Contribute to Voice of Free Press
vfp.mv
Become a supporter of Independent Journalism in Maldives through VFP
Since 2012 journalists of VFP have reported various news and information to protect the rights and values of democracy and human rights in Maldives. Our journalists have been fearless and independent in reporting. With your help we wish to continue this honorable work for the betterment of every Maldivian citizen.

Your support will contribute to secure the editorial and financial independence of VFP’s Journalism
މިނިވަން ނޫސްވެރިކަމަށް ވީއެފްޕީއަށް އެހީތެރިވެދެއްވާ
އެޑިޓޯރިއަލް އަދި މާލީ މިނިވަންކަމާއެކު ނުފޫޒުން އެއްކިބާވެފައިވާ ނޫސްވެރިކަމެއް ކުރުމުގައި ވީއެފްޕީ އިން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެ ދެއްވުމުގެ ފުރުސަތު ހުޅުވާލަމެވެ.
އިތުބާރު
ތެދުމައުލޫމަތު
ޒިންމާދާރުވުން
ދެފުށްފެންނަ
ނަޒާހަތްތެރިކަން
އިންސާފުވެރިކަން
އިތުބާރު
މަސްލަހަތު
Contribute to Voice of Free Press
MVR ACC: 7730000145267
BML USD ACC: 7730000145268
ވީއެފްޕީގެ ދަތުރު

ނޫފޫޒުން އެއްކިބާވެ މިނިވަން ނޫސްވެރިކަމެއްކުރުމަކީ މީގެ 6 އަހަރު ކުރިން އަޅުގަނޑުމެން ފެށި ދަތުރެކެވެ. ސީއެންއެމްގެ ނަމުގައި ވިޔަފާރި ވެރިއެއްގެ ޝެއާ އާއިއެކު ފެށި ދަތުރު ނިންމާލަންޖެހުނީ ވިޔަފާރިވެރިއަކާއެކު ނޫސްވެރިކަމެއް ނުކުރެވުމުންނެވެ. އެއީ 2016 އޮކްޓޯބަރ 19 ގައި vfp.mv ވުޖޫދަށް ގެނައި ސަބަބުވެސް މެއެވެ.

އަދުލުވެރި، އިންސާފުވެރި އަދި ދުޅަހެޔޮ މުޖުތަމައެއް ލިބޭނީ އެ މުޖުތަމައެއްގައި ހޭލުންތެރި ރައްޔިތުންތަކެއް ދިރިއުޅެގެންނެވެ. އެކަމަށް ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ނޫސްވެރިކަމެއް ބޭނުންވެއެވެ. މިއީ އަޅުގަނޑުމެންގެ މަސައްކަތެވެ. ސައްހަކަމާއެކު ތާޒާ ހަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ ވީއެފްޕީގެ އަމާޒެވެ. މި ނޫސް vfp.mv އަށް ޒިޔާރަތް ކުރާމީހުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އެތައް ހާހަކުން އިތުރުވަމުންނެވެ.

މި މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބުމަށް ތިޔަފަރާތްތަކަށް ވެދެވެންއޮތް އެހީއެއް ފޯރުކޮށް ދިނުމަށް އެދި މިފުރުސަތުގައި ދަންނަވަމެވެ. އަޅުގަނޑުމެންނަށް އެހީވުމަށް ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށާއި އިޝްތިހާރު ކުރައްވަން ގުޅުއްވާނީ:
ފޯން: 7732444
އީމެއިލް: [email protected]
ވީއެފްޕީ އެކައުންޓް: 7730000092799

Make a Contribution to Voice of Free Press
BML MVR ACC: 7730000145267
BML USD ACC: 7730000145268
ވީއެފްޕީގެ ދަތުރު
ވީއެފްޕީއިން ކުރާނީ ޒިންމާދާރު ނޫސްވެރިކަމެއް

ނޫސްވެރިކަމުގެ މިނިވަންކަމާއެކު އަޅުގަނޑުމެން މަސައްކަތް ކުރާނީ ޒިންމާދާރު ކަމާއެކު އާންމުކުރެވިފައިވާ އަސާސްތަކެއްގެ މަތީންނެވެ.

ވީއެފްޕީގެ އަސާސްތައް
އިތުބާރު
ރައްޔިތުންގެ އިތުބާރަކީ އަހަރެމެންގެ މަސައްކަތުގެ އަސާސެވެ. އެ އިތުބާރު ދެމެހެއްޓުމަށް ކަންކަމުގެ ހަޤީގަތަށްވާސިލްވެ އެވާހަކަތައް ގެނެސްދިނުމަށް އެންމެ މަތީދަރަޖައިގައި މަސައްކަތް ކުރާނަމެވެ. އަހަރެމެން ދޮގު ހަބަރެއް ޝާއިއުއެއް ނުކުރާނަމެ އަދި ކަމެއްގެ ހަޤީގަތް އޮޅުވާލަން އެއްވެސް ހާލަތެއްގައި މަސައްކަތެއް ނުކުރާނަމެވެ.
ތެދުމައުލޫމާތާއި ސައްހަކަން
ތެދުމައުލޫމާތާއި އެކު ކަންހިނގިގޮތް ކިޔުންތެރިންނާއި ހަމައަށް އޭގެ އެންމެ ސައްހަކަމާއެކު ގެނެސްދޭނަމެވެ. މިގޮތަށް ހަބަރު ގެނެސްދިނުމުގައި ލިބޭ ހެކިތަކުގެ މައްޗަށް ބެލުމާއެކު އެ ހެކިތައް އަޅާކިޔާ އެކަމެއްގެ ހަގީގަތަށް ވާސިލްވުމަށް މަސައްކަތް ކުރާނަމެވެ. ޚަބަރު ގެނެސްދޭނީ ތިލަކޮށް ކިޔުންތެރިންނަށް އެނގޭގޮތަށް އިތުބާރު ކުރެވޭ މަސްދަރުތަކުން ލިބިފައވާ ހެކިތަކުގެ މައްޗަށަވެ. އެކަމެއްގައި މައުލޫމާތު ނުލިބޭނަމަ އެމައުލޫމާތު ނުލިބޭކަން ހާމަކުރާނަމެވެ.
އިންސާފުވެރިކަން
ހަބަރު ފެތުރުމުގައި ވަކިފަރާތަކަށް ނުޖެހި ހަމަހަމަކަމާއެކު މަސައްކަތް ކުރާނަމެވެ. ހަބަރު ގެނެސްދިނުމުގައި އެކަމެއްގައި ޝާމިލްވާ ހުރިހާފަރާތްތަކެއްގެ ވާހަކަ އާއި ހެކިތައް ހިމެނުމަށް ފުރުސަތު ދޭނަމެވެ.
ނަޒާހަތްތެރިކަމާއި މިނިވަންކަން:
މަސައްކަތް ކުރާނީ އެއްވެސް ނުފޫޒެއްގެ ދަށުނުވެ ނަޒާހަތްތެރިކަމާއި މިނިވަންކަމާއި އެކުގައެވެ. އޭގެ ތެރޭގައި ސިޔާސީ، ވިޔަފާރި އަދި އަމިއްލަ ފަރުދެއްގެ ނުފޫޒެއް ނާންނާނެކަން ކިޔުންތެރިންނަށް ޔަގީން ކޮށްދެމެވެ.
ޒިންމާދާރުވުން
ހިތާމައާއި މާޔޫސްކަމުގެ ހާދިސާއެއް މެދުވެރިވެފައިވާ ހާލަތްތަކުގައި އެކަމެއްގެ ނާޒުކުކަމަށް ބަލައި މުޖުތަމައުގެ އާންމު އިޖުތިމާއީ އުސޫލްތަކާއި ހަމަތަކާއި ހިލާފުނުވާ ގޮތަށް މަސައްކަތް ކުރާނަމެވެ. އަދި ހަމައެހެން ކުޑަކުދިންނަށާއި ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކަށް ލިބިގެންވާ ހައްގުތަކަށް ހާއްސަކޮށް އަހަރެމެން ރިއާޔަތް ކުރާނަމެވެ.
އާންމު މަސްލަހަތަށް މަސައްކަތްކުރުން
އަހެރެމެން މަސައްކަތްކުރާނީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން ގެނެސްދިނުމަށެވެ. ބޮޑެތި މައްސަލަތަކުގައި ކަމުގެ މާހިރުންގެ އެހީގައި ރައްޔިތުން ޝައުގުވެރިވާފަދަ ގޮތަކަށް ތިލަކޮށް ގެނެސް ދިނުމަށް މަސައްކަތް ކުރާނަމެވެ. ދައުލަތުގެ އިސްފަރާތްތަކާއި އިސްމަގާމްތަކުގައި މަސައްކަތްކުރާ ފަރާތްތައް ޒިންމާދާރު ކުރުމުގައި އަހަރެމެން މަސައްކަތް ކުރާނަމެވެ.
ޒާތީ މައުލޫމާތު
އަމިއްލަ ފަރުދުންގެ ދިރިއުޅުމާއި، ޒާތީ މައުލޫމާތާއި، ދެފަރާތެއްގެ ދެމެދުގައި ވެވޭ މުއާމަލާތްތައް ކިޔުންތެރިންނާއި ހިސާބަށް ގެނެސްދޭނީ އެކަމެއްގައި ކިޔުންތެރިންގެ މަސްލަހަތު ހިމެނޭނަމައެވެ.
ދެފުށްފެންނަ
އަހަރެމެން ގެނެސްދޭ މައުލޫމާތްތާއި އޭގެ މަސްދަރު ގެނެސްދޭނީ ދެފުއްފެންނަ ގޮތަށެވެ. އަހަރުމެން ގެނެސްދޭ ހަބަރާ މައުލޫމާތުން ކިއުންތެރިން ބަލައިގަންނަ އެއްޗަކަށް ހެދުމަށްޓަކައި އެ މައުލޫމާތުގެ މަސްދަރު އެކަށީގެންވާ ހާލަތްތަކުގައި ހާމަކުރާނަމެވެ.
ޖާވާބުދާރީވުން
ޝާއިއު ކުރެވޭ ލިއުންތަކާއި ގުޅިގެން ކޮންމެ ފަރާތަކަށްވެސް ޖަވާބުދާރީ ވާނެއެވެ. ކިޔުންތެރިންނާއި އަހަރެމެންނާއި ދެމެދުގައި އޮތްގުޅުމުގެ އެންމެ މުހިންމު ބަޔަކީ އިތުބާރެވެ. އަދި އެއްވެސް ކަހަލަ ކުށެއް ލިއުމަކުން ފެނިއްޖެ ނަމަ ލަސްކުރުމަކާއި ނުލައި އެކަން އިސްލާހުކުރާނަމެވެ.
Make a Contribution to Voice of Free Press
BML MVR ACC: 7730000145267
BML USD ACC: 7730000145268

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]