަރަހައްދުގައި ޕޭމަންޓް އަކީ ފިހާރަ ތަކުގެ ބައެއް. އެދިމާލަށް މަގުމަތި އެއީ ކުނިގޮނޑު. ފިހާރަތަކުގެ މީހުން މަގަށް ކާން އަޅާ ކޮތަރު ގިނަކުރަނީ. ދެން ކޮތަރުތައް ގޭގޭގެ ބެލްކަނިތަކުގައި ޖާގަ ޖަހާ ސީލާ، އެގެތަކުގެ މީހުން ގެ ނޭވާލާ ނިޒާމަށް ކޮތަރުސީ ވައި މިލިބެނީ. މިއީވެސް ބަލިމަޑުކަމެއްގެ ފެށުން. މަތީބުރިތަކުގެ މޫންނަށް އެހެން ކަމުން ސާފު ވައިފޮދެއް ނުލިބޭ. މަގުމަތީގައި މިހާރު ގިނައީ އިންޖީނުލީ މީހުން. މިމީހުންގެ ސަބަބުން
ޕޭމަންޓް ވެސް ނުރައްކާ. އެއީ އިންޖީނު އެޅިޔަސް މީހުނަށް ވީމަ މިމީމުން ޕޭމަންޓަށް އަރާތީ. އިންޖީނު ދުން ހޮޅިތަކުން ނުކުންނަ ހޫނުން ވެސް މެންދުރު ގެ ހޫނުކަން ހެނދުނު އޮފީސްގަޑީގައި ގެނުވާ. 5 ބުރި 6 ބުރި ގޭތަކުގެ މަތީ ފްލޯތަކުގެ މީހުން މަގަށް ކުޅުޖެހުން ގިނަ. ފެން ފަދަތަކެތި، ބޯކިބާ ބުރިވެސް އުކާލާ. ބެލްކަނިތަކުގައި ގަސް ހައްދާ ގަހަށް ފެންދޭއިރު މަގުމަތީގެ ސައިކަލްތައް، ހިނގާ މީހުން ތެމި ހަޑިވާކަމަކަށް ނުބަލާ. އުސް ގޭގޭގެ މީހުން ތިރިގޭގޭގެ ފުރާޅުތައް ހަދަނީ ކުނިގޮނޑަކަށް. މަގުތަކުގެ ޕޭމަންޓްގެ ވަށައިގެން ޕާކުކުރާ ސައިކަލް ތަކާ ހެދި ހިނގާ މީހުންނަށް މި އުޅެނީ ޕޭމަންޓަށް ނޭރިގެން. ޕޭމަންޓަށް އަރައިފިނަމަ މިއުޅެނީ ޕޭމަންޓުން ނުފޭބިގެން. ދެން ފައިބަން ވެސް މިލިބެނީ ދެ ސައިކަލް ދޭތެރެއަކުން ހެދުން ނުވަތަ ފަޓްލޫނު ސައިކަލު ފުރޮޅެއްގައި ކާއްތައިގެން ކިލާކޮށްލައިގެން ލިބޭ ޖާގައެއް. ކޮންމެ މަގެއްގައި ވެސް ވަރަށް ގިނަ ގޭގޭގައި މިހުންނަނީ 7 ފޫޓު ވަރު މަތީގައި ބޮޑެތި އެގްޒޯސްޓް ފަންކާ ހަރުކޮށްފައި. ދެން ގޭތަކުގެ، ފާޚާނާތަކުގެ ނުބައި ވަސް މަގަށް 24 ގަޑީގައި މިހުންނަނީ ފޮނުވާފައި. މި ވައިތައް މިޖެހެނީ ޕޭމަންޓުން ހިނގާ މީހާގެ މޫނުގައި. ޕޭމަންޓެއް ނެތް މަގަކީ ހިނގާ މީހުންނަށް ބިރެއް. ސައިކަލް ދުއްވާ ސްޕީޑަކީ ހިނގާ މީހުންނަށް ބިރެއް. އެއްމަގެއްގައި ތިން ސައިކަލް ދުއްވާފައި ދާއިރު، ކޮންމެ ސައިކަލަކުން ވެސް މިބަލަނީ ދުއްވާފައި ދާ މަގުގައި ކުރިމަތީގައި ހުސްތަންކޮޅެއް ލިބެން އޮތްނަމަ ރޭސް ދީފައި އެތަންކޮޅުއަތުލެވޭތޯ. ވީމަ މަގުތަކުގައި ގިނައީ ރޭސްޖަހާ ސައިކަލު. ގިނަ ގޯޅިތަކުގައި އެއްފަރާތުގައި ސައިކަލް ޕާކުކުރުމުން އެ މަގުތައް އޮޓޮމެޓިކުން ކާރު މަނާ މަގުތަކަށް ވެއްޖެ. ދެން މިއޮންނަނީ އެންމެ ސައިކަލަކަށް އެއްކޮޅަށް ދުއްވާލެވޭވަރު ތަންކޮޅެއް. މިތަންކޮޅުގައި ވެސް ދާނީ ރޭސް ދީފައި. ހިނގާމީހާ އަކަށް ޖާގައެއް ނެތް. އުސް އިމާރާތްތަކުގެ ފުރާލުގެ ދިޔަދޮވި މިހުންނަނީ ވަކި ހިސާބަކަށް ދެން ޕޭމަންޓުން ހިނގާ މީހާއަށް ދިޔަދޮވިތަކުގެ ފެން މި މަރުހަބާކިޔަނީ. ކުޑަކޮށް ވާރޭ ވެހިލިޔަސް ބޮޑެތި އުސް އިމާރާތްތަކުގެ ފެން ހޮޅި މިހުންނަނީ މަގަށް ކަމަން ވުމުން މަގުމަތި އޮންނަނީ ފެން ބޮޑުވެފައި.
ދެން މިހެން ގޮސް ހުސް ތޮއްޖެހުމުގެ ވާހަކަ އަކަށް ކޮންމެ ކަމެއް ވެސް ގޮސް ހުއްޓޭނީ. ކަރަންޓް ކޭބަލް ތައް، މީޑިއާ ކޭބަލް ތައް، ޕޭމަންޓް ތައް މަތީގައި އެތަން މިތާ ބައިވަރު. ގޭގެއިން ނެރޭ ބާ މުދާ ކުނި ޕޭމަންޓް މަތިން ނުފިލާ. ދެން ސަރުކާރަކުން މާލެ ތޮއްޖެހުން ހަމައަކަށް އަޅުވަން ގަވައިދެއް ނެހެދުނު. އެންމެ ފަހަށް މަގުމަތީގައި ސައިކަލުގިނަވެގެން ގޮސް ނުދުއްވިގެން މިކަން އަމިއްލަ އަށް ހެން ހީވަނީ ރަނގަޅުވާނީ. ބައެއް ސަރަހައްދުތަކުގެ މަގުތަކުގެ ދެފަރާތުގައި ކާރު ޕާކުކޮށްފައި އެހުންނަނީ އެތައް ހަފުތާ އެއް ވަންދެން. ތިމާމެންގެ ދާއިމީ ގަރާޖެއްގެ ގޮތުގައި. އިމާރާތް ތައް ގިނަވެ، މީހުން ގިނަވެ، ފާޚާނާ ގިނަވެ ނަޖިސް ގިނަވަނީ ނަޖިސް ހޮޅިތަކަށް ނުތަކާވަރަށް. އެންމެ ފަހަކަށް ނަޖިސް އޯވަރ ފްލޯގެ މައްސަލަ ތަކަށް ހައްލު ނުލިބި މާލޭގެ މަގުތަކުގެ ފާޚާނާ ނިޒާމު ފުރިގެން ފަޅައިގެން ގޮސް ގެން ގޮސް ސިއްހީ މައްސަލަ ތައް ގިނަވެ، މީހުން ދެން އަމިއްލަ އަށް މާލެ ނާންނަ ހިސާބަށް ގޮސްގެން ތޯއްޗެއް ހައްލު ފެންނާނީ. ސަރުކާރުގެ އަމާޒަކީ އަދިވެސް މާލެއަށް މީހުން ގިނަކޮށް ތޮއް ޖެއްސުން. ނުވިތާކަށް މިއުޅެނީ މާލެ އަށް މިޖެހުނު ބަލި ހުޅުމާލެއަށް ޖައްސަން ގައުމުގެ އެންމެން ޖަމާކުރަން. އޭރުންތާ ރާއްޖޭގެ ރައްތައް ހުސްކޮށް ވިއްކާލެވޭނީ. ދެން ތޮއްޖެހުމާއި ކުނީގެ ވެރި މާލޭގެ މާހައުލުގެ ވާހަކަ މިއީ ވަރަށް ވާހަކަ. ޑެޕިއުޓީ މޭޔަރު ޝަމާއު އަށް ވަރަށް ވެދުން.
ޒައިން
ހެލް ހޯލް
ސަމީރާ
ކުލި ކުލި ކުލި ބޮޑެތި ކުލި ބިޔަ ކުލި މާ ކުލި
އިކް
ރާއްޖޭގެ ރައްޔިތުން އެއްބަޔަކު އަނެއްބަޔަކާ ޖައްސުވާ ރުޅިވެރިކަން އުފައްދަން ތައްޔާރު ކޮށްފައިހުރި މެޝިން ގަނޑެއް
އަންވަރު
ދުނިޔޭގައި އޮތް އެންމެ ހަމައެއް ލަމައެއް ނެތް، ހަޑި، ގާނޫނާއި ގަވާއިދު ނުހިނގާ ވެރިރަށް.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]