Aa Features thakaa eku Apple iOS 11 Thaaraf Koffi
vfp.mv
HM
HM
އާ ފީޗާރސްތަކާއެކު އެޕަލް އައިއޯއެސް 11 ތައާރަފް ކޮށްފި
inage
  ޓެކްނޮލޮޖީ | | 6 ޖޫން 2017 | 0 ކޮމެންޓް
ގިނަ އާ ފީޗާރސް ތަކާއެކު އެޕަލްގެ އާ އައޯއެސް 11 އެ ކުންފުނީގެ ސީއީއޯ ޓިމް ކުކް ތައާރަފް ކޮށްދެއްވާފިއެވެ.
މިއަހަރުގެ އެޕަލް ވޯލްޑްވައިޑް ޑިވަލަޕާރ ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޓިމްކުކް ތައާރަފްކުރި މި އައިއޯސް ގައި އެޕަލް ސިސްޓަމް ހިންގާ މައި އެޕްލިކޭޝަނަށް ބޮޑެތި ބަދަލުތަކެއް ގެެނައުމުގެ އިތުރުން އާ ފީޗާސްތަކެއް ވަނީ ތައާރަފް ކޮށްފައެވެ. އެ ފީޗާރސް ތަކުގެ ތެރޭގައި؛

1. އެޕަލް ޕޭ އަށް އާކުރިއެރުމެއް

އެޕަލް ޕޭއަށް ގެނައި ކުރިއެރުމުގެ ތެރޭގައި ވަގުތުން އެކަކު އަނެކަކަށް ޗެޓްގެ ޒަރިއްޔާއިން ފައިސާ ފޮނުވޭނެ ގޮތާއި އެޕަލް ޕޭ ކޭޝްކާޑް ވަނީ ތައާރަފްކޮށްފައެވެ. އެޕަލް ޕޭ ކޭޝްކާޑުގައި ފައިސާ ޖަމާކުރުމުގެ އިތުރުން ބޭންކް އެކައުންޓާއި ގުޅުވާލޭގެން ފައިސާ ނެގޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާނެއެވެ.

2. ސިރީ އަށްއައި ކުރިއެރުން

އެޕަލްގެ ވާހަކަދައްކާ މަސްނުވީ އެހީތެރިޔާ ސިރީ ކުރިއަށްވުރު މާބޮޑަށް އަސްލު މީހެއްހެން ވާހަކަ ދައްކާނެއެވެ. އަދި މީގެ އިތުރުން ޗައިނާ، ފްރާންސް، ޖަރުމަނު، އިޓަލީ އަދި ސެޕެއިން ގެ ބަހުން ތަރުޖަމާ ކުރަންވެސް ސިރީއަށް މިހާރު އެނގޭނެއެވެ.

3. ކެމެރާ އަށްއާ ހުނަރުތަކެއް

ކެމެރީއިން ފޮޓޯތައް ރައްކާކުރުމުގައި ކޮލެޓީ ހިފެހެއްޓުމާއިއެކު ސްޓޯރޭޖް ޖާގަ ނުގެއްލޭގޮތަށް ބޭނުންކުރާނީ ހައި އެފިޝެންސީ އިމޭޖް ފައިލް (އެޗް.އީ.އައި.އެފް) ފޯމެޓެވެ. މީގެ އިތުރުން ފޮޓޯތައް ލޫޕްކުރުމާއި ބައުންސް ކުރެވޭގޮތަށް ކުދިކުދި ވީޑިއޯ އިމޭޖާސް ހެދޭނެއެވެ.

4. ކޮންޓްރޯލް ސެންޓާރ

އައިއޯސް 11 ގެ ކޮންޓްރޯލް ސެންޓާރ ވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ. ކޮންޓްރޯލްގެ މައި ސަފްހާގައި ހިމެނޭނީ އާންމުކޮށް ބޭނުންކުރާ ފީޗާރަސްތައް އެތަނަކުން ފެންނަން ހުންނަގޮތަށެވެ.

5. އައި ޕޭޑް ޑޮކް

އެޕަލް އައިޕޭޑް ބޭނުން ކުރާ ފަރާތްތަކަށް އެޕަލް މެކްބުކްގައި ހުންނަފަދަ ޑޮކްއެއް ލިބޭނެއެވެ. މުހިންމު އެޕްލިކޭޝަންސްތަައް އަވަހަށް ހުޅުވާލުމަށް މި ޑޮކަށް ބޭނުންވާ އެޕްލިކޭޝަންސްތައް ލެވޭނެއެވެ.

6. އެޕަލް މެޕަށް އިންޑޯ މެޕްސް

ބައެއް ސިޓީތަކުގެ މޯލްސްތަކާއި ބައެއް އެއާޕޯޓުގެ ތަކުގެ އިންޑީ މެޕްތައް އެޕަލް އައޯއެސް 11 ގެ އެޕަލް މެޕްސްގައި މިފަހަރު ހިމެނޭނެއެވެ. މޯލްތަކުގެ އެތެރޭގެ ޗާޓު ހިމެނޭ އެޕްލިކޭޝަންގައި ދުނިޔޭގެ މަޝްހޫރު ސިޓީތައް ހިމެނެއެވެ. އަދި އެއާޕޯޓްތަކުގެ ތެރޭގައި 20 އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެއެވެ.

7. ދުއްވަމުން ދާއިރު ޗެޓްނުކުރް

ސަލާމަތީ ފީޗާރސް ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ދުއްވާއިރު ޓެކްސް މެސެޖުތަކަށް ޖަވާބުދޭން ނުޖެހޭގޮތަށް އަންގާ މެސެޖެވެ. ދުއްވަމުންދާއިރު މި އޮންކުރުމުން އެމީހާ ދުއްވާފައިދާކަން ފޯނުން ދެނެގަނެއެވެ.

8. ފައިލް އެޕްލިކޭޝަން

އައިއޯއެސްގެ އާ ފައިލް އެޕްލިކޭޝަންއިން ޑިވައިސްގައިވާ ފައިލްތައް ތަރުތީބުކޮށް ބަލާލެވެއެވެ. ފައިލްތައް ހުރި ފޯލްޑާރ ތަކާއި އެންމެ ފަހުން ބޭނުންކުރި ފައިލްތަކުގެ އިތުރުން، އެހެން ޑިވައިސްތަކުގައިވާ ފައިލްތަކާއި އަދި އައިކްލައިޑު ޑްރައިވްގައިވާ ފައިލްތައްވެސް ބަލާލެވޭނެއެވެ.

މީގެ އިތުރުންވެސް އެތައް ފީޗާރސްތަކެއް އައިއޯއެސް 11 ގައި ހިމެނެއެވެ. މިއަހަރު ފަހުކޮޅުނެރޭ އައިފޯން 8 އާއި އެކު ނެރެން ހަމަޖެހިފައިވާ މި އައިއޯއެސް 11 ގެ ބީޓާ ވާޝަންއެއް އާންމުންނަށް ބޭނުންކުވޭގޮތަށް މި މަހު ފަހުކޮޅު ނެރެންވަނީ ހަމަޖެހިފައެވެ.
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]