Hulhumale International Schoolge Social Studies Fothugai Churchthakeh
vfp.mv
VFPBAAZAARU
HM
HM
ހުޅުމާލޭ އިންޓަނޭޝަނަލް ސުކޫލުގެ ސޯޝަލް ސްޓަޑީޒް ފޮތުގައި ޗާޗުތަކެއް
inage
ގޭޓްވޭ އިންޓަނޭޝަނަލް ސުކޫލު---
  ހަބަރު | އިޖުތިމާއީ | 4 ޖެނުއަރީ 2017 | 17 ކޮމެންޓް
ހުޅުމާލޭގައި މިއަހަރު އަލަށް ހިންގަން ފަށާ ގޭޓްވޭ އިންޓަނޭޝަނަލް ސުކޫލުން އެ ސުކޫލުގެ ދަރިވަރުންނަށް ދޫކުރި ސޯޝަލް ސްޓަޑީޒް ފޮތުގައި ޗާޗުތަކެއް ހުރުމުން ބެލެނިވެރިން ހިތްހަމަ ނުޖެހުން ފާޅު ކުރަން ފަށައިފިއެވެ. kobadoctor
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ޗާޗުތައް ހުރީ އެ ސުކޫލުގެ ގްރޭޑު ތިނެއްގެ ދަރިވަރުންނަށް ދޫކުރި ސޯޝަލް ސްޓަޑީޒް ފޮތުގައެވެ. އެފޮތުގައި ކެތޮލިކް ޗާޗަކާއި ޕްރޮޓެސްޓެންޓް ޗާޗެއްގެ ފޮޓޯ ހިމަނާފައިވެއެވެ.

ގޭޓްވޭ ސުކޫލުގެ ބައެއް އިސްވެރިން ވެސް ހިމެނޭ ވައިބަ ގުރޫޕެއްގައި ރޭ ބައެއް ބެލެނިވެރިން ހިތްހަމަ ނުޖެހުން ފާޅު ކުރުމުން އެ ފޮތްތައް އަނބުރާ ނެގުމަށްފަހު އެކަން އިސްލާހު ކުރާނެ ކަމަށް ގޭޓްވޭ ސުކޫލުގެ މެނޭޖުމެންޓުގައި އިސްކޮށް އުޅުއްވާ ބޭފުޅަކުވަނީ ވިދާޅުވެފައެވެ. ނަމަވެސް ވީއެފްޕީން ސުވާލު ދެންނެވުމުން އެބޭފުޅާ މައުލޫމާތު ދެއްވާފައެއް ނުވެއެވެ. ސޯޝަލް ސްޓަޑީޒް ފޮތުގައި ހުރި ޗާޗުތައް---
މިހަބަރާއި ގުޅޭ ގޮތުން ގޭޓްވޭ އިންޓަނޭޝަނަލް ސުކޫލުގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.

ވީއެފްޕީއާއި ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ ބެލެނިވެރިން ހިތްހަމަ ނުޖެހެނީ މެނޭޖުމެންޓުން ކަން ކުރަމުންދާ ގޮތުން ކަމަށެވެ.

"ވަރަށް އަވަސް އަރުވާލައިގެން މިހުރިހާ ކަމެއް މިކުރަނީ. ކުރާއިރު، ގޯސް ކަމެއް ވެސް ކުރެވިދާނެ. އެކަމަކު މެނޭޖުމެންޓުން ޑީލު ކުރާ ގޮތް މުހިއްމީ. ގޯސް ފޮތްތަކެކޭ އަނބުރާ ގެންނާށެ ބުނީމަ ވެސް އަސްލު އެނގެނީ ކުޑަކޮށް އިހުމާލު އުޅޭކަން،" ބެލެނިވެރިއަކު ބުންޏެވެ.

ގޭޓްވޭއިން މިއަހަރު ހިންގަން ފަށާ ސުކޫލަކީ ކުރިން ލާލޭ އިންޓަނޭޝަނަލް ސުކޫލުގެ ނަމުގައި ހުޅުމާލޭގައި ހިންގަމުން ގެންދިޔަ ސުކޫލެވެ.

އެ ސުކޫލު ބިޑަށް ހުޅުވާލުމުން ބިޑު ކުރި ފަރާތްތަކުގެ ތެރެއިން ހަވާލުކޮށްފައިވަނީ ކޮލިޓޭޓް އެޑިއުކޭޝަނާއެވެ. ކޮލިޓޭޓް އެޑިއުކޭޝަނާއި އެ ސުކޫލު ހަވާލުކޮށްފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުން ބަލަމުން ގެންދިޔަ މައްސަލަތަކަކަށްފަހު އެ ސުކޫލު އަލުން ބިޑަށް ލާން އަންގާފައި ވަނިކޮށެވެ.
ގުޅުންހުރި
އެމްޑީޕީގެ މެނިފެސްޓޯ: ޓީޗަރުންގެ މުސާރައާއި އިނާޔަތް ބޮޑު ކުރާނެ
18 ޖުލައި 2018
ޓެބްލެޓް "އަތަށް ގޮވީތަ؟"
8 ޖުލައި 2018
އެމްއެމްއޭގެ ސްކޮލަޝިޕަށް ހުޅުވާލައިފި
5 ޖުލައި 2018
ކްލީކް ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަދިވެސް އެބަ އޮތް
2 ޖުލައި 2018
ހިޔާލު

ކޮސް
އިމާރާތެއްގެ ފޮޓޯއަކީ ކަރިކިއުލަމުގައި އެފޮޓޯ ހިމެނުމާ އެއީ ދެކަމެއް. މީގެ ކުރިންވެސް އެބަހުރި ކަރިކިއުލަމުގެ ބޭރުން ކްރިސްޓިއަން ދީން ކިޔަވައިދީފައި އެމީހުންނާމެދު ފިޔަވަޅުވެސް އެޅިފައި، އެކަމަކު ކަރިކިއުލަމުގައި ޗާޗުގެ ފޮޓޯ ހުރީމަ އެ ޝަރަހަކޮށްގެން އެއީ ކޮން އެއްޗެއްކަން ބުނެދީގެން އޭނާއާމެދުގައި ފިޔަވަޅެއް ނޭޅޭނެ ކިތަންމެ ފުޅާކޮށް ބުނެދިނަސް އަދި އެއީ ކްރިޓިއަން ދީނަށް ގޮވާލުމުގެ ފުރުސަތެއް. މީހުން ކަރިކިއުލަމަށް ލަނީ ކުއްޖާގައި އަށަގަންނަވަން ބޭނުންވާ ކަންކަން. ސްޓާޕްލަހުން ދައްކާ މޫވީ ބެލެނިވެރިން ބަލާއރު ފައްޅި ފެނުމަކީ އެއީ ކަރިކިއުލަމެއްގައި ފައްޅި ހިމެނެން ޖެހޭ ސަބަބެއް ނޫން. ކައްޗަށް އެޅި ސްކޫލުގެ ބިންގަލެއް ސީދާވާނެ ގޮތެއް ހިޔެއް ނުވޭ އޮންނާނެހެނެއް.
އަލީ
ތިޔައިގެ ތަނެއް ފެނިއްޖިއްޔާ ލޯވެސް ވާނީ މަރަން
އަލިފު
ސުޓާ ޕުލަހުން އަބަދު ހިންދޫ ފައްޅިތައް ދައްކާ އިރު އެ ބަލަން ތިބޭ ބެލެނިވެރިޔާ ގެ ޢަޤީދާ ކޫލް
ޢަފޫ
ވަރިހަމަވާނެ ގޭގަ ޑްރާމާ އަޅުވައިން އިންނައިރު ބަގުވާނު މައްޗަށް މަޑިޔާ ޖެހިޔަސް. 7 އަހަރުވާއިރު ނޭނގޭ ބަގުވާނެ ނޯވޭ. ޗާޗެއް ފެނުނީމަ މިގޯސްވީ
ގުރާ
ޗާޗެއް ފެނުނީމަތަ މައްސަލައަކީ..؟؟ ދަރިން އައުރަ ނިވާނުކުރިޔަސް ނުވަަތަ އައުރަ ނިވާ ނުކޮށް އުޅެން އޯކޭ ދޯ.. އެހެންމީހުންނަށް ގުދޯ ގުދޯ ގޮވަމުން ދުވެވޭތޯ ބަަލާ . ސަހަރޯ ހީވޭ މި ދިވެހިން އުޅޭގޮތުން. ފޮތުގަ އޮއްނަނީ އެއްބަޔަށް އީމާން ވާންތަ؟؟
ޙދހސ
ތިހުރިހާ ދީން ތަގުގެ ވާހަކަ ގުރުައާން ގަ އެބައޮތް ދެން ގޮބާ މައްސަލަ އަކީ. އެހެން ދީން ތައް އިގިގެން ނެތް ގޯހެއް. އިސްލާމް ދީން އެއީ އެންމެ ރަގަޅުދީން. ފޮރުވާގެން ގޭގަ ބަހައްޓާގެން ނެތް ވާކަށް.
....
ބޭރު ބަޔަކު އެހީ އެެއް ވާން އުޅެފިއްޔާ ދިވެހިންނަށް ވަނީ ހިޞޯރު ކުރުމަށް. އަމިއްލަ އަށް ފުދިގެން އުޅެވޭ ބަަޔެއް ނަމަ ރަނގަޅު.
ދޫނި ރާއްޖެ
ލިބުނު ކުޑަ ދުވަސް ކޮޅެއްގައި ތިތަން ހިންގަން ޖެހުނީމައި ތިކަހަލަ ކަންތައް ދިމާވާނެ. ރަނގަޅު ކޮށްލީމަ ނިމުނީ. ތިތަން ހިސޯރުކޮށްގެން 8 އަހަރު އުޅުނު ބަޔަކު ތިކަހަލަ ކުދި ކަންތައްވެސް ބޮޑުކޮށް ވާހަކަ ދައްކާނެ!
ބެލެނިވެރިޔާ
ތިޔަ ސްކޫލް ކަންތައްތައް ދަނީ ވަރަށް ގޯސް ކޮށް. ލާލޭ އާއި ބަލާފަ ސްކޫލް އެއްވެސް ކަމެއް ބޮޑެއް ނުވާނޭ ކުރިން ބުނި. ޢެކަމަކު ގްރޭޑް 3 ގެ ކުދިންގެ ޓެކްސް ފޮތްތަކަށްވެސް 4200 އެރި. މީ ލާލޭ ގްރޭޑް 3 ގެ ފޮތް ތަކަށްވުރެ ދެގުނަ ބޮޑު އަދަދެއް. ޢެޑިއުކޭޝަން އިން މިކަން ބަލަންޖެހޭ. ކުއްލިޔަކަށް ސްކޫލް ބަދަލުވީމާ ކުރިން ލާލޭ ގައި ކިޔެވި ކުދިން އެ ތިބީ މަޖުބޫރުފަ. މިހާރުގެ މެނޭޖްމެންޓުން ބޭނުން އެއްޗެއް އެ ހަދަނީ
އ
"ވަރަށް އަވަސް އަރުވާލައިގެން މިހުރިހާ ކަމެއް މިކުރަނީ. ކުރާއިރު، ގޯސް ކަމެއް ވެސް ކުރެވިދާނެ. އެކަމަކު މެނޭޖުމެންޓުން ޑީލު ކުރާ ގޮތް މުހިއްމީ. ގޯސް ފޮތްތަކެކޭ އަނބުރާ ގެންނާށެ ބުނީމަ ވެސް އަސްލު އެނގެނީ ކުޑަކޮށް އިހުމާލު އުޅޭކަން،"
- ހަމައެއް ނުޖެހޭ!!!
ހައިޝަމް
ޗާޗަށް ކިޔާ ދިވެހި ނަމެއް އޮވޭ، ކިޔަނީ "ނަސާރާ ދީނުގެ ފައްޅި"
ހޯހޯ
މިއީ ލަންކާގެ ސޯޝަލް ސްޓަޑީސްގައި މައްސަލައެއް ނޫން. އެކަމަކު ދިވެހިރާއްޖޭގައި މައްސަލައެއް. ދިވެހިރާއްޖޭގައި އިތުރު ދީނެއް ނެތް ރަސްމީކޮށެއް. އެހެންވެ އެހެން ދީނެއްގެ ޝިޢާރެއް ފާޅު ކުރުން ސޯޝަލް ސްޓަޑީސްގެ ތެރެއަކަށް ނުލެވޭނެ.
ކޯދު
ސަން އަށް ބުނެލަން އޮތީ، މިދައްކަނީ މަންހަޖެއްގެ ވާހަކަ، ހެޔޮ ނުބައި ވަކިވާންޖެހޭ، އެކަމަކު ދިވެހި މުޖުތަމަޢުގެ ވެލިއުސްތަކާ ފުށުއަރާ ކަންކަން ޢަޤީދާއާ ގުޅުން ހުރި ކަންކަން އެއީ، އެހެންވީމާ މުޅި އަހަރު އެފޮޓޯ ކުއްޖާގެ ތަޞައްވުރުގައި ހުންނާނެ، އެއީ ތަނެއްގެ މައުލޫމާތު ލިބުމާ ތަފާތުކަމެއް. އަހަރެމެންނަކީ މުސްލިމުން އެފަދަ ކުޑަކުދިން ކިޔަވާ މުޤައްރަރެއްގައި އެފަދަ ކަންކަން ނުހުންނާނެ ކަމަށް ބަލައިގެން އެ ޔަގީންކަމާއެކު އަހަރެމެންގެ ތެރެއިން ގިނަ ދިވެހިން ދަރިން ސްކޫލަށް ފޮނުވަނީ، ހުރިހާ މާނައެއްގައި ހިމާޔަތް ލިބޭނެކަމަށް ބަލައިގެން، މިއީ މެޖޯރިޓީ އޮތްގޮތް. އެކަން ދިފާޢުކުރާ މީހުން ކުރާނީ އެއްގޮތަކީ ސްކޫލު މެނޭޖުމަންޓުން އެކަން ކުރުން. އަނެއްގޮތަކީ، އެކަންކަން ހަގީގަތުގައިވެސް ވަރިހަމަ މީހުން އެފަދަ މީހުންނަށް ރާއްޖެއިން ބޭރުގެ ސްކޫލުތައް އެހެރީ. އަހަރެމެންގެ ގިނަ ބެލެނިވެރިންނަކަށް އެގޮތް ކަމަކު ނުދޭ. ހިތާމަ ހުރިކަމަކީ، ތިޔަ ސްކޫލު ބިޑު ކާމިޔާބު ކުރުމާއެކު ހަދައިގެން އުޅުނު ވައިބަރ ގްރޫޕުގައި ފުރަތަމަވެސް ކުރިކަމަކީ ބެލެނިވެރިންނަށް އިންޒާރު ދިނުން. ތިމަންމެނާ ބެހޭގޮތުން ހަގީގަތާ ޚިލާފު ވާހަކަ ދައްކަންޏާ ގާނޫނީ ފިޔަވަޅު އަޅާނަމޭ. އެހެން ބުނެ ބެލެނިވެރިންނަށް ބިރުދެއްކީ ބައެއް ފަނޑިޔާރުންނާ ނުފޫޒު ގަދަ މީހުން ތިބުމުން. އޭގެ މާނައަކީ، ތިޔަމީހުން ކޮންމެ ގޮތަކަށް ކަންކުރިއަސް އަހަރެމެންގެ ދަރިންގެ މެދުގައި ކިތަންމެ ބޮޑު ތަފާތު ކުރުމެއް ކުރިއަސް ޒިންމާދާރު ކުރެވޭނެ ބައެއް ނޫނޭ އެއީކީ. މިހާރު އެފެންނަނީ އެކަމުގެ އަލާމާތް ބެލެނިވެރިއަކު ހިތްހަމަ ނުޖެހުން ފާޅުކުރީމާ ބެލެނިވެރިންނާ ސްކޫލު މެނޭޖުމަންޓު ހިމެނޭ ވައިބަރ ގްރޫޕުން ބޭރުކުރީ، އެ ބެލެނިވެރިޔާ ހުތުރު އެއްޗެއް ނުކިޔާ. ގްރޫޕުން ބޭރުކުރީ ސީދާ މެނޭޖުމަންޓުން ގްރޫޕު އެޑްމިން ކޮންޓްރޯލުކުރާނީ މެނޭޖްމަންޓުން. ވީމާ މިގޮތަށް ކަންތައް ކުރާތީ ވަރަށް ބޮޑަށް ކަންބޮޑުވޭ. އަހަރެމެންވެސް ގަބޫލުކުރަން އިންސާނުން އަތުން ގޯސް ހެދޭނީ. އެކަމަކު އެޑިއުކޭޝަނުން ސްކޫލަކަށް ހުއްދަ ދޭއިރު އެމީހުންގެވެސް ޒިންމާ އެބައޮތް އެތަނުގައި ކިޔަވައިދޭ ކޮންޓެންޓު ބަލާ ޗެކްކުރުމުގެ. އެކަން އެނގެންވާނީ ބެލެނިވެރިންގެ އަތްމައްޗަށް ފޮތް އެރީމައެއް ނޫން. އުއްމީދުކުރަން ސްކޫލު މެނޭޖްމަންޓުގެ އީގޯ ދޫކޮށް ބެލެނިވެރިންނަށްވެސް އިހުތިރާމާއެކު ކަންކުރަން. ސަން އަށް މައްސަލައަކަށް ނުވިއަސް އަހަރެމެންނަށް މައްސަލައެއް. އައުގުރާނަވެސް އެެއީ އައުގުރާނަކަން އެނގެން ޖެހޭނެ. ނަމަވެސް ސްކޫލު މަންހަޖުގައި އެހިމަނައިގެންނެއް ނޫން. އަދި އެކަން ދެނެގަތުމަށް އޮންނާނެ ވަކި އުމުރެއްވެސް ގްރޭޑް ތިނެއް ނޫން އެއުމުރަކީ، އަހަރެމެން ދަރިން ފޮނުވަނީ އެތަނަށް ކޮމްޕެރެޓިވް ރިލިޖަން ކިޔަވައިދޭކަށް ނޫން. ރަނގަޅު ތަޢުލީމާ ތަރުބިޔަތު ދޭން. އެނގޭ ބެލެނިވެރިންގެ ތެރޭގައި އެއީ މައްސަލައަކަށް ނުވާ އަދި އެކަމަށް ބޭނުންވެފައި ތިބި ބަޔަކުވެސް ތިބެދާނެކަން. އެކަމަކު ގިނަ މީހުންނެއް ނޫން.
22
މިޒަމާނުގަ އިމާރާތެއްގެ ފޮޓޯއެއް ހުރުމަކީ މައްސަލައެއްނޫން އަދި އަހަރެމެންގެ މުސްލިމުންގެ އަގީދާއަށް އަސަރުކުރާނެ ކަމެއްވެސްނޫން. މިހާރު ގޫގުލް ކޮށްލާއިރަށް ނާންނަ އިމާރާެތެއްގެ ފޮޓޮއެއް ނުހުންނާނެ. އިމާރާތަތައްވެސް ދަރިވަރުންނަށް ފޮރުވައިގެން ސެންސަރުކޮށްގެން އުޅުމަކީ ދީނެއްނޫނ.ް ގިނަ ދިވެހިންނަކީ ރާއްޖޭން ބޭރަށް ކުދިން ގޮވައިގެންފާ މީހުން ޗުއްޓީއާ އެހެން ކަންކަމު. މިހެންދާއިރު ވަކި އިމާރާތެއް ފެންނައިރަށް އެތަން ފޮރުވާ ލޯމަރާކަށް ނާންގާ. އެހެންނޫނަސް ދިވެހިން އެއަށްވުރެ ހޭލުންތެރިކަންނޭގެ މިހާރު އިމާރާތެއް ފެނިފަ ދީނުން ބޭރުވާވަރަށްވުރެ.
ޝާފީ
ޝުކުރިއްޔާ ރައީސް ޔާމީން
މޫން
ތީ އެއްވެސް މައްސަލައެއް ނުން!
އެކަމަކު، އުފެދޭ ސުވާލުތައް ގިނަ!
1. ކްރިސްޓިއަން ދީނަކީ ސޯށަލް ސްޓަޑީސްގެ ބައެއްތތޯއެވެ؟ އެހެންކަމައް ވަންޏާ، އިސްލާމްދީނާ އެދީނުގެ މަޢުލޫމާތާ އިސްލާމީ ޙަޞާރާތްތަކުގެ ވާހަކަޔާ ފޮޓޯތައްވެސް ސޯށަލް ސްޓަޑީސް ފޮތުގައި ހިމަނަންޖެހޭނެ!
ސަން
ތީކީ މައްސަލައެއް ނޫން. ތަން ތަން ފާހަގަ ކުރުމާއި އެހެން މީހުންގެ އުޅުމާއި ގުޅުން ދަސްކުރާ އިރު އިނގެންޖެހޭ މައުލޫމާތު ތަކެއް.
ރާރްޖޭން ބޭރަށް ނުދާ ދިވެހިން މަދު، އަދި އެގައުމުތަކުންވެސް ތިފެންނާނެ. ކުދިން ބަލާ އިނގިރޭސި ފިލމް، ބޮޑެތި މީހުންގެ ޑްރާމާއިންވެސް ތިފެންނާނެ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]