Rilwan Gehlunuthaa 894 Dhuvas, Insaaf Hoadhaidhee: Rilwan Mamma
vfp.mv
VFPBAAZAARU
HM
HM
މިއަދަކީ ރިޟްވާންގެ އުފަން ދުވަސް، ގެއްލުނުތާ 894 ދުވަސް، އިންސާފު ހޯދައިދީ: މަންމަ
inage
ރިލްވާން އޭނާގެ މަންމައާއި އާއިލާގެ ބައެއް މީހުންނާއެކު---
  ހަބަރު | | 18 ޖެނުއަރީ 2017 | 0 ކޮމެންޓް
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުނުތާ މިއަދަށް 894 ދުވަސްވީއިރު ރިޟްވާނަށް ވީގޮތް އޮޅުންފިލުވައިދީ އިންސާފު ހޯދަން މަސައްކަތްކޮށްދިނުމަށް ރިޟްވާންގެ މަންމަ އައިމިނަތު އީސާ އެދިއްޖެއެވެ. Dhiraagu
ރިޟްވާންގެ މަންމަ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދަކީ ރިޟްވާންގެ 31 ވަނަ އުފަންދުވަސް ކަމަށެވެ.

"މިދުވަސް އަޅުގަނޑުމެން ފާހަގަކުރަން މިޖެހުނީ، އުފާވެރިކަމުގެ ބަދަލުގައި އޭނާ ނެތުމުގެ ވޭނާ ކުރިމަތިލާން ޖެހިފައިވާ ހިތާމައާއި ހިތްދަތިކަމުން ފުރިފައިވާ ދުވަހެއްގެ ގޮތުގަ" ރިޟްވާންގެ މަންމަ ބުންޏެވެ.

ރިޟްވާން އެންމެ ފަހުން ފެނިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހުއެވެ. ރިޟްވާން އެންމެފަހުން ފެނިފައިވަނީ މާލޭޣައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުންނެވެ.

"ރިޟްވާން ގެއްލުނު ހާދިސާއަކީ ބޮޑު ހިތާމައެއް ކަމުގައިވީނަމަވެސް އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައަށް އަންގައިދޭން ބޭނުންވަނީ މި ހާދިސާއަކީ މިހާރު ގޮތްނޭނގޭ އަދި އޭގެ ހަގީގަތް ވަންހަނާވެފައިވާ ހާދިސާއެއް ނޫންކަމެވެ." ބަޔާނުގައި ބުނެފައިވެއެވެ. "ވަރަށް ދިގު މުއްދަތަކަށްފަހު ފުލުހުންނާއި ސަރުކާރުން ވަނީ މިކަމަކީ ކުށެއް ކަމާށް ކަނޑައަޅައިފަ" ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

މިވަގުތު އެކުށުގެ ތުހުމަތުގައި އެއްވެސް ބަޔަކު ބަންދުކޮށްފައި ނުވިއަސް އަދި ފުލުހުންގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބު ނޭނގުނު ކަމުގައިވިޔަސް ޖަވާބު ހޯދުމަށް ކެނޑިއެޅި އަޒުމަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށެވެ.

ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާނަށް ވީގޮތެއް އެނގޭނެ ބަޔަކު ތިބޭނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ކުޑަކުޑަ ގައުމެއްގައި ކަންކަން ފޮރުވައިގެން އުޅުމަކީ ދަތި އުނދަގޫ ކަމެއް ކަމަށާއި އެފަދަ ނުބައި، ރަހުމުކުޑަ އަމަލެއް ފޮރުވުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ރިޟްވާން ހޯދުމަށް އިތުރު ހިތްވަރެއް ބޭނުންވާނަމަ، ސީދާ އޭނާއާ ހަމައަށް ވާސިލްވެވޭނެފަދަ މައުލޫމާތު ދިން ފަރާތަކަށް ހަދިޔާކުރުމަށް ކަނޑައަޅާފައިވާ 200،000 ރުފިޔާ އަދިވެސް އެބައޮތެވެ." ރިޟްވާންގެ މަންމަ ބުނެއެވެ. ރިޟްވާންގެ މަންމަ ވަނީ، ރިޟްވާނަށް ވީގޮތުގެ މައުލޫމާތު ލިބިފައިވާނަމަ އެމައުލޫމާތު ހިއްސާކުރުމަށް އާދޭހާއެކު އެދިފައެވެ.
ގުޅުންހުރި
ރިލްވާނުގެ ގެއްލުނު މައްސަލައިގެ އަޑު އެހުމެއް މާދަމާ
8 މެއި 2018
އާލިފްގެ ކާރެއް ހުޅުމާލެއަށް ގެންދިޔަކަން ނޭންގޭކަމަށް ހެކިބަސް ދީފި
23 އޭޕްރީލް 2018
ރިލްވާނުގެ ގެއްލުނު މައްސަލައިގެ އަޑު އެހުމެއް މާދަމާ
22 އޭޕްރީލް 2018
ހެކިން ހާޒިރު ނުކުރެވިގެން ރިލްވާންގެ އަޑުއެހުން މިއަދު ވެސް ކެންސަލު
15 އޭޕްރީލް 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]