Sitee: islaamic ministry in acc ge baaru kaduvaalanee!?
vfp.mv
HM
HM
ސިޓީ: އިސްލާމިކް މިނިސްޓްރީން އޭސީސީގެ ބާރު ކަނޑުވާލަނީ!؟
inage
  ޚިޔާލު | | 10 ޖޫން 2017 | 10 ކޮމެންޓް
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރަށް thegardens
ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

އަޅުގަނޑު މިސިޓީ މަނިކުފާނަށް ވީއެފްޕީ މެދުވެރިކޮށް ހިއްސާ މިކުރަނީ ވަރަށް ފަހުން މަނިކުފާނު މިނިސްޓްރީން ނިންމިނިންމުމަކާ ގުޅިގެން ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ހިމޭނުން ހުރުމަށް އުދަނގޫވާތީ އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ގްރޫޕްތަކަށް ދީފައިވަނީ އެންޓި ކްރޮޕްޝަން ކޮމިޝަން (އޭސީސީ)ން އަންގާފައިވާ އެންގުމާ ހިލާފަށް ކަމަށް މީޑިއާތަކުން އެނގެއެވެ. މިއީ އަޅުގަނޑު ބުނާ ވާހަކައެއް ނޫނެވެ. މިއީ އޭސީސިން ބުނެފައިވާ ބުނުންތަކުންނާއި މަނިކުފާނުގެ މިނިސްޓްރީން ދައްކާފައިވާ ވާހަކަތަކަށް ބަލައިގެން ދިވެހި މީޑިއާތަކުން ހާމަކޮށްފައިވަ މައުލޫމާތުން ވަހުމްވާ ކަމެކެވެ.

މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތަށް ބާލައިރު ހައްޖަށް މީހުން ގެންދިއުުމުގެ ހުއްދަ ގްރޫޕްތަކަށް ދީފައިވަނީ އިންސާނީ ބުއްދި ގަބޫލުކުރާ ހަމައަކުން ނޫނެވެ. މިކަމަށް ބާރު ލިބެނީ މަނިކުފާނު މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނުންނެވެ.

އިސްލާމިކް މިނިސްޓްރީން މިމަހުގެ ހަތް ވަނަ ދުވަހު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިފަދައިންނެވެ.

" އެގޮތަށް ނިންމާފައިވަނީ ހައްޖަށް މީހުން ގެންދިއުމަށް ގުރޫޕުތަކުން ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ވަގުތު ކުޑަތަން ވެފައިވާތީއާއި، ހައްޖާޖީންގެ ދަތުރުތައް ހަމަޖެއްސުމުގައި އެއާލައިންތަކުން ކުރިމަތިވެދާނެ ދަތިތަކެއް ހުރި ކަމަށް ފެންނާތީއާއި އެފަދަ ނާޒުކު ހާލަތެއްގައި ހައްޖާޖީންނަށް އަޅުކަން އަދާ ކުރުމުގައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށް ފެންނާތީ ކަމަށެވެ."

ނަމަވެސް ސުވާލަކީ "އެފަދަ ނާޒުކު ހާލަތެއްގައި ހައްޖާޖީންނަށް އަޅުކަން އަދާ ކުރުމުގައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށް ފެންނާތީ" ކަމަށް ބުނެ ހަމަޖެހިފައިވާ އުސޫލާ ހިލާފަށް ކަންކަން ކުރުމަކީ ގާނޫނީ ވެރިކަން ކުރާ ބައެއްގެ ތެރޭގައި ހަމައެންމެ ރަނގަޅު ގޮތް ބާއްވައެވެ. އަދި ތިޔަ ދެއްކެވި ބަހަނާއަކީ ގަނޫނާއި ގަވާއިދާއެއްގޮތަށް ކުރި ކަމެއްކަމަށް ކަނޑައެޅިދާނެ ނިންމުމެއް ބާއްވައެވެ.

މިސުވާލުތައް މިކުރާނީ އެންޓި ކްރޮޕްޝަން ކޮމިޝަން (އޭސީސީ)ން އަންގާފައިވާ ގޮތާ ހިލާފަށް އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފައިވާކަމަށް، މިނިސްޓްރީން އަމިއްލަ އަށް "އިއުތިރާފް"ވެފައިވާކަމަށް ފެންނާތީ އެވެ.

އަޅުގަނޑު ދެކޭ ގޮތުގައި އޭސީސީން ބުނެފައިވާ ބުނުމާ ހިލާފަށް ހައްޖަން މީހުން ގެންދިއުމުގެ ހުއްދަ ދެވޭނެކަމަށް ނުފެނެވެ. ސަބަބަކީ އޭސީސީން ވަކިގޮތަކަށް އަންގަނީ އެމުއައްސަސާއަށް ލިބިފައިވާ ގާނޫނީ ބާރުވެރިކަމުގެ ތެރެއިން ކަމަށް ވާތީ އެވެ. ނަމަވެސް "މަސްލަހަތޭ" ވިދާޅުވެ ގާނޫނީ ތަރަހައިގެ ބޭރު ކަންކަންކުރުމަކީ އިންސާނީ ބުއްދީގެ ހަމަތަކުން ފިކުރު ކުރާ ބަޔަކު ގަބޫލުކުރާނެކަމެއް ނޫންތާ އެވެ.

އަޅުގަނޑު ދެކޭގޮތުގައި ވަގުތު އޮއްވާ އެ ފަދަ މަސައްކަތްތަކާއި ނޫޅުއްވުމަކީ މަނިކުފާނުގެ ގާބިލްކަމާމެދު އިންތިހާ އަށް ސުވާލު އުފައްދާނެކަމެކެވެ. ހަގީގަތުގައިވެސް މަނިކުފާނުގެ ގާބިލްކަން ނެތީތޯ މިއީ ހަމަ މިހާރު ކޮށްލަން ރަނގަޅު ސުވާލެއްކަމަށް ދެކި މި ސުވާލު ހިއްސާކުރަމެވެ.

ދެން މިސިޓީގައި ފާހަގަ މިކުރަނީ އެމައްސަލައާ މެދު އޭސީސީން ދެކޭގޮތެވެ ނުވަތަ އޭސީސީގެ ބަހެވެ.

"މިއީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭތީ، ޕްރީބިޑް މީޓިންގގައި ދީފައިވާ މައުލޫމާތުތަކާ ހިލާފަށް ތައްޔާރުކޮށްފައިވާ "ޙައްޖު ޕްރޮޕޯސަލް އިވެލުއޭޓްކުރާނެ މިންގަނޑު" އަކީ އިވެލުއޭޓް ކުރެވޭނެ މިންގަނޑެއް ނޫން ކަމަށް" އޭސީސީން ބުނެއެވެ.

އަދި އޭސީސިން ބުނެފައިވަނީ " ބިޑުގައި ވާދަކުރުމުގެ ހަމަހަމަ ފުރުސަތު ގެއްލިފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި ބިޑުތަކަށް ޕޮއިންޓް ދެވިފައިވަނީ ވެސް ހަމަހަމަ އުސޫލުން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ."

އެފަދައިން ބުނެ ވަކިގޮތަކަށް އަމަލުކުރުމަށް އެންގުމުން އެ އެންގުމާ ހިލާފަށް އަމަލުކުރުމަކީ އޭސީސީގެ ބާރު ކަނޑުވާލުން ނޫން ކޮންކަމެއްތޯ ސުވާލު ކުރަންޖެހެއެވެ. އަދި އޭސީސީގެ އެންގުން އެއް ފަރާތްކޮށްލައި މަނިކުފާނު ވަކިގޮތެއް ނިންމެވިއިރު ނިންމަވާފައިވަނީ އޭސީސީގެ އެންގުމާ ހިލާފަށްކަން އަޅުގަނޑަށް އިހްސާސްކުރެވޭ ވާހަކަ ވެސް އަދަބުވެރިކަމާއެކު ދަންނަވާލަމެވެ.

ހައްޖުގެމަތިވެރިއަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގެ މަސައްކަތް ހަވާލުކުރާނެ ބަޔަކު ކަނޑައެޅިއިރު، އޭސީސީން ބުނެފައިވާ ހަމަތަކާ ހިލާފަށް ކަންކަންކުރުމަކީ ދީނީ އަދި ގާނޫނީ ހަމަތަކުގެ ތެރެއިން ރަނގަޅުކަމެއްތޯ ހިތައް އަރައެވެ.

އަދި އަޅުގަނޑަށް ފެންނަ ގޮތުގައި މަނިކުފާނުގެ ތިޔަ ނިންމެވި ނިންމެވުމާއެކު ދައުލަތުގެ މުއައްސަސާތަކުން އޭސީސީގެ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމާބެހޭ ގާނޫނު އެއް ފަރާތްކޮށްލުމަށް ފަހު ކަންކަން ކުރެވޭނެ މަގެއްވެސް ތިޔަވަނީ ދައްކަވާފައެވެ. އެހެންކަމުން އަޅުގަނޑުގެ ކަން ބޮޑުވުން ވަރަށް ބޮޑެވެ. ނަމަވެސް ކުރާނެކަމެއް ނެވެ. އެހެން ނަމަވެސް އަޅުގަނޑުގެ އެދޭ އެދުމެއް އެބަ އޮތެވެ. އެއީ އޭސީސީ ފަދަ މިނިވަން މުއައްސަސާތަކުން ގަނޫނީ ހަމައިގެ ތެރެއިން އަންގާ އެންގުންތައް އެއް ފަރާތްކޮށްނުލެއްވުމެވެ. އެހެން ނޫން ނަމަ އިއްޔެގެ ހަގީގަތް މިއަދުގެ ހަގީގަތަކަށް ނުވެދާނެ ދުވަހެއް އަތުވެދާނެއެވެ.

ވީމާ މިވާހަކަތައް ހިއްސާކޮށްލުމަށް މިފުރުސަތުގެ ބޭނުންކޮށްލީމެވެ. އަދިވެސް އަޅުގަނޑުގެ އެދުމަކީ ކަމެއް ގޯސްކޮށްކޮށްފައިވާ ނަމަ އެކަމެއް ރަނގަޅު މަގުން ކުރުމެވެ. އަދި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ ބާރު ކެނޑިގެންދާގޮތަށް ކަންކަން ނުކުރުމެވެ. އަޅުގަނޑު އެދެނީ މަނިކުފާނަށްވެސް އަދަށްވުރެ ފަހި ދުވަހެކެވެ.

އިހްތިރާމް ގަބޫލް ކުުރެއްވުން އެދެމެވެ.

10 ޖޫން 2017

ހާދިމްކުމް

އަހުމަދު ބިން މޫސާ

ޑރ. އަހުމަދު ޒިޔާދު ބާގިރު

މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒް/ މާލެ
ގުޅުންހުރި
ސިޓީ: މިނިސްޓަރު މުއިއްޒަށް ހަމަ ސާބަސް، ރެއެއް ދުވާލެއްނެތް!؟
9 އޭޕްރީލް 2017
ސިޓީ: ބަޔާނާއެކު ފުލުހުންނާއި ޖުޑީޝަރީ މިނިވަން ބަޔަކަށްވެ ނިމިއްޖެ!؟
4 އޭޕްރީލް 2017
ސިޓީ: މީރާ އެ ދުވަހު ބެސްޓް، ދެކޭގޮތް މިއަދު ބަދަލުވަނީތަ!؟
23 މާޗް 2017
ހިޔާލު

ޣަނީ
ޢިލްމުވެރިއަކު ވެރިކަމަށް ކުރިމަތިލިއަސް ކަލޯމެނެއް ވޯޓެއްނުދޭނެ
ދެންކޮންވާހަކައެއް.........
އާދަނު
އޭސީސީ ބާރުކަނޑުވާލުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުރުވާ ކަމެއްބާ ؟؟؟؟؟
ޢުޖައިލް
ދަންނވަންތޯ .އޭސީސީ އަށް ނިންމާފަ އޮތް ކަމެއް އަލުން އެހެން ގޮތަކަށް ނިންމޭނީ ޝަރުޢީ ކޯޓަކުން އަމުރެއް ނެރުނީމަކާނުންތޯ. ؟
ކެޔޮޅު
އޭސީސީން އެންގި އެންގުން ގޯސް ނަމަ ކޯޓަށް ގޮސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުކުމެއް ނެރުން ނަމަ މާ ތީރިވީސް. އެކަމު މިހާރު ދެން މުޅި އުމުރަށް ތިޔަ ޖެހުނީ ބޮޑު ލައްގަނޑެއްގައި، މިއީ އަނެއްކާ ރައީސް ޔާމީނުގެ ސަރުކާރުގެ ވިސްނުން ބާއްވާ
ދެކުނު
މަ މުޅިން ހައިރާން ވެއްޖެ. ރައީސް ޔާމީން ވިދާޅުވާނެ އޭސީސީން ބޭނުން ކަމެއް ކުރެވޭނެ އޭ. އަދި އެތަނުން އަންގާ އެންގުންތަކަށް ތަބާވާނެއޭ. ނަމަވެސް އިސްލާމިކް މިނިސްޓްރީން މިހަދަނީ ކިހިނެއް.
މުއާ
ރައީސް ޔާމީނަށް ގޮވާލަން ރައީސް ޔާމީނުގެ ސަރުކާރުން އޭސީސީގެ ބާރު ކަނޑާނުލުމަށް. އެއްވެސް ވަޒީރަކު ވެސް އޭސީސީގެ އެންގުމާ ހިލާފަށް ކަންކަން ނުކުރުމަށް އަންގަވައިދެއްވުން އެދެން.
ފާތުން
މިއީތަ ގާނޫނީ ވެރިކަން ކުރާ އިރު ކަންކަން ކުރާ ގޮތް. ކަނޑައެޅިގެން ގޯސްކޮށް ހިނގާފައިވާކަމެއްކަމަށް އޭސީސީން ބުނެފައިވާއިރު އަލުން އިއުލާނުނުކޮށް ވަކި ބަޔަކަށް ފުރުސަތު ދިނުމަކީ ކޮރަޕްޓްކަމެއް. ސަލާމް
މޫސަ
ބޮޑުވަރުދޯ ކަނޑައެޅިގެން ގޯސްކޮށް ހިންގާފައިވާ ކަމެއް ރަނގަޅުކަމަށް ނިންމާ މަސްލަހަތޭ ކިޔައިގެން ތިޔަ ގޮތަށް ހެދުމުން ކަނޑަދޯ.
ގައުމު
ކީއްކުރާނީ ގާނޫނީވެރިކަން ކުރާއިރު ކަންކަން ކުރާ ގޮތް އެފެންނަނީ އިސްލާމިކް މިނިސްޓްރީ. ހަމަ ހިނި އަންނަނީ، ސަލާމް ސަރުކާރަށް
ހުރިހާ ނޫސްވެރިންނަށް ވެދުން ސަލާމް
ތިއެއް ނޫނޭ. މާތްކަލާކޮށްޓަކާ 2 ފައިގައި ހިފާފައި އާދާސްކޮށްފައި މިބުނަނީ ސައުދީން ގަތަރާ ގުޅުން ކަނޑާލީ ފަލަސްތީނުގެ ބިންތައް ޔަހޫދީންނަށް ދީ އިޒްރޭއިލް ގުޅުން ނޯމަލްކުރުމަށް ހުރަސްއެޅޭ ހުރިހާ ކަމެއް ނައްތާލުމުގެ ގޮތުން ކަން ފާޅުގައި އެނގޭއިރު އިސްލާމްދީނަށްޓަކާ ދީން ހިމާޔަތްކުރުމަށްޓަކާ އައި ސަރުކާޜު ދިވެހި ރައްޔިތުންގެ ވިންދާ ދެކޮޅަށް މުސްލިމް ގައުމުތަކާ އިޒްރޭލަށް ފަހި ވާގޮތަށް ގުޅުން ކަނޑަނީ ކީއްވެތޯ އަހާ ލިއެލަ ދީބަލަ. އަދި ސައުދީން ނެރުނު ޓެރަރ ލިސްޓްގައިވެސް ގަތަރުގައި އިންސާނީ އެހީ މިގައުމުތަކަށް ދޭ ޖަމްއިއްޔާތަށް ބްލެކްލިސްޓް ކުރުމާ ޔޫއެންއިންވެސް ދެކޮޅު ހަދާ އެއީ ޔަމަނާ ސީރިއާ އަދި ފަލަސްތީނަށް އިންސާނީ އެހީތައް ދިނުމަށް ޚުދު އެމެރިކާއާ ޔޫރަޕްގެވެސް އެހީދޭ ޖަމާއަތްތަކާ ގުޅިގެން ރެފިއުޖީންނަށް އެހީވާ ޖަމްއިއްޔާތަކެކޭ ކިޔާ ލިއުން ނެރުނު އިރު މިގައުމުގެ ނޫސްވެރިން މިތިބީ އަޅޭ ނިދާފަތަ. ކަލޭމެން 100 ޕަސެންޓް މުސްލިމް ނޫނީތަ؟ ހެޔޮނުވާނެ ފޮރިން މިނިސްޓަރާ ސުވާލު ކޮށްދީބަލަ. ދިވެހިންނަށް އަނިޔާވެރިވިޔަސް ދިވެހި މި މުސްލިމް އަޚުންނާ އުޚުތުން ސީރިއާ ޔެމެން އަދި ފަލަސްތީނުގައި އެތައް ލާއިންސާނީ އަނިޔާއެއް ތަހައްމަލުކުރާ ރައްޔިތުންނާ އެހީވާ ގައުމުތަކަށް ދުއްތުރާ ކުރާކަށް ބޭނުމެއްނޫން. ދިވެހިންނަށް އެތަންތަނަށް މާލީ އެހީ ނުވެވޭއިރު މިވަރު އެންމެ ކުޑަމިނުން ކޮށްދެވިދާނެެއެއްނު. ދެން ޔާމީނު ސަރުކާރު އައީ ނަރަކައިން ގޮނޑިއެއް ހޯަދަންތަ؟ މިވެސް ބަލަންޖެހޭ!

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]