Masthuvaathakehchai Dhuruvaan Feshi Dhathuru Nimunee Maa Amaan Manzilakah
vfp.mv
VFPBAAZAARU
HM
HM
މަސްތުވާތަކެއްޗާ ދުރުވާން ފެށި ދަތުރު ނިމުނީ މާ އަމާން މަންޒިލަކަށް
inage
މީހަކު ނަމާދު ކުރަނީ---
  ފޭޑި | މީހުން | 3 ޖޫން 2017 | 0 ކޮމެންޓް
މިއީ ޖޭސަން ކުރޫޒް ނަމަކަށް ކިޔާ އެމެރިކާ މީހަކު މަސްތުވާތަކެއްޗާއި ދުރުވާން ފެށި މަސައްކަތާއި ބެހޭ ވާހަކައެކެވެ. muni
ޖޭސަން ކުރޫޒަކީ އެމެރިކާގެ ނިއުޔޯކްގެ ކެތޮލިކް މަންމައަކާއި ބައްޕައަކަށް އުފަން މީހެކެވެ. އެންމެ ކުޑަ އިރުން ފެށިގެން މަންމައާއި ބައްޕައާއިއެކު ޖޭސަން ކުރޫޒް ޗާޗަށް ގެންދަން ފެށިއެވެ. އަދި މަންމައާއި ބައްޕަ ދީނަށް ބެހެއްޓި ޝައުގެއްގެ ބޮޑު ކަމުން ޖޭސަން ކުރޫޒް ބޭނުންވީ ފާދިރީއަކަށް ވުމަށެވެ.

މަންމަ ކައިރީ އެވާހަކަ ބުނުމުން މަންމަ އެކަމާ އުފާކޮށް ޖޭސަން ކުރޫޒު ފާދިރީއެއް ކައިރިއަށް ގެންދިޔައެވެ. ނަމަވެސް އެއީ އެހާ ހިތްހަމަ ޖެހޭ ބައްދަލުވުމަކަށް ނުވިއެވެ. ފާދިރީ ނަސޭހަތް ދިނީ އެކަހަލަ ކަމެއްގެ ތެރެއަށް ނުވަނުމަށެވެ. އެހެންވެ ފާދިރީއަކަށް އޭރު ވެވޭ ގޮތް ނުވީއެވެ.

ޖޭސަންގެ އުމުރުން ހަތް އަހަރުގައި އޭނާގެ މަންމައާއި ބައްޕަ ވަރިވެއްޖެއެވެ. ޖޭސަންއަށް އުޅެން ޖެހުނީ މަންމަ ކައިރީގައި ވަރަށް ދަތި ހާލުގައެވެ. އުމުރުން 15 އަހަރުގައި އަހަރެން ނައިޓް ކްލަބުތަކަށްދާން ފެށިމެވެ. އޭރު އަހަރެން ވެސް ބޭނުންވީ ގިނަ ފައިސާ ހޯދޭނެ ގޮތެކެވެ. އެހެންވެ ވާން ބޭނުންވީ ގާނޫނީ ވަކީލަކަށެވެ. އެއަށްފަހު ސިޔާސީ މީހަކަށެވެ. އަހަރެން ދެކެމުން އައި ހުވަފެނަކީ މެންހެޓަންގައި ޕެންޓް ހައުުސްއެއް އަމިއްލަ ކުރުމެވެ.

ހައި ސުކޫލު ނިންމާލީ ރަނގަޅު ނަތީޖާއަކާއެކުއެވެ. ކޮލެޖު ފެށުމަށްފަހު ވަކި ހިސާބަކުން ކޮލެޖަށް ދިއުން ހުއްޓާލުމަށްފަހު އެރިޒޯނާއަށް ބަދަލުވީމެވެ. އެރިޒޯނާއަށް ބަދަލުވީ ފަހުން އަހަރެންގެ ހާލަތު ދިޔައީ ގޯހުން ގޯހަށެވެ. އެކުގައި އުޅެން ފެށީ "ޕާޓޭ"އިންނެވެ. އެމީހުންނާއެކު އަހަރެން ވެސް މަސްތުވާތަކެތި ބޭނުން ކުރަން ފެށިމެވެ.

މަސްތުވާތަކެތީގެ ތެރޭގައި ޖޭސަންގެ ހަޔާތުގެ އެތައް އަހަރެއް އިސްރާފު ކުރިއެވެ. މާރާމާރީއާއި ޖިނާއީ އެތައް ކުށަކަށް އަރައިގަތެވެ. ޖޭސަންގެ ގަޔަށް ވެސް ކިތަންމެ ފަހަރަކު ވަޅި ހަރައި ޒަހަމުކޮށްލާފައިވެއެވެ. އެ ދިރިއުޅުން ބަދަލު ކުރަން ޖޭސަން ބޭނުންވިއެވެ. އަދި މަސްތުވާތަކެއްޗާ ދުރުވާން ޖޭސަން ބޭނުންވިއެވެ.

ޖޭސަންއަކީ ކެތޮލިކް މީހަކަށްވީ ނަމަވެސް އޭރު އޭނާ ހުރީ އެއްވެސް ދީނެއް ގަބޫލު ނުކުރާ ހިސާބުގައެވެ. މަސްތުވާތަކެއްޗާ ދުރުވާން އޭނާ ކުރި މަސައްކަތުން އެނގުނުހާ ވެސް އެއްޗަކީ ދިރިއުޅުމުގައި މަގުސަދެއްވާ ކަމެވެ. އަދި އިންސާނުންނަކީ އަމިއްލައަށް އައިސް ތިބި ބަޔަކަށް ނުވާ އިރު މުސީބާތް ޖެހުމުން އެހެން މީހުންގެ އެހީތެރިކަން ބޭނުންވާ ފަދައިން އެހީތެރިވާ އަދި މާ ބާރުގަދަ ފަރާތެއްވާ ކަމެވެ. ޖޭސަން ފެށި އެ ދަތުރު ގޮސް ހުއްޓުނީ ހިންދޫ ދީނާ ހަމައިންނެވެ. ޖޭސަންއަށް އެއީ އެންމެ ރަނގަޅު ދީނެއް ކަމަށް ފެނުނެވެ. އެއީ ޖޭސަންއަށް ވަމުން ދިޔަ ގޮތާއި ދިރިއުޅުމުގެ މަގުސަދާއި އެކަހަލަ ބުއްދިއަށް ގަބޫލު ކުރަން ބޭނުންވި އެތައް ކަމެއް އެ ދީނުން ޖޭސަންއަށް ފެނުމެވެ. ޖޭސަންގެ ނަން ވެސް ހިންދޫ ނަމަކަށް ބަދަލު ކުރިއެވެ.

އެވަރުން ވެސް ޖޭސަންގެ ހިތް ހަމައެއް ނުޖެހުނެވެ. ހިންދޫ ދީނުގެ ތެރެއަށް ވަން ވަރަކަށް އަދި ޖޭސަން ބޭނުންވާ ހުރިހާ ޖަވާބަކާ ހަމައަށް ނުދެވޭކަން އެނގެމުން ދިޔައެވެ. ޖޭސަންއަށް އަނެއްކާ ވެސް ހިންދޫ ދީނަށް ވުރެ ކްރިސްޓިއަން ދީން ރަނގަޅު ކަމަށް ގަބޫލު ކުރެވި އަނެއްކާ ވެސް ކްރިސްޓިއަނަކަށް ބަދަލުވިއެވެ. ކްރިސްޓިއަން ދީނާ ބެހޭ ގޮތުން ވަރަށް ގިނަ ކަންކަން ދަސް ކުރިއެވެ. ކްރިސްޓިއަން ދީން ދަސް ކުރުމުގައި އެތައް ދުވެހެއް ހޭދަ ކުރި ފަހުން 2005 ވަނަ އަހަރު ޖޭސަންއަށް ފީނިކްސްގެ ޗާޗެއްގެ ފާދިރީކަން ލިބުނެވެ. ޖޭސަންގެ މަސައްކަތަކަށްވީ ތަފާތު ދީންތައް ދިރާސާކޮށް ކްރިސްޓިއަންދީން އެންމެ ރަނގަޅީ ކީއްވެކަން ހޯދުމެވެ. ޖޭސަން އެ މަސައްކަތާ ހަވާލުވީ ވަރަށް ކުރާ ހިތުންނެވެ. އެއީ އޭނާގެ ހިތު ތެރޭގައި އެތައް ދުވަހެއް ވަންދެން އުފެދިފައި ހުރި ސުވާލުތަކަކަށް ވެސް ޖަވާބު ލިބޭނެތީއެވެ. އޭނާ ކްރިސްޓިއަން ދީން ދޫކޮށް ހިންދޫއަކަށްވީ ވެސް އެސަބަބާ ހެދި ކަމަށްވާތިއެވެ.

ޖޭސަން އުޅެމުން ދިޔަ ބުރަ ދިރިއުޅުމާއެކު މަސްތުވާތަކެއްޗާ ދުރުވުން މާ އުނދަގޫ ކަމަކަށް ނުވިއެވެ. މީހާ އެކި ކަންކަމުގައި މަޝްއޫލު ކުރަން ފެށުމުން އިސާހިތަކު އެކަމާ ދުރަށް ދެވިއްޖެއެވެ. ނަމަވެސް އެއީ ދަތި އުނދަގޫ ކަމެކެވެ. ތަކުލީފު ބޮޑު ދަތުރެކެވެ.

ޗާޗުގައި އުޅެމުން ޖޭސަން ވަޒީފާއަކަށް ވެސް ދާން ފެށިއެވެ. ކޮންމެ ދުވަހަކު ވަޒީފާއަށްދާން ޖެހޭ ތަނަށް ދެވެނީ މިސްކިތެއް ހުރަސް ކުރުމަށްފަހުއެވެ. މާގިނައިން މިސްކިތް ފެންނާތީ ޖޭސަންގެ ޝައުގުވެރިކަން އެ މިސްކިތަށް ހުއްޓުނެވެ. ޖޭސަން ގަބޫލު ކުރި ގޮތުގައި އެއީ ޗާޗުގައި އޭނާ ކުރަމުން ދިޔަ މަސައްކަތާއި ގުޅުން ހުރި މަސައްކަތެކެވެ. އެހެން ކަމުން އިސްލާމް ދީނަކީ ކޮބައިކަން ހޯދާ ބަލަން ފެށިއެވެ.

އެންމެ ފަހުން މިސްކިތުގެ ތެރެއަށް ވަދެ އެތަނުން ދިމާވާ މީހުންނާ ސުވާލުކޮށް ހަދަން ފެށިއެވެ. އެހެން އުޅެނިކޮށް ޖޭސަންއާއި ދިމާވީ އަހުމަދު އަލް އަކޫމްއާއެވެ. އަހުމަދަކީ މިސްކިތުގައި ދީނާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން މުސްލިމު އެމެރިކަން ސޮސައިޓީގެ ރީޖަނަލް ޑައިރެކްޓަރު ވެސްމެއެވެ. އިސްލާމް ދީނަކީ ކޮބައި ކަމާ ބެހޭ ގޮތުން އޭރު އަކޫމް ދިޔައީ ކްލާސްތަކެއް ނަގައިދެމުންނެވެ. އެ ކްލާސްތަކަށް ޖޭސަން ދާން ފެށިއެވެ.

އެ ކްލާސްތަކަށް ދާން ފެށުމުން ޖޭސަންއަށް އާދަޔާ ހިލާފދު އިހުސާސްތަކެއް ކުރެވެން ފެށުނެވެ. އެތައް ދުަހެއް ވަންދެން ހޯދަން ދުވި ހަގީގަތްތައް ކުރިމައްޗަށް އަންނަން ފެށިއެވެ. ޖޭސަން އިސްލާމް ވާކަން ބޭނުމެއް ނުވިއެވެ. ނަމަވެސް އޭނާ އޭރު ކިޔަވައިގެން ހުރި ފެންވަރަށް ބަލާއިރު ހަގީގަތް ހާމަވެ ސާފުވުމުން ދެކޮޅު ހަދާ މީހަކަށް ޖޭސަން ވާކަށް ބޭނުން ނުވިއެވެ.

ޖޭސަން ކުރިން ގަބޫލު ކުރި ގޮތުގައި ދުނިޔޭގައި އުފާވެރިކަމާ ހިތް ހަމަޖެހުން އޮތީ ފައިސާއާއެކު އެވެ. ނަމަވެސް އެއީ ހުރިހާ އެއްޗެއް ނޫން ކަން ގަބޫލު ކުރެވުނެވެ. ދިރިއުޅުން ބިނާ ކުރަން ޖެހެނީ ލިބޭ އެއްޗެއްގެ މައްޗަށް ކަން ގަބޫލު ކުރެވުނެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖައްސަން ޖެހޭކަން ދަސްވިއެވެ.

ޖޭސަންއަކީ މިހާރު ވެސް މާ މުއްސަނދި މީހެއް ނޫނެނެވެ. ނަމަވެސް އޭނާ އުޅެމުން ދަނީ ހިތްހަމަ ޖެހޭ ދިރިއުޅުމެކެވެ.
ގުޅުންހުރި
ރަންވީރުގެ މި ފޮޓޯއަށް ދިޕިކާ ބުނީ ނޫނެކޭ
13 ގަޑިއިރު ކުރިން
ޕްރިޔަންކާގެ މަންމަ ބުނީ ނިކް އާބެހޭގޮތުން ވާހަކަ ދައްކަން އަދި އަވަސް ކަމަށް
13 ގަޑިއިރު ކުރިން
ސައިފު އާއި ކަރީނާ ލަންޑަނުގައި ޗުއްޓީ ހޭދަކޮށްފި
23 ޖޫން 2018
ޕްރިޔަންކާ އާއެކު ނިކް އިންޑިއާގައި
23 ޖޫން 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]