Yaameenah hamalaa Dhin Meehun Thibee Sifa Badhalu Koggen, Kon Baehkan Adhi Neygey
vfp.mv
VFPBAAZAARU
MIB
MIB
ޔާމީނަށް ހަމަލާދިން މީހުން ތިބީ ސިފަ ބަދަލުކޮށްގެން، ކޮން ބައެއްކަން ނޭނގޭ
inage
ޔާމީނަށް ހަމަލާދިން ކަމަށް ބުނާ ދެ މީހުން---
  ހަބަރު | | 30 އޭޕްރީލް 2017 | 31 ކޮމެންޓް
ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރު ޔާމީން ރަޝީދަށް ހަމަލާދިން ކަމަށް ބުނެ ފޮޓޯ އާއްމުކޮށްފައިވާ މީހުން ތިބީ ސިފަ ބަދަލުކޮށްގެން ކަމަށާއި އެއީ ސީދާ ކޮން ބައެއްކަން އަދި ދެނެ ނުގަނެވޭ ކަމަށް ފުލުހުން ބުނެފިއެވެ. muni
ފުލުހުން އެހެން ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން އިއްޔެ އާއިލާއަށް މައުލޫމާތު ދެމުންނެވެ.

ވީއެފްޕީއަށް މަައުލޫމާތުދިން މީހަކު ބުނީ ޔާމީން މަރާލި މައްސަލަ ވަރަށް ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި ކަމަށެވެ. އަދި ޔާމީން މަރާލި މީހުން ހައްޔަރު ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ތަކުރާރުކޮށް ސުވާލު ކުރުމުން "އެމީހުން ތިބީ ޑިސްގައިސްވެގެން ކަމަށް" ބުނެފައިވާ ކަމަށާއި އެއީ ސީދާ ކޮން ބައެއްކަން އަދި ދެނެގަނެވިފައި ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.

ވީއެފްޕީން ސުވާލު ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އެ މައްސަލައާއި ގުޅިގެން މިވަގުތު މީޑިއާއާއި ހިއްސާ ކުރާނެ މައުލޫމާތެއް ނެތް ކަމަށެވެ.

ޔާމީން ރަޝީދު މަރާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު ދިން ރަހުމު ކުޑަ ހަމަލާތަކެއްގައެވެ.
ޔާމީން ރަޝީދު---
ޔާމީންގެ މަރުގެ މައްސަލަ ހާއްސަ ޓީމެއް އެކުލަވާލައިގެން ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފައިވާ އިރު، އެ މައްސަލާގައި މިހާތަނަށް މާގިނަ މައުލޫމާތުތަކެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޔާމީނުގެ މަރުގެ މައްސަލާގައި މިމަހުގެ 25 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބުދުﷲ ނަވާޒް ވިދާޅުވެފައިވަނީ ޔާމީނަށް ހަމަލާދިން މީހުން ދެނެގަނެވިއްޖެ ކަމަށެވެ. އަދި ހަމަ އެ ދުވަހު ފުލުހުންވަނީ ޔާމީނަށް ހަމަލާ ދިން ކަމަށް ބުނާ ދެ މީހެއްގެ ފޮޓޯ ވެސް ހާމަކޮށްފައެވެ.

ފުލުހުން ފޮޓޯ އާއްމުކޮށްފައިވާ ދެ މީހުން އެ ގެއަށް ވަދެ ނުކުމެވާ މަންޒަރު އެ ގޭގެ ސީސީޓިވީ ފުޓޭޖުން ފެނެއެވެ. ފުލުހުން އާއްމުކޮށްފައިވަނީ ޔާމީން ދިރިއުޅެމުން ގެންދިޔަ މއ.ސްޕެޓިއުލާ ގޭގެ ލިފްޓާ ދިމާލުން މަތީގައި ހަރުކޮށްފައިވާ ކެމެރާގެ ވީޑިއޯއިން ނަގާފައިވާ ފޮޓޯތަކެކެވެ.

އޭގެތެރެއިން އެކަކު ހުރީ ގޮޅި ޖެހި އަތް ދިގު ގަމީހެއް ލައިގެންނެވެ. އެމީހާ ސިޑި ކައިރީގައި ހުރުމުން އެމީހާގެ މޫނު ނުފެނެއެވެ.

ދެވަނަ މީހާ ގެ ފޮޓޯ އާއްމުކޮށްފައިވަނީ އޭނާ ދޮރުން ވަންނަނިކޮށެވެ. އޭނާ ވަންނަނީ ފޯނުން ވާހަކަ ދައްކަމުންނެވެ. އޭގެއިތުރުން އެ ދެމީހުން އެ ގޭ ބޭރުގައި ހަރަކާތްތެރިވަނިކޮށް ފެންނަ ފޮޓޯއެއް ވެސް ފުލުހުންވަނީ އާއްމުކޮށްފައެވެ. އޭގެތެރއިން ގޮޅި ޖެހި ގަމީސް ލައިގެން ހުރި މީހާ ސައިކަލެއްގެ ފަހަތު ސީޓަށް އަރައިގެން ނައްޓާލަން މަންޒަރު އެ ފޮޓޯއިން ފެނެއެވެ.

ޔާމީންގެ މަރާލިތާ ހަފުތާއެއްވެފައިވާ އިރު އެ މައްސަލާގައި ތުހުމަތު ކުރެވޭ އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާތީ އާއިލާއިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އާއިލާއިންވަނީ އެ މައްސަލައިގެ ތަހުގީގުގައި ބޭރުގެ އެކްސްޕާޓުން ވެސް ބައިވެރިކޮށް ދިނުމަށް އެދެމުންނެވެ.
ގުޅުންހުރި
މަރުތަކަށް އިންސާފު ދޭން ހާއްސަ ކޮމިޝަނެއް އުފައްދާނަން: ރައީސް ނަޝީދު
26 ޖޫން 2018
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ
6 ޖޫން 2018
ޔާމީންގެ މަރުގެ ޝަރީއަތް ހުޅުވާލާނެ ކަމަށް ޕީޖީ ވިދާޅުވި: އާއިލާ
29 އޭޕްރީލް 2018
ޔާމީންގެ މަރުގެ ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ގޮވާލައިފި
23 އޭޕްރީލް 2018
ހިޔާލު

ޙައްވަަާ
ޢެބުނާ ސައިކަލެއްގެ ނަންބަރު ބަލައިގެން އެމީ ހަކުހޯދަންވެއްޖެ އެއްނު..
އިންސައިޑް ޖޮބް
މީނަ މަރުގަ ފުލުހުންގެ އިހުމާލެއްވާ ކަމަށް ވެސް މަށަށް މިހާރު ޝައްކު.. ތީ ގަ އެބައުޅޭ ވަރަށް ނުބައި ރޭވުމެށް.. މި ކޮމެންޓް ޖަހަން ކެރޭނެބާ؟
ނަހުލާ
މަ މިކަމައް ފިލުމެއް ހަދާނަން.
ނިކަމެތި ރައްޔިތު މީހާ
ޔާމީން ރަސީދަށް އިންޒާރު ދީފައިވާ ޓްވީޓް ގައި ޕޮލިސް އެމްވީ ޓެގް ކޮއްފަ އޮތް އިރުވެސް ޕޮލިހުން އެކަމާ އެކަށީގެންވާ ފިޔަވަޅެއް ނޭޅުނީ ކީއްވެ؟ ތި މައްސަލައިގެ ތަހުގީގު ކުރެވޭނީ ބޭރުގެ އެހީތެރިކަން ލިބިގެން އެކނި. ސަރުކާރާ ދިވެހި ފުލުހުން ހަމަ ސޯޓު ބޭލޭނީ..
ސައްޕޭ
ފުލުހުން ދޮގުހަދަނީީތަ، ނޫނީ އޮޅުވާލަނީތަ،
ހުއްބުލްވަތަން
ފުލުހުން އަދިވެސް ކަމުދާނީ މީދާމަރާ ރަށުތެރެ ކުނިކަހަން. ހުރިހާ ބިދޭސީން ފޮނުވާލާ ފުލުހުންނަށް ވާވަރުގެ ކަމެއް ހަވާލުކުރުމުން ބަޖެޓާ ގައުމަށް ކުރާ ފައިދާވެސް ބޮޑުވާނެ. ޑިސަޕޮއިންޓްމަންޓް ޓް ދި މެކްސް
ޖުނައިދު
ލިބުނުކުރި އެރުމަކީ އެމީހުންތިބީ ސިފަ ބަދަލުކޮށްގެންކަން ދަނެގަނެވިއްޖެ.ހާދަ މޮޅޭދޯ ދިވެހި ފުލުހުން.ސިފަ ބަދަލުކުރީމަވެސް އެނގިއްޖެ ބަދަލު ކޮށްގެން.ސާބަސް ދިވެހި ފުލުހުން ..
އައިއެފް
ގާތައް ފުރޮޅާ ނިމުނީމަ ބުނަންއެނގުނީ އެމީހުންތިބީ ޖިންނިންގެ ސިފަގައޭ. ސިފައެއްވެސް ނޭނގޭ. ބޯހަލާކު. އަޅެފަހެ މިތިބަ ފުލުހުންނަށް ކިހިނެތް ވެފައިތަ އެތިބީ. ކޮންމެވެސް ކަހަލަ ރުގުޔާއެއް ކޮށްދީބަލަ މިންޖުވޭތޯ ބަލަން.
ދަތުރު ވެރިޔާ
މީގެ ދުވަސް ކޮޅެއްކުރިން މަގުމައްޗައް ވެއްޓުނު 200،000ރުފިޔާ ހުރި ފައިސާ ދަބަހެއް ދިވެހި ފުލުހުން ސީސީޓީޥީ ގެ އެހީގައި އެފައިސާ ތަށް ހޯދާ ބިދޭސީއަކު ހައްޔަރު ކުރިވާހަކަ މީޑިއާ އިން ކިއިން، ދެން ކީކޭ ދިވެހި ފުލުހުން މިކިޔަނީ!!!؟؟؟...
އަލީ
އެހާ މުހިއްމުތަ؟
ކާކު
ކާކުކަން މާރީއްޗަށް ވެސް ޕޮލިހުންނައް އިނގޭނެ، އެގަޑީގެ ސެލިއުލާ ޓަވަރު ތަކުގެ އެހީގަ އެގޭނެ ހޯދަން ވެސް ފަސޭހަވާނެ
ކަލޯ
ސަރުކާރުން ތަންފީޒް ކުރި މަރުގެ ހުކުމެއް އަދިޖެހޭތަ ތަހްގީގް ކުރަން. ޢެއަށްވުރެ ބޮޑު ކުރިއެރުމެއް އޮންނާނެތަ.
އަލިވާސް
ތި ފިލްމު ކުޑަކޮށް ވައްތަރުކަމެއް އެބަ ހުރި އަކްޝޭގެ ޖޯލީ އެލްއެލްބީ އާ ....
ޙުސޭނު
މީ ދޯ އެ ބުނާ ލިބުނު ބޮޑު ކުރިއެރުމަކީ.. ކީކޭ ދެން ބުނާނީ.
ހަސަން
ވާނެބާ ތިކަން ތިމީހުނައް....
ރާާާއްޖޭގެ ހާލަތު
ތިކަންތި ދިޔައީ ފަސްގަޑު އަޑިޔަ ސަންދޯކާ އެކު ވެލިއެޅު މުން ތި ނިމުނީ! ( އަފްރާސީމް ، ރިލްވާން ، އިބްތިހާލް ،ޔާމީން ، ހުޅުމާލެ ރޭއެޕް ރާއްޖެޓީވީ ރޯ ކޮއްލިމައްސަލަތަ) ކޮބާ؟؟؟؟؟؟؟؟؟؟؟؟
ޕްރިންސެސް
ދެން އެދުވަހު ފޮނިވެފަ އެބަޔަކު އެނގިއްޖޭ ކިޔައި ފެމިލީ އާއި އެންމެހާ ދިވެހިން އިމްޕްރެސް ކުރަން އުޅުނީ ކީއްވެ... ވަށައިގެން ނާއި ގޭއެތެރެލައިގެން 1000 ކެމެރާ ހުއްޓަސް އެބަޔަކު ނުހޯދޭނެ ކަން ދިވެހިންނަށް އިނގޭ...ސަބަބު ލިޔެފިނަމަ މަށާއި މެދު އަބުރުގެ ދައުވާ ނުކުރާނެ ކަމުގެ ޔަޤީންކަންނެތީމާ އެބައި ދޫކޮށްލީ...
މި ސަރުކާރުގައި ޖަސްޓިސް ހޯދަން ނޫޅުން ބުއްދިވެރި....އެއީ ވާނެކަމަކަށް ނުވާތީ...އެހެންނޫނަމަ އަފްރާޝީމްގެ ޤާތިލުން ހޯދުނީސް... ތިބަޔަކު ހުވާ ކޮށްގެން އެތިބި އަސްލުބޭނުން ރައްޔިތުންނަށް އެނގެއެންނު.. އެކަން އެމީހުން ކުރާނެ....ﷲގެ ދަރުބާރުން އިންސާފު ލިބޭނެ އަދި އެދުވަހުން ތި ޤާތިލުންނާއި ތި ޤަތުލުގައި ޝާމިލްވާ އެންމެން ފިލަންދާނީ ކޮންތާކަށް؟
ހުސެން
ރައްޔިތުންގެ ފައިސާއިން މުސާރަ ނުނަގާ ތިކަން ވާވަރު ބަޔަކާ މަޤާމު ހަވާލުކުރަން ގޮވާލަން. ތިއޮތީ ފޭލްވެފަ
އމއނޑއފ
ެ ް ެ ް ީ ެ ް އެގަޑީގަ އެކުރިކޯލްވެސް ބެލޭނޭ. ފޯންވެސް އެންމެފަހުން ސިގްނަލް ރިސީވް ވީ ހިސާބެއްވެސްބެލޭނެ
ާކިރުކުކުލު
ނުފެންނަ ތާކިހާ އަލައިގެން ތިބީމަ ނުފެންނާނެ
އިބޫ
މިއީ މި ރީޖަން ގަިއ ތިބި އެންމެ މޮޅު ފުލުހުން ކަމަށް ބުނަ މީހުްނގެ ހާލަތަު... ދެން ކީކޭ ބުނާނީ
ލަތީފާ
ލަދެއް ހަޔާތެއް ނެތޭ ދޯ! ބަލަ ކަލޭމެނަށް މުސާރަ ދެނީ ރައްޔިތުން. ކަލޭމެނަށް މުސާރަ ދެނީ ރައްޔިތުން މަރާ ވަގުން ހިމާޔަތް ކޮށް ވައްކަން ފޮރުވާކަށް ނޫން.
ޢަލި
ސައިކަލް ނަމްބަރު ސސޓވ ފުޓޭޖުން ފެންނާނެ؟؟؟؟؟
ެރ3ދ
އެއްކޮޅު އަދީބުގެ ދަބަހުން ވަޒަނެއް ފެނުމުން އެ ސާބިތެއްނުވި. ދެކޮޅު އަދީބުގެ ދަބަހުން ވަޒަން ފެނި ހުކުމްވެސް އައިއްސި. ވިސްނާ ފިކުރު ކުރާ މީހުންނަށް މިފެންނަނީ "އެއްކޮޅު" އަދި "ދެކޮޅު" އެކަނި ބަދަލުވެފަ އޮތްތަން. ދެން ހުރިހާ ކަމެއް ހަމަ އެކައްޗެއް. ހަމަ ކުޑަކުޑަ ދެޖުމްލައިން މިއަދު މިގައުމުގެ ހާލަތު. މި ކޭސްގަވެސް މިމީހުން އެއްކޮޅު ނަމަ ސާބިތުކުރަން ލާހިކެއްނޫން.
ނިމިނިމި
ކީކޭ ދެން ބުނާނީ....... ހަމަ ސަހަރޯ އޭހިތައް އަރާ
ޅިޔަނު
ކޮބާތޯ އެމީހުން އެތިބީ ޕްރޮޓެކްޓިވް ގިއާަރ އެއްވެސްނެތި ހުސްއަތާ. ކޮބާތޯ އެމީހުންގެ ފިންގާ ޕްރިންޓްވެސް އެތާހުންނާނެ ކަމަށް ގަބޫލުކުރެވޭ. ކީންވެތޯ ނުހޯދެނީ...ތިބޭފުޅުން ބައިވެރިވަނީތޯ ތިކަމުގަ...!!!!
އަލީ
ސީސީޓީވީ ކެމެރާތައް މުޅި މާލޭގައި... ގޮޅި ޖެހި ގަމީހެއްލާގެންހުރި މީހަކު ސައިކަލުގައި ދިޔަތަނެއް ނޭނގޭ. މިއަރަތުގެ ޖަވާބު ހޯދާމީހަކަށް....
މާބޮޑަށް ވެސް ނާގާބިލް
ކޮންމެ ސިފައެއްގަ ތިއްބަސް އެމީހުން ދިޔަ ތަނެއް ސީސީޓީވީ ކެމެރާތަކުން ހޯދެން ޖެހޭނެ. މުޅި މާލޭގަ ކެމެރާ ހަރުކުރުމުގެ ބޭނުމެއް ކޮބާ؟
ސުވާ
ތި ނިމުނީ ތިޔަމައްސަލަވެސް ތިހާހިސާބުން. ތިޔަކަމެއް މި ސަރުކާރަކުން ނުބަލާނަ އަހަރެމެން ގަބޫލުކުރާގޮތުގައި މި ބާވަތުގެ ރޭވިގެން ހިންގާ ޖަރީމާތަކަކީ ސަރުކާރުގެ އަތެއްވެސް އޮވެގެންުކުރާކަންކަން. ޤަބޫލުކުރެވޭ.
އަހުލާފު
މިހާތަނަށް ތިލަވި ކަންތައް
1 ޕޮލިހުން ކުރިން ފޮޓޯތައް ޢާންމު ކުރުމަށްފަހު އެއީ ދޮގުމައުލޫމާތުކަމަށް އެއްބަސްވުން.
2 ޕޮލިހުން މިކަން އޮއްބާލީތޯ، ޕޮލިސް ހެޑުން ބަދަލުކުރީ މި ފޮޓޯ އާންމުކުރީމަތޯ، ބަދަލުގަ އައިހެޑުން މި ފޮޓޯ ތަކުގަ ފެންނަ މީހުން އެއީ ކަމުން ރެކިގެންވާ ބައެއްކަމަށް ދައްކަން މަސައްކަތް ކުރައްވަނީތޯ، މި ހުރިހާ ސުވާލު އެބަ އުފެދޭ
3 ކޮންމެވެސް ކަމެއްގައި ޕޮލިހުން ފަހަތުފަޔަށް ބުރަވެފައި ތިބިކަން އެނގުން
އަހްމަދު
ކަނޑައެޅިގެން ދޮގު. ހަމަރަގަޅައް އެގޭނެ. ހިންދާލީ. މިކަމާ އުޅޭނެ ކަމެއްނެތް. ދެން އަންނަ ސަރުކާރަކުން ބަލާދީފާނުތޯ ބަލަން މަޑުކުރުންނޫން ގޮތެއްނެތް.
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]