Raees Vidhaalhuvi Varah Vureh Ginain Male' inn Vote Laan Nukui
vfp.mv
HM
HM
ރައީސް ވިދާޅުވި ވަރަށްވުރެ ގިނައިން މާލެއިން ވޯޓުލާން ނުކުތް
inage
މާލޭން ވޯޓުލާން ނުކުތްމީހުންގެ އިންސައްތަ
  ރިޕޯޓް | ސިޔާސީ | 19 މެއި 2017 | 7 ކޮމެންޓް
ރައީސް ވިދާޅުވި ވަރަށްވުރެ ގިނައިން އަދި 2014 ވަނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ނުކުން މީހުންނަށްވުރެވެސް ގިނައިން މިއަހަރު މާލޭން ވޯޓުލާން ނިކުތް މީހުންގެ އަދަދު ގިނަ ކަމަށް އިލެކްޝަން ކޮމިޝަންގެ ރަސްމީ ނަތީޖާ ތަކުން ދައްކައިފިއެވެ. thegardens
މި ދިޔަ ހޯމަ ދުވަހުގެރޭ އެމްޑީއޭ ޖަގަހާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިވެފައިވަނީ "މާލޭގެ މިއޮށް ބޮޑު އާބާދީ އޮތް ތަނުގައި، މާލެއަށް ހިދުމަތް ކުރުމަށް 13 ފުރުސަތުގެ ޖާގައޮތްއިރު މާލޭން ވޯޓުލާން ނުކުތީ ވޯޓުލެވޭ ކޮންމެ 10 މީހުންގެ ތެރެއިން 3 މީހުން" ކަމަށެވެ.

ނަމަވެސް ރަސްމީ ނަތީޖާގެ ހިސާބުތަކުން ދައްކާގޮތުން މާލޭން ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން 43 އިންސައްތަ މީހުންވަނީ ވޯޓުލާފައެވެ. އެއީ ކޮންމެ 10 މީހަކުންކުރެ 4 މީހުންނަށްވުރެ އިތުރު އަދަދެކެވެ. މީގެ ކުރީން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ ނުކުންމީހުންގެ އަދަދު އަދި މިއަށްވުރެ މަދެވެ.

އެހެން އިންތިހާބު ތަކަށްވުރެ ލޯކަލް ކައުންސިލުގެ އިންތިހާބަށް ވޯޓުލާން ނުކުންނަ އަދަދު މަދުކަން ފާހަގަ ކުރެވެއެވެ. މާލެއިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 2014 ވަނަ އަހަރު ވޯޓުލާފައިވަނީ 31 އިންސައްތަ މީހުންނެވެ. ނަމަވެސް ހަމަ އެއަހަރު ބޭއްވުނު މަޖިލީސް އިންތިހާބުގައި މާލެއިން 60 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ލޯކަލް ކައުންސިލު އިންތިހާބެއްގައި އެންމެ ގިނައިން ވޯޓުލީ ފަހަރުވެސް މާލޭން ވޯޓުލާފައިވަނީ 50 އިންސައްތަ މީހުންނެވެ. އެއީ 2011 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބުގައެވެ.

ވޯޓުލީ މީހުންގެ އަދަދު ދައްކަމަށް ވާހަކަ ދެކެވޭއިރު އެހެން ކަމެއްވެސް ފާހަގަ ކޮށްލާން ޖެހެއެވެ. އެއީ ރާއްޖޭން ބޭރުގައި ދިރިިއުޅޭ ދިވެހީން ވޯޓުލުމަށް 2014 ވަނަ އަހަރު ރާއްޖޭން ބޭރުގައި 6 ވޯޓު ފޮށްޓެއް ބެހެއްޓިފައި ވާއިރު މި ފަހަރުގެ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ހަމައެކަނި ސްރީލަންކާގައި ކަމެވެ.
ހިޔާލު

މޯޑު
ކުރާގެ ވާހަކައައް ވަރައް ތާއީދު
ކުރާ
ގާތުގައި ތިބި އިޚްލާސްތެރި މީހުންނަށް އިހާނެތިކޮށް ހިތާ ބޭރުކުރުމަށްފަހު އަމިއްލަ އެދުން ބޮޑުބަޔަކު ކައިރިކުރީމަ އެމީހުން ކަންކުރަނީ އެމީހުންގެ މަސްލަހަތަށް. އެމީހުން މަސައްކަތްކުރަނީ އެމީހުންގެ ޖީބުފުރާފަ ޔާމީނަށްވެސް ލަނޑުދޭން. ދެނީ ނުބައި މައުލޫމާތު ކުރަނީ ކޮސްކަންތައް. އެންމެ ކުޑަމިނުން އަނބިގޮތްޔެވެސް ކަންކުރީ ފިރިމީހާގެ އަގުވެއްޓޭގޮތަށް
ޖީމު
ރައީސް ޔާމީނު އިކޮމިސޓެކޭ ކިޔާ ވަރަށްވުރެ އެދާއިރާގެ ތަޖުރިބާ މަދު އަި ޢިލްމުވެސް ނެތްބޭފުޅެކެވެ. ބަޔަކު ހަމަ އެހެން ކިޔަނީއެވެ
ގައުމު
ރައީސް ވިދާޅުވި އަދަދު ދިމާނުވުމަކީ ވަރަށް ބޮޑު މައްސަލައެއް. އެމައްސަލަ ހައްލުކުރަންޖެހޭ. ރައީސް އަށް ރަނގަޅު އަދަދު ނޭނގޭ ނަމަ ވިދާޅުނުވާންވީ. ރައީސް ވިދާޅުވާނީ ކޮންމެވެސް މީހަކު އަރުވާ މައުލޫމާތެއް ކަމަށް ފެންނަނީ. އެހެންކަމުން ރައީސް އަށް މައުލޫމާތު އަރުވާ މީހަކު މި ހަދާގޮތެއް ބަލަންޖެހޭ. މިއީގަސްދުގައި ރައީސްގެ އަގު ވައްޓާލަން ކުރާ ކަމެއް ނަމަ ފިޔަވަޅު އަޅަންޖެހޭ. އަދި އެހެން ނޫން ނަމަ ތަކުރާރުނުވާނެ ގޮތަކަށް އެކަން އިސްލާހުކުރަން ޖެހޭނެ
ވޯޓު
ވީ ބަލި އެބަޖެހޭ ޕޕމ ކޯޓުމެދުވެރިކޮށްގެން ހިތްޕަވާގެން ގުންނެވި ފަރާތުން ޒިންމާނަގަން...... މީގެންދަސްކުރަންޖެހޭ ފިލާވަޅަކީ ގަދަކަމުން ނެމްބަރުން އިތުރުކުރެވިދާނެޔޭ... އެކަމަކު ސިއްރުވޯޓު މިދައްކަނީ ތަފާތު ހިސާބު އަކުރެކޭ.......
ޙަސަން
އެއްކޮށް ކަނޑާ ގުނަކުރަން ނޭނގޭ މީހަކު މާ މޮޅު އިކޮނޮމިސްޓަކަށް ހެދިގެން ވެރިކަމަށް އައިސް މިހިރީ ..
އަލީ
ގުނަން ނޭނގޭ މީހަކު އިކޮނޮމިސްޓަކަށްވީ ކިހިނެތް ކަމެއް ނޭނގޭ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]